ރ. ހުޅުދުއްފާރުގައި ފިޓް ޖެހިގެން ސިއްޚީ މަރުކަޒަށް ގެންދިޔަ މީހަކަށް ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުން ނިޔާވި ކަމަށް ތުހުމަތުކޮށްފިއެވެ.

ޓްވިޓާގެ އާންމުންގެ މީހަކު ކުރި ޕޯސްޓެއްގައި ބުނާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10 ޖެހިއިރު މީހަކު ފިޓްޖެހިގެން ރ. ހުޅުދުއްފާރު ސިއްޚީ މަރުކަޒަށް ގެންދެވުނެވެ.

ނަމަވެސް މަރުކަޒުން ބަލިމީހާއަށް ފަރުވާނުދީ އޮއްވާ ޖެހިގެން އައި ދުވަހު ފަތިހުގެ ވަގުތެއްގައި އެމީހާ ވަނީ ނިޔާވެފައެވެ. އަދި އެ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު ޑިއުޓީއަށް އައީ އަނެއް ދުވަހު ހެނދުނު އަށެއް ޖެހިއިރުގައި ކަމަށާއި މިމައްސަލައިގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް "ވަގުތު" އަށް ވިދާޅުވީ ފިޓްޖެހިގެން މަރުކަޒަށް ގެންދެވުނީ އުމުރުން ދުވަސްވީ ފިރިހެނެއް ކަމަށާއި އޭނަ ނިޔާވީ ފަރުވާ ލިބުން ލަސްވުމުން ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ. އާތިފް ވިދާޅުވީ އެމައްސަލައިގައި އެވަގުތު ޑިއުޓީގައި ތިބި ނަރުހުންނާއި ސުވާލުކުރުމުން އެމީހާ މަރުކަޒަށް ގެންދިޔަ ވަގުތަކީ ޑޮކްޓަރު ޑިއުޓީ ނިންމާފައި ގެޔަށް ދިޔަ ވަގުތު ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން ބަލިމީހާއަށް ފަރުވާ ދެމުން ގެންދިޔަ ކަމަށެވެ.

ނަރުހުންނާ ހަވާލާދީ އާތިފް ވިދާޅުވީ ޑޮކްޓަރަށް ގުޅައިގެން ޑޮކްޓަރުގެ ލަފާގެ މަތިން ބަލިމީހާއަށް ފަރުވާ ދިނުމުން ބަލިމީހާގެ ހާލު ރަނގަޅުވަމުން އައި ކަމަށާއި ނަމަވެސް ފަހުން ބަލިމީހާގެ ހާލު ދެރަވެ ނިޔާވީ ކަމަށެވެ.

"ޑޮކްޓަރު ޑިއުޓީ ނިންމާފައި ގެޔަށްދިޔަ ވަގުތު މީހަކު ފިޓްޖެހިގެން މަރުކަޒަށް ގެންދެވުނު ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ. ދެން ޑޮކްޓަރަށް ގުޅައިގެން ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ނަރުހުންގެ ފަރާތުން ދެމުން ގެންދިޔައީ. އެވަގުތު ޑިއުޓީގައި ތިއްބެވި ނަރުހުންނަށް އަޅުގަނޑުމެން ބައްދަލުކޮށް ވާހަކަދެއްކުމުން ނަރުހުން ވިދާޅުވެފައިވަނީ ފަރުވާ ދިނީމަ ކޮންމެވެސް ވަރެއްގެ އިމްޕްރޫވްމެންޓެއް އައޭ. ނަމަވެސް ފަހުން އަނެއްކާ މީހާގެ ހާލު ދަށްވަމުން ގޮސް ނިޔާވީއޭ. އެހެންވީމަ ފަރުވާ ދިން އެނގޭތޯ." އާތިފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ހުޅުދުއްފާރު ސިއްޚީ މަރުކަޒަށް ގުޅާލުމުން ބުނީ އެ މައްސަލަ މިހާރު ބަލަމުންދާތީ އެކަމާއި ގުޅޭ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލިކޮއި

    ޓުވިޓާގަ އާންމުންގެ މީހެކޭ ތިކިޔަނީ ޕާޕާ ފަޔާޒަށްތަ؟

    3
    2
    • އިދުރީސް

      ޓްވިޓާގައި އާންމު މީހުން ޕޯސްޓްކުރުމަކީ މަނާކަމެއްތަ؟

  2. ފާއިޒް

    ތީ ދެން ހާދަ ހެއްވާ ވާހަކަ އެކޭ ޑިއުޓީ ވިޔަސް ޑިއުޓީ ނިމުނަސް އިމަރޖެންސީ ކޭސް ތަކުގަ ޑޮކްޓަރު އެޓެންޑް ވާން ޖެހޭނެ އަދި ނޫން ނަމަ ޑޮކްޓަރު ގެނެވެން ޖެހޭނެ ތިކަމުގަ ހެލްތް ސެންޓަރ ގެ އިހުމާލެއް އޮތްކަމައް ފެނޭ.

    27
    1
    • ދެރަ

      ކުޑަ ރަށެއްގަ އެމަރޖެންސީ ކޭސް އެއްގަ ހުންނަ އެންމެޑޮކްޓަރަށް ނާދެވެންޏާ އެރަށެއްގަ ޑޮކްޓަރެއް ނެތް ފަދަ

      10
    • މުރާނާއަ

      މިއީ ރާއްޖެތެރޭގައި ވަރަށް ޢާންމު ކަމެއް. ބައެއްފަހަރު ނަރުހުންވެސް ޑޮކްޓަރުންނަށްވުރެ މޮޅު. ޑޮކްޓަރަށް ގުޅައިގެން އެމެޖެންސީގަ ގެންނަން ނުޖެހޭ ހާލަތެއް ކަމަށް ބުނެ ނަރުހުން އަމިއްލައަށް އެބަ ފަރުވާދޭ. ޑިޔުޓީ ނިންމާފައި ދާ ޑޮކްޓަރުން ވަރަށް ތުންދިގު އެމެޖެންސީ ކޭސްތަކުގަ

  3. ތަޖުރިބާ

    ޑިއުޓިނިންމާ ފަހުން އަންނަން ޖެހިއްޖެއްޔާ ވަރަށް ތުންދިގުވާ ވައްތަރު މީހެއް ތީ. މިކަހަލަ މީހަކު މަށެން އަދި ނުދެކެން މިރަށަކުން

  4. Anonymous

    ޔަގީނުންވެސް ލާދީނީ އަލަމް ގިރި ސްލޯލިހް ވަނީ ފެއިލްވެފަ.

    2
    1
  5. ސަނާ

    މިސަރުކާރު ސޮނިފައިބާ މިނިސްޓަރ ތިކަމުގެ ޒިންމާ ނަގަންޖެހޭނީ، ނޮވެމްބަރ 3 ގެ ވެސް.

  6. ކސކސކލސލސލަލސ

    މަގުމަތިން ހޮވާގެން ގެންނަ އާލަތުން ތަން ހިންގަން ލީމަ ވާނީ ތިހެން؟