ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ބާރުވެ، ކަނޑުތައްވެސް ގަދަވެދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.

މިރޭ 12:00 އާ ހަމައަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 25 މެލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ކަމަށް ބުނެފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައުުގަދަވުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން 4-7 ފޫޓަށް އަރާނެ ކަމަށް ބުނެފައި ވެއެވެ.