ޔޯގާ ހެދުމާއި ގުޅޭ ގޮތުން ފަތުވާ މަޖިލިހުގެ ރައުޔުއަކީ ކޮބައިކަން ހޯދަން ރައްޔިތުންން ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އާދަމް ފޮނުވި ސިޓީގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ފަތުވާ މަޖިލިސް) އަކީ ރާއްޖޭގައި ދީނީގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ މަޖިލީހެއް ކަމަށެވެ.

އަދި އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ފަތުވާ މަޖިލިހުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

އަދި ރާއްޖޭގައި ބޭއްވި ޔޯގާ ހަރަކާތްތަކާއި ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ހަމަނުޖެހުންތައް ހިނގިއިރު، ޔޯގާ ހެދުމާބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔު ނުނެރެ މިހާ ގިނަ ދުވަސްވެގެން ދިއުމަ ވަރަށް ޒިންމާދާރުކަން ކުޑަ، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ސިޓީގައި ވެއެވެ.

"ފަތުވާ މަޖިލީހުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކޮށްފައި ނުވަނީ ކީއްވެތޯ އާއި އަދި މިފަދަ މައްސަލަތައް
ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކަންކަން ރާވާފައިވާ ގޮތްތަކާއި ކޮބައިކަމާއި ޔޯގާ ހެދުމާއެގޮތުން ފަތުވާ މަޖިލިހުގެ ރައުޔުއަކީ ކޮބައިކަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދެމުން އެދެމެވެ".

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާއަދާރަން

    ދުނިޔޭގެ މަޝްހޫރު ފަތުވާ މަޖިލިސްތަކުން ތިކަމާ ގުޅޭގޮތުން ވަރަށް ސަރީޙަ ފަތުވާވަނީ ނެރެ ޢާއްމުކޮށްފަ. އެހެންވީމާ ރައްޔިތުން ތެރޭގަ ތިކަމާ ދޭތެރޭއޮތް ހިތްނުތަނަވަސްކަން އިތުރަށް ނުދައްމާ ދީނީ އަދި އިޖުތިމާޢީ ހަމަޖެހުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ދައުރު އަވަހަށް އަދާކުރައްވާ! މިނިސްޓްރީގެ ޒިންމާ އެކަށީގެންވާ ގޮތެއްގަ އަދާނުކުރެވޭ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ!

    20
    1
  2. ސުވާލެއް

    ފަތުވާ މަޖިލީހުން ޔޯގާއަކީ ޝިރުކެއް ކަމަށް ކަނޑައަޅާފިނަމަ ހައްޔަރުކުރި ދެ ޝޭޚުން ދޫކޮށްލާ މަހުލޫފު ހައްޔަރު ކުރަން ކެރޭނެތަ؟

    32
    3
    • ނަން

      ނުކެރޭނެ

      2
      1
  3. ރާއްޖެ

    އެންމެ ކައިރިއަށް ތިއްބެވި ބޭފުޅުންގެ ފަރާތުން އަންނާނެ ފަތުވާ ވަރަށް ބޮޑަށް ރައްޔިތުންނަށް ޔަގީންވާނެ މިހާރުވެސް...

  4. ޖަވާދު

    ރާއްޖޭގައި އޮންނަ ފަތުވާ މަޖުލިހަކީ ޤައުމުގައ ހިގާ އެއްވެސް ކަމެއް އެގޭ މަޖުލީހެއް ނޫން! ބަޔަކު ހުށަހެޅީމާ ފަތުވާ ނެރެން މި ތިބެނީ! ރަގަޅު ޢިލްމުވެރިންނަކީ ސިޔާސީ ގޮތުން ކޮޅަކަށް ބެލުމެއް ނެތި އެ ޤައުމެއްގައި މުންކަރާތެއް ހިނގާނަމަ ވަގުތުން ފަތުވާ ނެރޭ މީހުން

  5. އޯވަހޯލް ފަތުވާ މަޖްލިސް ނައު!

    ތިޔަ ފަތުވާ މަޖްލިސް ހިގާނެ ސްޕީޑޫ އެބަ ފެނޭ މަމެންނަށް ތިތާ ތިބި ބައެއް މީހުންގެ މޫނު ފެނުނީމަ... ތިތިބީ މައުމޫން އިރުއްސުރެ ތަންތަނަށް ލައިގެން އުޅުނު މީހުން މިސަރުކާރަށްވެސް ބަލަދު އަރާފައި ތިބީމަ ވަޒީފާ ދީފައި. ގައުމުގައި ހިގާނެ ފަސާދައެއް ހިނގާ އޮޅުންބޮޅުންވެ ނިމިދާއިރުވެސް ހިލަމެއް ވާ ބައިގަނޑެއްނޫން މިވެސް. ހަމަ ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ތިބޭ ބޯ ތަކެއް ދެން.

  6. ދަންޑަހެލުުު

    ހެޔޮ ނުވާނޭ އެހެން ގައުމުތަކުގެ ފަތުވާ މަޖްލިސް ތަކުން ފުދޭވަރަކަށް ރިސާޗުތައް ހަދައިގެން ރައުޔުތައް އެހެރީ ނެރެފައޭ އެކި ކަންކަމަށް. އޭން އެއްޗެއް ބަލައިގެންވެސް ކަލޭމެން އަޅެ ކަލޭމެންގެ ވާޖިބު އަދާކޮއްބަލަ މިތިބަ މީހުންތައް. ހަމަ އެކަނި މުސާރަ ކައިގެން ބޮޑުގޮނޑީގައި ތިއްބަކަސް އަދި ފަތުވާ މަޖްލިހެއް ނުހިގައޭ ކަލޭނޭ

  7. ސަމީރު

    ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކޮށް ދީނަށް ހަޖޫޖެހި މީހުން ހިމާޔަތް ކޮށް އެއްބަޔަކު ރާއްޖެއިން ބޭރަށް ފުރުވާލާފައި ވާއިރު. މިސްކިތްތަކާ ކީރިތި ޤުރުއާނަށް ގެންލުންދިން މީހުން މިނިވަން ކަމާއެކު އުޅެމުން ދާއިރު. މޑޕ އާ ކޯލިޝަން ސަރުކާރަށް ނިސްބަތްވާ އެތައް ފިރިހެނަކު ލިވާތު ކުޅިކުމައްފަހު މިނިވަންކަމާއެކު އުޅެމުން ދާއިރު. މިހުރިހާ ކަމެއް ދިފާއުކޮށް ބޮޑުސިންގާ ޝެއިހުންނަށް ވެގެން މޑޕ ގެ ރައީސްއާ މަހުލޫފު މެން ބޮޑެތި ފަތަވާތައް ނެރެމުން ދާއިރު އަދި ޔޯގާ ޝިރުކު ހުއްޓުވި މައްސަލަ ބަލަން ކަޅޭ ބޮޑު ފަތަވާ ކޮމެޓީ އެއް ހަދައިގެން މައްސަލަ ބަލަމުން ދާއިރު ތިޔަބުނާ ފަތަވާ ކޮމެޓީ އޮތީކޮންތާކުތޯ. މިއަދު އަހުމަދު ޒާހިރު ތިއުޅެނީ ކޮން ފަތަވާއެއް ނެރުވަންތޯ ކޯޗެއް ފޮރުވަންތޯ.