ރާއްޖޭގެ އެކި ހިސާބުތަކުން އަރަމުން އަންނަ އުދައާ ގުޅިގެން ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދި ދުއާ ދަންނަވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާއާ ގުޅިގެން އުދަ އަރައި ގެއްލުނު ލިބުނު އަތޮޅުތަކުގެ އަދަދު ހަތަކަށް އަރައެވެ. އެއީ ތ. އަތޮޅުގެ ނުވަ ރަށަކާއި ގދ. އަތޮޅުގެ ހަތަރު ރަށަކާއި އދ. ފެންފުއްޓާއި ޅ. ކުރެންދޫ އާއި ލ. މާވަށާއި ގއ. ކޮލަމާފުށީގެ އިތުރުން އައްޑު ސިޓީގެ އެކި ރަށްތަކަށެވެ.

އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އައްޑޫ މަރަދޫ، މަރަދޫ ފޭދޫ އަދި ގދ. މަޑަވެއްޔަށެވެ.

އދ. ގެ އާންމު މަޖިލިހުގެ ރައީސް ރައީސް ކަން ވެސް ކުރައްވާ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށާއި މުދަލަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ރައްޔިތުން ތަހަންމަލު ކުރާ ހިތްދަތިކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަދި ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

އުދައިގެ ސަބަބުން ރާއްޖޭގެ 300 ވަރަކަށް ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ ސެންޓަރުން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އުދަ އަރާނެ ކަމަށް މެދު ރާއްޖޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ ހިސާބުތަކަށް ރީނދޫ އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައްމަދު އަހްމަދު

    މީ އަހަރެމެންގެ 2023 ގަ އަހަރެމެންގެ ރައީސް

  2. ހަސަންބެ

    ރާއްޖޭގެ ރައީސް ކަމަށް އެންމެ އެކަށޭނެ މީހާ

  3. ފަރުޙަތު

    ރައީސް ކަމަށް މިވަރެއް ނެތް. މަކަރެއް ހީލަތެއް، އޮޅުވާޅު ލުމެއް، ލުއްޗާކަމެއް ނޯންނާނެ

  4. މުހައްމަދު

    ޝާހިދަކީ ހިތާއި މޭތަކުގެ ރައީސް

  5. ހުސެންބެ ބ

    ފާހިޟް ކަންތައް ހުއްޓުވަން އެންމެން ނިކުންނަން އެބަޖެހޭ

  6. Anonymous

    ކަލެއަށްް ކީއް؟ ކަލޭ ތިހުންނަނީ ރައްޔިތުން ހަޒާނާއިން ކޮންމެ މަހަކު 80 ހާސް ރުފިޔާ ނަގައިގެން ފޮރިން މިނިސްޓަރުކަމުގަ ރާއްޖެއަށް ހިދުމަތްނުކޮށްގޮސް އެމެރިކާގެ ނިއުޔޯކް ސިޓީގަ އދ އިން މުސާރަ ނަގައިގެން އަދި އެތައް އިނާޔަތްތަކެއް ހޯދައިގެން.
    ދިވެހިންނަށް ހެޔޮއެދޭނަމަ ދިވެހިންގެ ހަޒާނާއިން ނުހައްގުން ތިވަރަށް ފައިސާއެއް ނުކާނެ.

  7. އަލީ އަހްމަދު

    ޝާހިދަކީ، އަހަރެމެންގެ ރައީސް. ޞާލިހަކީ، ބޮޑު ޚިޔާނާތްތެރިއެއް. ވަޢުދާ ޚިލާފުވާ މީހެއް.

  8. ޝަރީފް

    އަބުޅޯ ޝާހިދަށް ދަންނަވަން އޮތީ މަނިކުފާނު ޕްރައިމަރީގައި ވާދަ ކުރައްވާށޭ. އިބޫ ބަލިކޮށްފައި މަނިކުފާނަށް އާދެވޭނެއޭ.

  9. އަލީ ޒާހިރު

    ޝާޑު ރަސްމީކޮށް ބުނަން އެބަޖެހޭ ރިޔާސީއިންތިޚާބުގަ ތާޢީދު ކުރާނީ ކާކަށްކަން! ބޮޑުވަޒީރަށްތޯ ނޫނީ ރައީސަށްތޯ؟

  10. ނަސްރޫ

    ޓްވީޓަކުން މައްސަލަ ނިންމާލާ އާންމުން ނިކަމެތި ހާލުގަ ތިބޭފުޅާ އެއްގައުމުން އަނެއްގައުމުން އުދުހެނީ އާންމުގެ ފައިސާ ތަޅާބުރުވަނީ. މާގިނަދުވަހެއްދެން ނުލިބޭނެ ތިބައިގަނޑު ދިވެހިންގެ ފައިސާ އިސްރާފުކުރާކަށް.

  11. ކޮރަލް

    ފޮރިން މިނިސްޓްރީ މިނިސްޓަރެއް ނެތި ފަޅަ ށެވެ.

  12. ޑައެލޯގް

    ﷲ ދުވާގަބޫލު ކުރައްވާ ސިފަތައް ޝޭހުންވަނީ ކިޔައިދީފައެވެ. ކަލޭމެންވަނީ އިސްލާމްދީނާ ޚިލާފު އެތަކެއްކަމެއް މިގައުމުގައި ކޮށްފައެވެ. ރަސޫލާއަށް ފުރައްސާރަކުރިމީހުން ދޫކޮށް ޔޯގާއާއި ޝިރުކާދެކޮޅަށް ނިކުތް އިލްމުވެރިން ހައްޔަރުކޮށްފައެވެ. ޝާހިދުވެސް މިކަންތަކާދެކޮޅަށް ސަރުކާރަށް އެއްޗެއްނުބުނެ އިބޫއަށް ސަނާކިޔަމުންދާތީ ޝާހިދުވެސްވަނީ ބައިވެރިވެފައެވެ ސަބަބަކީ ރަސޫލާގެ ހަދީޘްގައިވެއެވެ. އެބައެއްގެތެރޭގައި އުޅޭނީ އެބަޔަކާއެކުވާބަޔެކެވެ.