ފ.ނިލަންދޫ އެއާޕޯޓް އެޅުމުގެ ޕޮރޮޖެކްޓް ހުއްޓިފައިވަނީ އިނދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެފަރާތް ތަކުންކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އަދުރޭ ވިދާޅުވީ ނިލަންދޫ އެއާޕޯޓަކީ ދިވެހި ދައުލަތުން ޚަރަދުކޮށްގެން އަޅަން އުޅުނު އެއާޕޯޓެއް ނޫން ކަމަށާއި އެއީ ސައުދީ ސަރުކާރުން ފ.އަތޮޅަށް ގެންނަން އުޅުނު ތަރައްޤީގެ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ހުއްޓިފައިވަނީ އިނދިކޮޅު ފަރާތް ތަކުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގެ ބިން ވިއްކާ ކަމަށް އިނދިކޮޅު ފަރާތްތަކުން ބުނެ ވާހަކަ ދެއްކުުމުން މި ޕްރޮޖެކްޓް ރާއްޖެއަށް އައުމަށް ހުރަސް އެޅިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ މިވަގުތަށް ރާއްޖޭގެ އެއާޕޯޓްތައް އެޅުމަށް މުހިންމުކަން ހުރި ހިސާބު ތަކުގައި އެއާޕޯޓް އެޅުމަށް ސަރުކާރާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖެ ވިއްކާލަނީ ކަމަށްބުނެ ދޮގު ޚަބަރު ފަތުރާ، ސައުދީ އަރަބިއްޔާއިން ފާފު އަތޮޅު ތަރައްޤީ ކުރުމުގެ މަޝްރޫއު ހުއްޓުމަކަށް އިނދިކޮޅު ފަރާތްތަކުންވަނީ ގެނެސްފައެވެ.
އޯކޭ އަހަރުމެނަށް ކަލޭމެން އަޅާ ނުދިނަސް. މާމިގިލި އެއޮތީ ކައިރީގަ..