ހ.ޝީރީންވިލާގައި ރޭ ޒުވާން އަންހެނަކު ގަތުލުކޮށްލި ހާދިސާއަކީ ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއްގަތުލަށް ވާނެއެވެ. މަރާލުމަށް ފަހު ހަތަރެސްފައި އަދި ބޯ ވެސް ބުރިކޮށްލާފައި ވަނީ 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދުގެއެވެ.

ރަހުމަތްތެރިން އޭނާ އާއި މުހާތަބު ކުރަނީ ޝިއާގެ ނަމުންނެވެ. ޝިއާގެ ގާތިލަކީ އޭނާގެ ލޯބިވެރިޔާ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް އެވެ. 23 އަހަރުގެ ޝާހިލް ރޭ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

ޝާހިލް، ޝިއާގެ ގުނަވަންތައް ބުރިކޮށްލީ ކޮން މަޤުޞަދެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޝާހިލް މަސައްކަތް ކުރީ ޝިއާގެ ހަށިގަނޑު ނައްތާލަން ނުވަތަ ހަށިގަނޑު ބުރިބުރި ކޮށްލުމަށްފަހު ފޮރުވާށެވެ.

ޝިއާގެ މަރާއި ގުޅިގެން މުޅި ގައުމަށް ވެސް ނުތަނަވަސްކަން ކުރިމަތިވެފައި ވަނިކޮށް މިއަދު ފާހަގަ ކުރެވުނު ކަމަކީ މިދިޔަ އަހަރުގެ އޮގަސްޓް 07 ވަނަ ދުވަހު ވެސް ހ.ޝީރީންވިލާގައި މަރުގެ ހާދިސާއެއް ހިނގި ކަމެވެ. އެދުވަހު އެގެއިން ފެނުނީ ދަން ޖެހި މަރުވެފައި ހުރި މީހެކެވެ.

އޭރު ފުލުހުންގެ ފޮރޮންސިކް ފުލުހުން ގެއަށް ވަދެ މައްސަލަ އާއި ގުޅުން ހުރި ހެކިތައް އެއްކޮށްގެން ނިކުތް މަންޒަރު ފެނުނެވެ.

މިދިޔަ އަހަރުގެ މަރުގެ މައްސަލަ އާއި ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް އޭރު ފުލުހުން ވެސް އަދި އެހެން އިދާރާއަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ. ދަން ޖެހުމުގެ މައްސަލަތަކުގައި ފުލުހުން އާއްމު ގޮތެއްގައި މައުލޫމާތު ހާމައެއް ނުކުރެއެވެ.

ފުލުހުން މައުލޫމާތު ހާމަނުކުރި ނަމަވެސް އަދި މިހާތަނަށް އެއްމަަސައްލައިގައި އެއްވެސް މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިގެން މައްސަލަ ތަހްގީގުކޮށް ދައުވާއެއް ވެސް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށް ނިންމައި ފުލުހުން ވަނީ މައްސަލަ ފައިލް ކޮށްފައެވެ.

ހ.ޝީރީންވިލާ ނޫނަސް މާލޭގެ ބައެއް ގެތަކުގައި މަރުގެ އެއް ހާދިސާއަށް ވުރެ ގިނަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިއީ މަރުގެ ދެހާދިސާއެއް އެއްގެއްގައި ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މިފަހަރު ދިމާވި އިއްތިފާގަކީ ޝިއާ މިއަހަރުގެ އޮގަސްޓް 06 ގައި މަރާލުމާއި ދަންޖެހިގެން މީހަކު މަރުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 07 ވަނަ ދުވަހަށް ވުމެވެ.

ޝިއާގެ މަރާއި ގުޅޭ ތަފްސީލްތައް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ޝިއާގެ ގާތިލް، ޝާހިލްގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރަން ރީނދޫ

    ސޯލިބޭ،މިއޮތީ ވެސް ވައްކަމެއް ކޮއްލާނޭ ފުރުސަތެއް. އަވަހަށް ކޮމިޝަން ހަދާ،ރައްޓެހިންނަށް ބޮޑު މުސާރައިގެ ވަޒީފާތައް ބަހާލާ.

    73
    4
    • ފއްބެ

      ކަލޭ ސިޔާސީ ލައިން ކަމެއް ކޮއްބަލަ….

      8
      10
  2. ކިޔުންތެރިއެއް

    އިއްތިފާގަކަށް ނުވެދާނެ!!

    51
    1
  3. ސަމްސިއްޔާ

    މިދިޔައަހަރުގެ މަރާ ސާހިލްއާ އެއްވެސް ގުޅުމެއް އޮވެދާނެބާ؟

    37
    1
  4. ބެލެނިވެރިން ހުއްޓުވަންޖެހޭ ކަމެއް....

    މިފަދަ ނުރައްކާތަކަށް ހުށަހެޅިފައިވާ، އެތަކެއް ޒުވާނުން މާލޭގެ އެޕާރޓްމަންޓް ތަކާއި، ކުލީ ކޮޓަރި ތަކުގައި އުޅެމުން އެބަދެއެވެ. މިބުނީ، ދެޖިންސުގެ މީހުން ނުވަތަ ދެތިން މީހުން އެކުވެގެން ތަންތަން ކުއްޔަށް ނަގައިގެން ހިތަށްއެރި ބަޔަކު ވައްދައި، ހިތަށްއެރި ގޮތަކަށް އުޅެމުންދާ ވާހަކައެވެ. ގިނަ ގޭގޭގެ އޯނަރުންނަށް ކުލި ލިބެނިކޮށް ވަރިހަމައެވެ. މިކަމާއިމެދު ބެލެނިވެރިން ވިސްނައި ދަރިންނަށް ފާރަވެރިވާން އެބަޖެހެ އެވެ. އެންމެ މުހިންމު ކަމަކީ ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމެވެ.

    21
    2
  5. އަލީ

    ޕޮލިހުން ފެއިލް ވެއްޖެ. ސަރުކާރު ފެއިލް ވެއްޖެ.

    12
    5
  6. ސަލީމް

    މިހާރަކަށްއައިސް ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިން ރައްޓެހިވެގެން (ބޯއީފްރެންޑްވެގެން) ކޮންމެ ގޮތަކަށް އުޅަނަސް އަމައެއް ބަފައެއް އަޅައެއްނުލާ. ހަމަ ޙަޤީޤަތަކީ އެއީ އެވަރުކަމެއްހޭ ކިޔައިގެން ދޫކޮށްލައިގެން ތިބެނީ. ނިދަނީ ކޮންތާކު ކާކު ގޮވައގެންތޯވެސް ނުބަލާ. މިރާއްޖޭގައި ރައްޓެހިވުމަކީ މިހާރު އިނދެގެން އުޅުންކަހަލަކަމެއް. ޙަރާމް ކަމަކަށްވަނީ ސްކޫލް އެސެމްބުލީގައި ލަވަޖެހުން އެކަނަކަމަށްދެކޭ ބައެއް ދީންވެރިކަމަށް ހެދިގެން އުޅޭ މީހުންގެ ގާތްތިމާގެ ކުދިންވެސް މިގޮތަށް ހިލޭ އަންހްނެ/ފިރިހެން ކުދިން އެއްކޮށްސައިކަލްދުއްވައި ނިދާހަދާއިރު އަޅާނުލާކަން ފާހަގަކުރެވެޭ. ތެދުފުޅެއް މުންކަރާތްތައް ހުއްޓުވުމަކީ އެންމެންގެ ކަމެއް. ރިސޯޓުތަކުގަ މަސައްކަތް ކުރާ ޒުވާނުން ބިދޭސީ އަންހެންކުދިން ގޮވައިގެން ރަށްރަށުގައި އަތުގުޅާލައިގެން ހިނގާ މަޖާކޮށް އުޅޭކަން އެންމެންވެސްދަނޭ. އަދި ބައެއް ފަހަރަށް ގޮތްނޭގޭ މިފަދަ ކުދިން ކޮޓަރިކުއްޔަށް ނަގާކަންވެސް ގިނަމީހުންނަށް ފާހަގަވޭ. ރަށްރަށުގައި ޕޮލިހުން ތިބެވީ ހަމައެކަނި ސައިކަލް ލައިސަންސާ އަހަރީ ފީދެއްކިތޯ ބަލަންކަމަށްހީވޭ. އެހެންވީމަތާ ރޭގަނޑު މިފަދަ ޖަރީމާތައް ހިނގާއިރު ޢާއްމުންގެ މީހުންނަށް މިކަންކަން ފެންނަނީ. ކޮންމެއަކަސް ދަންނަވަން މިއުޅެނީ ދީނާ ޚިލާފު ފާޙިޝް ކަންކަމަކީ ވަރިހަމަކަމަށް މުޖުތަމަޢު ދެކެންފެށުމުން މިފަދަ ކަންކަން ގިނަވާނެއޭ. އަހަރެންވެސް ވަރަށް މިކަމާ ދެރަވޭ. މިފަދަ ކުށްވެރިންނަށް ދުވަހަކު އެކަމާގުޅޭ އަދަބުތައް ތަންފީޒުކުރެވޭތަނެއްނާދޭދޯ. އަހަރެން ދެންވޯޓުލާނީ މަރުގެ ޙުކުމް ޔަންފީޒކުރެވޭނެކަމަށް ފެންނަ މީހަކަށް.

    21
    • ދިވެހިމީހާ

      މަވެސް ވޯޓުލާނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ މީހަކަށް

  7. ކޮރަލް

    ބޮޑެތި ކުއްތައް ކުރާ އިރު ފުލުހުން މައުލޫމާތު ރައްތުން ނާ ނޫސްވެރީން ނަށް ހާމަ ކުރާލެއް މަދެވެ. އަބަދުވެސް ތަހުގީގު ކުރަނީ އެވެ.

    23
    1
  8. ޙަސަނާ

    ޢަހަރެން ގޮވާލަން ފުވައްމުލަކުގެ ރައްޔިތުންނައް ވިލިގިލި މީހުންދެއްކި ނަމޫނާ ދައްކާ މުޅި ފުވައްމުލައް އެކުގަ ތެދުވެ އިހުތިޖާޖު ކުރަން އަދި މި އިހުތިޖާޖުގަ މުޅިރާއްޖެ ބައިވެރިވަން އިސްލާމީ ސަރީއަތް ގާއިމުކުރަން ދައުލަތައްމަޖުބޫރުކުރުވަން ވަލުއީ ގާނޫނުތައްހަދައުގެން އިސްލާމްދިނައްލޯބިނުކުރާ މީހުން އިސްލާމީ ދައުލަތުގެ އެންމެ ފަހުބަސްބުނާ ކޯޓުން ދުރުކުރުވަން ދީނާ ދުރު މީހުން މަޖިލިހުންވެސް ބޭރުކުރަން މުޅިގައު އެކުގަ ގުޅިގެން ތެދުވަން ...އިސްލާމީ ސަރީ އަތް ގާއިމުކުރޭ....މިސިއާރު

    20
  9. ޒުމާ

    ހުރިހާ ކަމެއް ސިއްރު ކުރާނީ.އެއިރުންތާ ވާނުވާ ނޭގޭނީ.މިއޮތީ ވާ ސަރުކާރެއް ގެނެވިފަ.

    21
    3
  10. ޛެޖއޖއޖަ

    ޝާހިލް ބަދަލު ހިފީ ކަންނޭގެ..

    14
    3
    • އަހަންމަދު

      ނޭގެންޏާއަގަނުބާނާ!

  11. ކަރަންޓްބޭ

    އަދިވެސްވެރިކަމުގެއާރާއިބާރުގައުޅޭމީހުންހަމައޯކޭވާނީތޯ
    ނޫނީގުރުއާނާއިސުއްނައްމިގައުމުގާގާއިމުކުރާނީތޯ
    ދެންމޮޔައެއްކަމަށްބުނެ
    ނޫނީމަސްތުގެހާލަތުހުރިމީކަމަށްބުނެ
    ތީނަވެސްދޫކޮށްލާނީތޯ

  12. ހާމިދު ޝާހިދު

    ޝީރީނު ވިލާއަކީ މައްޝޫރު ޚަބަރޭ މެންގެ. އެގެ ހުންނަނީ އެ ގޭ 3 ބޭންނަށް ބަހާފައި. މަގުމަތީ ބައިގެ ވެރިފަރާތް ކުޑަ ހަބަރޭ ދިރިއުޅެނީ އިނގިރޭސިވިލާތުގައި މީގެ 20 އަކަށް އަހަރު ކުރިން ސުރެއް. ތިތަނުގައި ތިހުންނަނީ ޝީރީނު ވިލާ 1، 2، 3. އަސްލު ތި ތިންގޭގެ ތެރެއިން ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި، 3 މީހުން މަރުވެެއްޖެކަމެއް ނޭންގޭ އުތާ! ފުރަތަމަ މަރުވީ، އެގޭ ވެރިފަރާތުން ގެންގުޅު ބަންގްލަދޭޝަ މީހެއް. އޭނާ މަރުވެފައި އިންދާ ފެނުނީ ޝީރީނުވިލާގެ އެތެރެ ބައިގެ ސިޑިއެއްގެ މަތީގައި. އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީ، ޝީރީނު ވިލާ ބޭރުބައިގެ ޓެރަސް ފްލޯގައި އުޅޭ އިންޑިއާ މީހާ މަރުވީ ދަންޖެހިގެން. އޭގެ ފަހުން، ރޭގެ ހިތާމަވެރި ހާދިސާ ތި ހިނގީ! މިކަންތައްތަކުގައި ގުޅުމެއް ނެތަސް، ވަރަށް ބޮޑު އިއްތިފާގެއް އެބައޮތް.

  13. ދިވެހިން

    ޢެސޮރުގެ އުފަން ދުވަހަކީ ކޮބާ؟

    2
    1
  14. ސަންޑާނު

    އިނގިރޭސިން ކިޔާނީ ހޯންޓަޑް ހައުސްއޭދޯ.