އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުންގުޅުއްވައި ހާލަތު އޮޅުންފިލުއްވައިފިއެވެ.

ފެންފުށީ ތުނޑި ކައިރީ މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލުދެރަވި ދެޒުވާނުންގެ ތެރެއިން ނިޔާވެފައި ވަނީ ވަނީ އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ނިޔާވީ ތ.ދިޔަމިގިލީ، އީސާ ޖުނާހު، 23، އެވެ. މޫދަށް އެރި އުޅުނު ހަތަރު ޒުވާނުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ މިއަދު ހަވީރު 6:00 ހާއިރެވެ. އެ ދެ މީހުން ހޯދައި އެންމެ ފުރަތަމަ ފަރުވާ ދިނީ ފެންފުށީ ހެލްތު ސެންޓަރުގަ އެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޞާލިޙް ކައުންސިލް ރައީސް އާއި ދެއްކެވި ވާހަކަފުޅުގައި މިއަދުގެ ހިތާމަވެރި ހާދިސާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ފެންފުށީގައި މިދިމާވި ކަންކަމާއި ގުޅިގެން ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ފޯންކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ، ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތުވެސް ޙިއްޞާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޭޖަރ.......

    ފެންފުށި ކައުންސިލަށް ކުރެއްވި ކޯލަށްފަހު، ހަމަ އެކޯލު ނިމުމާއެކު ދިޔަމިގިލީ ކައުންސިލަށްވެސް ގުޅުއްވައި އެ ޢާއިލާގެ ނަމްބަރު ހޯއްދަވާ، ތަޢުޒިޔާ ވިދާޅުވީތީ ހާދަ އުފާވެއްޖެއެވެ. އަދި ދެން އެފަދަ ޙާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އެތަނުގެ އޮއިވަރު މަޑުކުރެވޭނެ ގޮތެއް ހެއްދެވުމުގެ ގޮތުން ފެންފުށީގެ ބޭރުން ބޮޑުހިލައިގެ ތޮއްޓެއް ލައްވަން ނިންމެވިކަން ވެސް އުފަލާއެކު ފާހަގަ ކުރަމެވެ. ޥީމާ، އެމަސައްކަތް 2023ގެ ޖުލައި ނިމުމުގެ ކުރިން ކުރެވޭނެ ކަމަށް ފެންފުށީ ރައްޔިތުން އުއްމީދުކުރެތެވެ.

    3
    1
  2. ރަން ރީނދޫ

    މިއީ މި ސުންޕާ ކިނބޫ ގެ ސުންޕާކަން.

    4
    3