ހުޅުމާލޭގައި އަމިއްލައަށް އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން އުޅުނު ފިރިހެނަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން އުޅުނީ ބަންގުލަދޭޝް މީހެކެވެ. މިހާދިސާ ހިނގީ އިއްޔެ ކަމަށް ވެއެވެ.

އޮންލައިން ނޫސް "ދިޔަރެސް" ގައި ބުނެފައި ވަނީ ޖިންސީ ގުނަވަން ބުރިކޮށްލަން އުޅުނު މީހާ އަމިއްލައަށް ޖިންސީ ގުނަވަނުގެ އަށްތަނެއް ޒަހަމް ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ޖިންސީ ގުނަވަން ބުރިކޮށްލެވިފައެއް ނުވެއެވެ.

ނޫހަށް މައުލޫމާތު ދިން ފުލުހަކު ބުނީ ބަންގްލަދޭޝް މީހާ މަސައްކަތްކުރީ އޭނާގެ ޖިންސީ ގުނަވަން ބުޑުން ބުރިކޮށްލަން ކަމަށެވެ. މި ފިރިހެންމީހާ އޭނާގެ ޖިންސީ ގުނަވަން ބުރިކުރަން މަސައްކަތްކުރީ އޭނާއާ އަންހެނަކާ ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ފުލުސް މީހާ ބުނެފައިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލުން ފޯނަށް ޖަވާބު ނުދޭތީ ޒަހަމްވި މީހާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

ޖިންސީ ގުނަވަން ޒަހަމް ކޮށްލުމަކީ ފުރާނައަށް ނުރައްކާވާވަރުގެ ކަމެކެވެ. އެފަދަ ކަންތައް ކުރުމުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިޔަ މީހަ އަވަހަށް ކެނެރީގެ ގެއަށް ފޮނުވާ އެގޭގަ ހުރޭ ތިކަމާގުޅޭ ހާއްސަ ޑޮކްޓަރެއް ، ފިރިހެނުންގެ ކުރިމަތި ފަރާތަށް ފަރުވާކުރަން ވަރަށްމޮޅު ޑޮކްޓަރެއް އެއީ

    22
  2. ސާބަސް

    މިމީހުންގެކަންތައް ހާދަބޮޑުވެއްޖެޔޭދޯދެން

    28
  3. ވާނުވާ

    ޢަލަމް ގިރި ޕާރޓް 2 ތަ؟

    22
  4. ސަމްކުޅިބޭ

    މާލޭގައި ތަންކޮޅެއްކުރިން މީހަކު ޖިންސީ ގުނަވަން ބުރިކޮށް އެއްލާލި. އަދިހަމަ އެއާ ދާދިކައިރީގައި ދ.އަތޮޅު މީދޫ މީހަކުވެސް ޖިންސީ ގުނަވަން ބުރިކުރި. މިދެމީހުންވެސް ހޮސްޕިޓަލުން ފަރުވާ ދީގެން ރަނގަޅުވެފައިވޭ. ހަށިގަނޑުގެ ކޮންމެތަނެއް ބުރިކޮށްލިއަސް ފަރުވާ ނުދެވިއްޖެނަމަ ލޭހުސްވެގެން މަރުވާނެ.

    18
  5. އަލީ

    ބަނގުލާދޭޝް ބޭފުޅުން އުޅުއްވާ ގޮތުން މިހާރު ބޯ ހަލާކުވާ ވަރުވޭ. ފިރިހެން ހަށި ވިއްކުމާއި އޭތި ބުރިކުރުމާއި އެއިން ވިޔަފާރިކުރުމުގައި އެ ބޭފުޅުން މިރާއްޖޭގައި އެއުޅުއްވަނީ ފުރިހަމަ މިނިވަންކަމާއި ޢިއްޒަތާއި އަމާންކަމުގައި. މިރާއްޖޭގެ މަޝްހޫރު ޑަކުޓަރުން ވިދާޅުވާ ގޮތުގައި އެ ބޭފުޅުންނާ ވާހަކަދައްކަން ޖެހޭނީ ވެސް އެންމެ މާތް ބަހުން. އެހެންވީމާ، މި ލިއުމުގެ ސުރުޚީ ވެސް އޮންނަންވާނީ "ހުޅުމާލޭގައި އަމިއްލަފުޅު ޖިންސީ ގުނަވަންކޮޅު ބުރިކުރައްވަން އުޅުއްވި ބަނގުލާދޭޝް ބޭފުޅަކަށް ފަރުވާ އަރުވަން ފަށައިފި" މިހެން.

    25
    3
  6. ތައްޔިބް

    ހަލްންގިރި ޕާޓު 2 ކެކެކެ