ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަބްރޫކް އިސްތިއުފާ ދެއްވިކަން އޭނާ އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް މަބްރޫކް އިސްތިއުފާ ދެއްވައިފިކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަބްރޫކް އިސްތިއުފާ ދެއްވީ އަނބިކަނބަލުންގެ ގައުމު ކަމަށްވާ ތައިލެންޑްގައި ހުންވައިގެންނެވެ. މިދިޔަ ޑިސެމްބަރ މަހު ކައިވެނި ބައްލަވައިގެންނެވި ފަހުން މަބްރޫކް ގިނައިން ދިރިއުޅުއްވަމުން ގެންދަވަނީ ވެސް ތައިލެންޑްގައި ކަމަށް ވެއެވެ.

މަބްރޫކް ރައީސް އޮފީހުގެ ތަރުޖަމާން ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއިރު ފަހަކަށް އައިސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ފަހުން ކޮމިއުނިކޭޝަން ޑިޕާޓްމަންޓަށް ގެނައި ބަދަލަކީ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔަކަށް ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމަށް މުހައްމަދު ހިސާން އަލީ (ހިސްކޮ) ހަމަޖެއްސުމެވެ. ހިސްކޮ އެމަގާމަށް އައްޔަން ކުރީ އޮގަސްޓް މަހުގެ 01 ވަނަ ދުވަހު އެވެ.

އޭގެ ކުރިން އެމަގާމުގައި ހުރީ އިބްރާހިމް ހޫދު އެވެ. ހޫދަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް ފުރަތަމަ އައްޔަން ކުރެއްވި ބޭފުޅާއެވެ. މިހާރު ހޫދު ވަނީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ޑިޕާޓްމަންޓަށް ބަދަލު ކޮށްފައެވެ.

ހޫދުގެ ކުރިން ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވީ ހަސަން އިސްމާއީލް އެވެ. އޭނާ ރައީސް އޮފީހުން އިސްތިއުފާ ދެއްވީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

މަބްރޫކް، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ.

މަބްރޫކް ތަރުޖަމާންގެ މަގާމުން އިސްތިއުފާ ދިނުމުން ދެން އެމަގާމަށް އައްޔަން ކުރާނެ ބޭފުޅެއް އަދި ނޭންގެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޚަލީލު

    އިބޫ ޞާލިޙު ދޮގުހަދަން ބުނާވަރުން ކެތްނުވީކަމަށް ވާނީ.

    51
    3
  2. ޅިޔަނުބެ

    ގިރިއަކަށް އެެރިކަމަށްވަނީ

    40
    3
  3. ހުސޭނުބޭ

    ސޯލިބޭ ތަރުޖަމާކުރަން ހަވާލުކުރި ތަކެތި ތަރުޖަމާކޮށް ނިމުނީނޫންތަ؟

  4. ށުމަން

    ޥާ ވަރަށް ރައްޔިތުން ގެ ޓެކްސް ފައިސާ ދާވާލާފަ ގެޔަށް އެބަޗަނީ!!

  5. ވަތުއޮޑި

    ބައިގަޑު ފިލަން ފެށީ

  6. ރިލޭ

    އިންސާނުންނަށް ކެތްވާނީވެސް ވަކިވަރަކަށް / ބޭބެ ތިހެދީ ރަނގަޅަށް /

  7. ސޯލޭ

    ދައުލަތް ވާވަރައް ހުލިއަރުވާފަ ބޭރުހައުމެއްގަ ދިރިއުޅެވޭ ވަރުވީމަ އޯކޭތާދޯ ވާވަރައް ހުންނާނީ ބަނޑުއެޅިފަ ހަރާން ފައިސާ ސޯލިހު ދޮގުހަދަން ބެހެއްޓި ހިޔަޅެއް ތިޔައީ

  8. Happy 123

    ނޫނޭ އިބޫ ސަލިހުގެ ރަނިންގ މޭޓު 2023👍💯

  9. ބަލަގަ

    މީހުންގެ ބިލުގަ އަޅުވާ ޒިނޭކުރުންފަދަ ފަދަ ކަންކަމަކީ އެކަމަށް ހެކިނެރެންޖެހޭނެ ކަންކަން. ކިޔެވި ފޮތުގައޮވޭ ހެކި ހުށަނޭޅިއްޖެނަމަ އެކަމުގެ އަދަބުވެސް ލުބޭނެކަމަށް. ކޮމެންޓްކުރާއިރު ވިސްނާލުންވެސް ރަނގަޅު.

  10. ރަން ރީނދޫ

    ކެތްވާނީ ވެސް ވަކިވަރަކަށް

  11. ދިއެންޑް

    މަބްރޫކްގެ މަޤާމަށް އައްޔަން ކުރަން ހަމަޖެހިފައިވަނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަދި މިހާރު ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު.

  12. ނިޔާމް

    މިގައުމުދުއް އެއްމެ ޒާތީ ސުޕޯކްސްޕާސަން. މީހުންނަށް ފެންނަނީ މީހާގެ ރީތި މަންޒަރު. އެކަމަކު މުއައްޒަފުންނާ ޑީލްކުރުމާއި ނޫސްވެރިންނާ ޑީލްކުރުމުގައި ވަރަށް ރުންކުރު، ހަސީލަތްނުބައި، ޒާތީ މީހެއް. ވަކިވަގެންދިޔައީތީގެ އުފާކުރާ މީހުން މަދެއްނުވާނެ. މީހަކު އެއްޗެއްބުނެފާނެތީ ބިރުން އުޅޭމީހަކަށް ސުޕޯކްސްޕާސަންކަމެއް ނުކުރެވޭނެ. ފެއިލްވި ސަބަބުތަކަކީ މީ

  13. ހަސަނު

    ވެއްޓެނީ ވެއްޓެނީ ދެންމާގިނަދުވަހެއްނެތް އިންޝާﷲ، ފެތެމުންދާ އޮޑިއަކުން ކުރީބައިގައި ސަލާމަތްކަންހޯދުން ބުއްދިވެރިންގެ ގޮތަކީ..

  14. ޢިބޫ

    ޜަގަޅު ނިންމުމެއް. ޢިހްލާސްތެރިންނަޢް ސިޔާސީ ދާްއިރާ ކަމަކުނުދޭ.މަބްރުކް އަކީ ބަތޮލެއް

    2
    1