މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:00 އަށް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މާލޭގައި ކަރަންޓު ކެނޑޭނީ މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަ ރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި ހުޅުމާލޭގައި ކަރަންޓު ކެނޑޭނީ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުން ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1679345428251435009

ސްޓެލްކޯއިން ވަނީ މި ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

މީގެ ކުރިންވެސް މިފަދަ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއިން ކަރަންޓު ކަނޑާލައެވެ. ނަމަވެސް ކަރަންޓު ކަނޑާލުމުގެ ކުރިން އެކަން އާންމުކޮށް އިއުލާން ކުރެއެވެ.