ފުލުހުންގެ ބަންދުގައި ހުރި އަންހެނަކާ މެދު އިޙުތިރާމް ކުޑަވާ ގޮތަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަންހެނަކާމެދު އެފަދަ އަމަލު ހިންގާފައިވާ ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅުވައިގެންނެވެ.
ބައެއް މީޑިޔާތަކުގައި ވާގޮތުން ޤާނޫނީ ގޮތުން އުފެދިފައިއޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އަނބިކަނބަލުން ހައްޔަރުކޮށްފައި އޮންނަ ގޮޅިއަށް ރޭގަނޑު ފިރިހެނުން ވަދެ ތިބޭ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ދަނީ ބަލަމުންނެވެ.
ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ސ. ހުޅުދޫ، ކާމިނީގޭ ފާތިމަތު ނާސިރާ ފުލުހުން ހައްޔަރުކުރީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ މިވަގުތު ހައްޔަރުގައި ހުރީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫގައެވެ.
މިމައްސަލަ ބަލަމުންދާކަމަށް ފުލުހުން އެޗް.އާރ.ސީ.އެމް އިން ބުނިކަމުގައި ވިޔަސް، ފުލުހުން މިވާހަކަ ދޮގު ދެންމެ ކުރެއްވި ޓުވީޓްގައިވަނީ ދޮގުކޮށްފައެވެ.
އެ ވަންނަ މީހަކު ހުންނަނީ ހުދު ޖަންގިޔަލެއް ލައިގެންތޯ ބެލިބާ؟؟؟؟؟
ޙަމީދުބެ ބޯހޯލް ތޮރުފާފަ ހުރި މީހެއް ކައިރިއަށް
ފުލުހުން؟.