ގދ. މަޑަވެލިން ކާޑުގެ ބާވަތްތައް ހުސްވެ, އެ ރަށް ކާޑަށް ޖެހިއްޖެ އެވެ.

މަޑަވެލީ ކައުންސިލްގެ ރައިސް ފިޔާޒް ހަސަން "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށަށް ކާޑުގެ ދަތިކަން ކުރިމަތިވެފައިވާތާ މިހާރު ދެ ހަފްތާ ވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށުން މިހާރު ހަނޑޫ، ހަކުރު ފުށް އެއްކޮށް ހުސްވެފައިވާ ކަމަށެވެ.

ފިޔާޒް ވިދާޅުވީ އެ ރަށުގައި ކާޑު ގެންނަން ހުއްދަ ދީފައި ވަނީ އެންމެ ތިން ތަނަކަށް ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ތިން ތަނަށް ވެސް ކާޑު ނުގެނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ،

މަޑެވެއްޔާ ކޯޒްވޭއަކުން ގުޅާލައިފައި އޮންނަ ގދ. ހޯޑެއްދޫން އެރަށަށް ކާޑު ނުވިއްކާ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.

ކޯޒްވޭގެ ސަބަބުން ދެ ރަށުގެ ދެމެދުގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ އިރު ކާޑު ނުވިއްކަނީ އެ ސަބަބަށް ކަަމަށް ވެސް ބެލެވެ އެެވެ.

"މިހާރު އެދެފިން އެސްޓީއޯގައި ކާޑުގެ ކަންކަން ހަމަޖައްސައިދޭން" ފިޔާޒް ވިދާޅުވިއެވެ.

މަޑަވެއްޔަކީ 200،0 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.

ރާއްޖޭގެ ރަށްތަކުން ކާޑު ހުސްވުމަކީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގދ.ހަވަރު ތިނަދޫ ކައުންސިލް މާލެ ދިވެހިރާއްޖެ

    ގދ.ހަވަރު ތިނަދޫއިންވެސް ވަނީ ކާޑުގެ ބާވަތްތަށް ހުސްވެފައެވެ. މިކަމަށް ހައަލެއް ގެނައުމަށް ތިނަދޫ ސިޓީއަކަށް ހަދަން ބޭނުންވާތީވެ ވީހާވެސް ގިނަ ރައްޔިތުން ތިނަދޫ ދަފްތަރުގައި ޖެއްސުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. ތިނަދޫ ދަފްތަރުގައި ޖެހޭ ކޮންމެ މީހަކަށް ތިނަދޫއިން ގޯއްޗެއް ދޭނެކަމުގެ ޔަގީންކަން މި ބިގަރު ކައުންސިލުންދެމެވެ. އެކަމަކު 2024 މަޖުލިސް އިންތިހާބުގައި އަަޅުގަޑު ސައުދު އަލީއަަށް ވޯޓެއް ދޭންވާނެއެވެ

  2. ދީދީ

    ރައްޔިތުންނަށް ކާޑުގެ ބާވަތާއި ތަރައްގީ އަވަސް ގޮތެއްގައި ބޭނުމިއްޔާމު އެންމެ ބުއްދިވެރި ގޮތަކީ މިދާއިރާގެ މަޖިލިސް މެމްބަރު އަވަހަށް އިސްތިއުފާދޭންވީ. އަވަހަށް އިލެކްޝަނުން ބައިއިލެކްޝަން ބާއްވަންވީ، އިސާހިތަކު ސަރުކާރުން މަތިންނާއި ތިރިންނާއި ކަނޑުއަޑިން ކާޑާއި އެހެނިހެންސާމާނުން ދާއިރާ ބަރާކޮށް ތިޔާގިކަން ގެނެސްދީފާނެ. މިކަމުގައި އޮތީދާއިރާގެ މެމްބަރުގެ ހިތްވަރެއް.

  3. Anonymous

    ކާޑު ހުސްވެއްޖެ. އެސްޓީއޯއިން ގެޔަކަށް ދެމުން އައި 4 ކިލޯ. މިހާރު ބާކީ 10 ވަރަކަށް ބަސްތާ އޮތީ. ވައްﷲ އައުލަމް.

  4. 13ވގ

    ތީއެއްވެސްބަޔަކާ ގުޅުމެއްއޮތްބަޔެއްނޫންތަ