ރާއްޖޭގައި އަޅާ އެންމެ ބޮޑު އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

"ޕީއެސްއެމް" އިން ރޭ ގެނެސްދިން "ރާއްޖެމިއަދު" ޕްރޮގްރާމްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ނިންމާފައި އޮތީ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ހިދުމަތް ދިނުމަށްކަމަށެވެ.

ނަަމަވެސް މިހާރު އެ އިންޖީނު ގެއަކީ 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ތަނަކަށް ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަލަށް އަޅާ އިންޖީނު ގެއަކީ 100 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއް. އިންޖީނުގެ އެޅުމަށްޓަކައި ޓެކްނިކަލް މަސައްކަތްތައް މިހާރު ދަނީ ކުރަމުން. އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން އެ މަޝްރޫއުގެ ޓެކްނިކަލް މައުލޫމާތުތައް އެއްކުރުމާއި މަސައްކަތުގެ ކޮންސަލްޓަންޓެއް ނެގުމުގެ މަސައްކަތްތައް ކުރަމުން ދަނީ. މި މަޝްރޫއު ނިމުމުން 2030 ގެ ކުރިން ކަރަންޓުގެ އުފެއްދުން އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންޖީނުގޭގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އުއްމީދަކީ އެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޖީނުގެ އިމާރާތް ކުރަން ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްގީކުރި "ފިފްތް ޕަވަތް ޕްރޮޖެކްޓް" އިންޖީނުގެއާ، އިންވެގެން އޮތް ބިމުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން މާލެ ސަރަހައްދުގައި އިތުރުވަމުންއަންނަ އާބާދީއަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ގާއިމް ކުރަމުންދާ ކަމަށާއި އަލަށް ތަރައްގީކުރާ 100 މެގަވޮޓްގެ ކެޕޭސިޓީގެ އިންޖީނުގެ ވެގެންދާނީ ހަކަތައިގެ ހިދުމަތް ދިނުމަށް ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ އެންމެ ބޮޑު އިންޖީނުގެއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މެކުނު ފުމުނަސް ގާހަކަ ޔަކަށް ނުފުމެވޭނެ ، ސޯލިބެއަށް ތާއީދު ހޯދަން ސަރީފު އުޅުނަސް ތިކަމެއްނުވާނެ ސޯލިބޭ އެހުރީ ގާދޫކޮޅުން އޮޔާގޮއްސަ ދެން ވަށްސަލާމް

    3
    1
  2. އިސްޢާފް ސަލީމް

    ޔާމީން ބޯޓެއް ގެނައިތީ ބޯޓެއް ، ޖައްރާފެއް ގެނައިތީ ޖައްރާފެއް ، ޓޭންކަރެއް ގެނައިތީ ޓޭންކަރެއް ، ބްރިޖެއް އެޅީތީ ބްރިޖެއް ، ބޮޑު އިންޖީނުގެޔެއް( ހުޅުމާލޭގައި ) އެޅީތީ އިންޖީނުގެޔެއް ، ހޮސްޕިޓަލެއް އެޅީތީ ހޮސްޕިޓަލެއް ؟ މީ ކޮންވައްތަރު ސަރުކާރު!!!! އަޑުތަކެއް އަރުވާފަ ކަންދަނީ ތޮޅިޔަށް!!!!ހެހެހެހެ

  3. ޖ

    ކޮބާހޭ ދައުލަތުގެ ހަޒާނާގައި ހުރިރުފިޔާ.

    16
  4. މަބޭ

    2023 ކައިރިވާހެން އެބަހީވޭ

    18
  5. ސަނީ

    ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު އިނޖީނުގެ ހުރީ ވަކި ކޮންތާކު؟

  6. ޟމ

    އެހެންވީމަ ގެތަކަށް އަންނަ އެންމެ ބޮޑު ބިލުވެސް ތި އިންޖީނުގެއާއި އެކު އަންނާނެ

  7. ސައީދު

    އަންނަ އަހަރުގެ އިންތިހާބަށް ފައިސާ ހޯދުމުގެ ޖަރީމާއެކޭ ރަށުތެރޭ ކިޔަމުންދަނީ

    • sharunaasiru

      mununu fumunakas gaahaka akah nufumeveyne sareefoo