ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ގޮސްފި ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ކޭބަލަށް ގެއްލުންވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮމުނުގެ ތެރޭގައި ކަމަށެވެ. ގެންލުން ވެފައިވަނީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ކަމަށް ސްޓެލްކޯއުން ބުނެ އެވެ.

ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް ކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އަދި ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް ކެނޑުނު ހުރިހާ ސަރަހައްދަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލުން ކަަރަންޓު ދެވިގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ދެވަނަ ފިޔަވަހީގެ އެސްއޯއީތަކުގެ ފްލެޓްތައް ހުންނަ ސަރަހައްދަށް ކަރަންޓު ދެވޭނީ ކޭބަލް މަރާމާތު ކުރުމަށް ފަހުގައި ކަމަށް މި މަސައްކަތަށް ދެ ގަޑިއިރުވަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ވަރަށް ގިނައިން ކަރަންޓު ކޭބަލްތަކަށް ގެއްލުވެ. ކަރަންޓު ކެނޑެއެވެ. މި މައްސަލައިގައި ސްޓެލްކޯއިން މީގެ ކުރިން ބުނެފައިވަނީ ކޭބަލްތައް ހުންނަ ދިމާލުގެ ކުރެހުންތައް މަސައްކަތް ކުރާ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.