ހ. ޝީރީންވިލާގައި ރޭ ދަންވަރު އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލާފައިވާ ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތަހުގީގުގެ ކަންކަން އަވަސްކޮށް، ގާތިލަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އަނިޔާވެރިކަމާއެކު މާލޭ ސިޓީގައި މަރާލާފައިވާ ޒުވާނާއަށާއި އާއިލާއަށް އިންސާފު ހޯދައިދީ، ލާއިންސާނީ އަމަލު ހިންގި ފަރާތަށް ޙައްޤު އަދަބު ދިނުމަށް ގޮވާލާ ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެން ކުއްޖަކު މަރާލާފައި ވާ މައްސަލަ އާ ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ޝިއާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް، 23 އެވެ.
ޝިއާ މަރާލާފައި ވަނީ ޝީރީންވިލާގެ ނުވަ ވަނަ ބުރީގައެވެ. ޝިއާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް އޮތީ ބުރިކޮށްލައިފައި ކަން ވަނީ ކަށަވަރުވެފައެވެ.
ޝިއާގެ ހަށިގަނޑު އެމްބިއުލާންސް އަށް އަރުވައިގެން ގަލޮޅު މޯޗަރީ އަށް ގެންދިޔައީ ވެސް ދެ ބޮޑީ ބޭގަކަށް ލައިގެންނެވެ.
އެކަމާއި ގުޅިގެން ޕީޕީއެމުން ބުނީ، މަރާލެވިފައިވާ ޝިއާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި މަރްޙޫމާގެ ޢާއިލާއަށާއި ރަޙްމަތްތެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރާ ކަމަށާއި އެ ރަޙުމުކުޑަ ލާއިންސާނީ އަމަލު ހިންގި ފަރާތާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި، ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދާ، ތަހުގީގު އަވަސްކުރުމަށް ގޮވާލާ ކަމަށެވެ.
އަދި، އެފަދަ ރަޙުމްކުޑަ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކާއިމެދު އެއްވެސް ހަމްދަރުދީއެއްނެތި ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
އަނިޔާވެރިކަމާއެކު މަރާލެވިފައިވާ ޝިއާގެ ޢާއިލާއާއި ރަޙުމަތްތެރިނަށް ކުރިމަތިވެފައިމިވާ ފުން ހިތާމައިގައި ބައިވެރިވެ އާއިލާއަށާއި ރަޙުމަތްތެރިންނަށް ޕީޕީއެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކޯލިޝަންގެ ލީޑަރޝިޕާއި ސެނެޓާއި ސްޓިއަރިންގ ކޮމިޓިތަކާއި ޢާންމު މެންބަރުންގެ ނަމުގައި ތަޢުޒިޔާ ވެސް ވަނީ ފޮނުއްވާފައެވެ.
ޝިއާއަކީ މިއުޒިކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވެސް މިއުޒިކް ކުޅެ، ލަވަ ކިއާފައިވާ ވީޑިއޯތައް ވެސް ފެންނަން އެބަހުއްޓެވެ.
ކަލޭމެން ވެރިކަމުގައި ތިބިއިރު ތިކަން ނުވީ ކީއްވެގެން ހަމަ ޗޮކުހުން ދިޔައީ..
ޑޮކްޓަރ އިން ފިލޯސޮފީންނައް އަޑުއިވޭތަ ފެނޭތަ، އިދިކޮޅުން އެއްޗެއް ބުނާ އަޑެއް ނީވެއޭ ކިޔާ މާމޮޅެތިވާހަކަ މަރީމެން ދައްކަން މާތާހިރެއްނޫން
ރޔ. އެކަން ކުރަން ކަލޭމެން ހުރަސް ނޭޅިނަމަ އެކަން ކުރީސް ހުރިހާ ތައްޔާރީތައްވެސް ވެފައިވީ. ދެން އަނގަ ހުޅުވަން އުޅޭނެ ކަމެއްނެތް. ކަލޭމެންގެ ދަރިން މީހަކު މަރާފިއްޔާ ގޮވާނެ ގާނޫނު ތަންފީޒް ކުރުމަށް ގޮވާނެ.
ޑރ އަފްރާޝީމް ނޫސްވެރިޔާ ޔާމީން ރަޝީދު ފަދަ ރަހުމުކުޑަ ގަތުލުތަކަށް އެއްވެސް އިންސާފެއް ނުލިބުން ހިސާބުން ރާއްޖޭގައި މިހާރު ފުރާނައިގެ އަގެއްނެތް ކޮށާ ކުދިކޮށްލުމުގަ ޖެހިލުމެއްނެތް އަންހެނެއްނޫނަސް އެމަރުތަކަށްވެސް އިންސާފެއްނުލިބި ސިޔާސީ އެންމެން ތިތިބީ ފެއިލްވެފަ
އަފުރާސީމު މަރުގެ ތަހުގީގު އަވަހަށް ހިންގާ ފިޔަވަޅު އަޅާކަށް ނުކެރުނު.