ބަނދަރަށް ގާތްކުރަން އުޅެނިކޮށް، ލޭންޑިން ކްރާފްޓެއްގެ ރޭމްޕުން ޖެހި، ރ. ހުޅުދުއްފާރު ބަނދަރު ކައިރީގައި ހަދާފައިވާ ޕެޓްރޯލް ޝެޑް ފުނޑުފުނޑުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 11:00 ޖެހި ހާއިރު، ކޮޅުވެއްޓިއެއް ފަޅުގައި އަޅަން އުޅެމުގެ ތެރޭގައި އޭގެ ރޭމްޕުން ޖެހި ބަނދަރު ކައިރީގައި ހަދާފައިވާ ހޯކްސްގެ ޕެޓްރޯލް ޝެޑެއް އެއްކޮށް ހަލާކުވެފައެވެ.

އެނގިފައިވާ ގޮތުގައި ކޮޅުވެއްޓި ފަޅުގައި އަޅަން އުޅެފައިވަނީ ވެސް ރޭމްޕް ހުޅުވައިގެންނެވެ.

އެ ޝެޑަކީ މީގެ ހަތަރު މަސް ކުރިން ހިދުމަތް ދޭން ފެށި ތަނެކެވެ.

އެ ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް ފުނޑިފައިވާއިރު، ކައުންސިލްގެ ރައީސް މުހައްމަދު އާތިފް "ވަގުތު" އަށް ވިދާޅުވިގޮތުގައި، އެ ހާދިސާ ހިނގީ ވެސް ވަރަށް ވައިބާރުވެ، މޫސުން ގޯސް ވަގުތެއްގައި ފަޅުގައި ކޮޅުވެއްޓި އަޅަން އުޅުމުގެ ތެރޭގައެވެ.

އެއީ ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް ކުރާތީ އެ ރަށުގެ މަގުތަކުގައި ހުރި ރުއްތައް ނެގުމަށް އެކްސަވޭޓަރެއް ހިފައިގެން ދިޔަ ކޮޅުވެއްޓިއެކެވެ.

މިހާރު ކުރަމުންދާ ހުޅަނގުގެ ވިއްސާރައާއި ގުޅިގެން ވައިގަދަވެ، ކަނޑުތައް ވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެހެންވެ، ދަތުރުކުރުމުގައި ސަމާލުވާން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައްޕި

    ފިނދަނަ، އިލޮށިން އެޅި ގެއާ، ތި ޝެޑާ ނެތް މާބޮޑު ތަފާތެއް.

    15
    5
    • ޛަކަޖަ

      ޢެތަން ދެކުނިންތޯ؟ ކިތައް ކިތައް ކޮޅުވެއްޓި ވަދެ ނިކުމެގެން ގޮއްސިތޯ؟؟ ހަބަރުގެ ބައެއް މައުލޫމާތު ގޯސް،،

  2. މަމ1

    ވައި ގަދަވެގެނެއް ކަނޑު ގަދަވެގެނެއް ނޫން ކޮޅުވެއްޓިން ޖެހުނީ،، ކައްޕި މޮޅުކަމުން.

  3. ކައްޕި

    އެތާ ނުޖިހެޔޭ ސެޑް ހަދާކަށެއް / އެއައްވުރެ ދުރުގަވެސް ސެޑް ހެދުނީސް ދޯ ތީގަ ކައްޕި ޒިންމާވާކައް ނުޖެހޭ އެއީ ގުދުރަތީ ހާދިސާއަކާއި ގުޅިގެން ވީ ކަމެއް