ގިނަ ދިވެހިން ހިމެނޭހެން ފިރިހެނުންތަކަކާއި އެކީ އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރްގެ ތަހުގީގަށް ދިން ބަޔާން ލީކު ކޮށްލައިފިއެވެ.

ފުލުހުންގެ ތަހުގީގަށް އަލަމްގީރް ދީފައިވާ ބަޔާން ލީކު ކޮށްލާފައިވާއިރު، އެ ބަޔާނުގައި ބުނެފައިވަނީ އޭނާގެ އުމުރުން ހަތް އަހަރުގައި އުފަން ރަށް ބަންގްލަދޭޝްގައި އުޅެނިކޮށް ފިރިހެނަކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތީ އެގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން މައްސަލަ ބަލާފައި ނުވާ ކަމަށް އޭގައި ވަނީ ބުނެފައެވެ.

އޭގެ ފަހުން އުމުރުން 10 އަހަރުން ފެށިގެން އެގައުމުގައި ތިބި އޭނާގެ ރައްޓެހިންނާއި އެކީ އެއްޖިންސުން ގުޅުން ހިންގަމުން އައި ކަމަށާއި އެކަމުގެ ތެރޭގައި ރައްޓެއްސެއްގެ ފަރާތުން އެޕްލިކޭޝަން ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެޕްލިކޭޝަން މެދުވެރިކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޗެޓްކޮށް އެމީހުންނާއި ބައްދަލުކޮށް އެމީހުންނާއި އެކު އަޅުގަނޑު އެއްޖިންސުން ގުޅުން ހިންގަމުން ދިޔައީމެވެ" އަލަމްގިރް ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

އަލަމްގިރް ބުނީ، އޭނާ ރާއްޖެ އައިސްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގައި ހުރި ބްރޯކަރެއް މެދުވެރިކޮށް ވެއިޓަރެއްގެ ގޮތުގައި ކަމަށެވެ. އޭރު އެކި ތަންތަނުގައި މަސައްކަތް ކުރަމުން ވެސް ގިނަ ބަޔަކާ އެކީ ޖިންސީ ގުޅުން ހިންގާ ކަމަށް އަލަމްގިރް ވަނީ ބުނެފައެވެ.

އަލަމްގިރް ބުނި ގޮތުގައި އޭނާ ވަނީ މިހާތަނަށް ތިން ގައުމެއްގެ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގާފައެވެ. އެއީ ބަންގްލަދޭޝް، ސްރީލަންކާ އަދި ރާއްޖެއެވެ. އަދި މިހާތަނަށް އެއްޖިންސުން ގުޅުން ހިންގާ 45-50 ދެމެދުގެ ވީޑިއޯ ރިކޯޑް ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާއާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުން ފައިސާގެ ގޮތުގައި 100 ޑޮލަރާއި 200 ޑޮލަރާއި 500 ރުފިޔާއާއި 1000 ރުފިޔާ ވެސް ދީފައިވާ ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޟަޒް

    ޢެޕްލިކޭޝަން ނަން ހަބަރު ގައި ހިމެނުން ކަޑަ

    25
    7
  2. ސަރީފް

    ކިހާތާހިރުވާހަކައެއް ލިވާތު މިގައުމައްއާއްމުވެއްޖެ އިސްސަފުގަވެސްއޭގެމީހުން ފަސްފަހަތުގަވެސްއޭގެމީހުން މި ގައުމެއްވާނެތް

    29
    1
  3. މަ

    މުޅި ގައުމުގެ ހަލާކު

    31
    2
  4. ބޯ ގޮވައިފި

    މީނަ ތައުބާވި ވާހަކަ ބުނެފި..އެކަމަކު ހިތަށް އަރަނީ މިކަމުގަ މިހާ މައްޗަށް ގޮއްްސަ ހުރި މީހަކު ހަމަ މިއަމަލު ހުއްޓާލާނެ ބާއޭ..ފަސޭހަ ކަމަކަށް ނުވާނެކަން ޔަޤީން..ވަﷲ އަޢުލަމް.

  5. ބަބޫ

    ތިގޮލާގެ ގައިގަ ނުބައި ބައްޔެއް ހުރިތޯ ބަލާ އަވަހަށް. އޭނަޔާ އެއްކޮށް ގަނޑުގަނެފަ ތިބިމީހުން ގަނޑުގަނެފަ ތިބި ބަޔަކާ އެހެން މީހުންވެސް ގަނޑުގަނެފަ ހުރެދާނެ. މިބުނި އެއްޗަކީ ކޮވިޑްގެ އިހާ ހޯދާހެން ހޯދާށޭ. ނޫނީ ކަމާ ނުބެހޭ މީހަކަށްވެސް ދެރައެއް ކިބިދާނޭ.

  6. ނައިޓުކުލަބު

    ތީނަ ފޮނުވާލާ ބެންކޮކަށް ލޮލް

  7. ކޮރަލް

    އަލަމްގިރި އެންމެން ސަލާމަތް ވާނެ ކަހަލަ ބޔާނެއް ދިނީ އެވެ. ނޫނީ ދޭން ޖެހުނީ އެވެ.

  8. ޞުންދުސީ

    ހުސް ބުހުތާނު ދޮގު. ޢަލަމްގިރީގެ ލޯޔަރު މަސައްކަތްކުރަނީ ބްލެކްމެއިލް ކުރި މީހުން ސަލާމަތްކުރަން. މިއެއްޗެތި ލީކުއެކުރަނީވެސް ހަމަ އެމީހުން އަޑީގައިނތިބެގެން. ޢަލަމްގްރްގެ ލޯޔަރު

    4
    1
    • ހުކުމް

      ބަންދެއްގާވިޔަސް މިޤައުމުގާ ބަހައްޓައިގެންނުވާނެ. ވަރަށް ރަނގަޅަށް ތައުޛީރު ކޮށްފައި ބޭރުކޮށްލާ.

  9. ރަޝީދު

    އެބަޔާން ލީކް ކޮށްލެވޭނީ ދިވެހި ފުލުހުންގެ މުއަށްސަސާ ގުޅިގެން ރަގަޅަށްވިއްޔާ ޕީ،ސީ، ވެސް ވާނީ ތިގުޅުން ހިންގާފަ މީހެއްގެ ބަޔާނެއް ލީކްވާއިރު ތަނުގެ ބޮޑެތި މީހުންނަށް ވެސް އެގޭނެ

  10. Anonymous

    ހަށިވިއްކަން އައިސްގެން އުޅޭ ސޮރެއްތޯ !

  11. ގަލަން ތުނޑު

    ކުރީގެ މައްސަލަތަ އަދިވެސްތަހުގީގު ކުރަނި

  12. މަރުޙަބާ! މަރުހަބާ

    ތިޔަ ލީކުވުމަށް މަރުހަބާ ކިޔަން. ދިވެހިޤައުމުގައި ހިންގާ ފާޙިޝް އަމަލު ސިއްކުރާކަށްނޫން ދިވެހިން ވެރިން އިސްކުރަނީ. ހަމަހަމަކަމާއެކު އިންސާފު ކޮށްދިނުމަށާއި ހައްތައް ރައްކާތެރިކޮށްދީ އިސްލާމް ދީން މިޤައުމުގައި ޤާއިމުކުރުމަށް ހުވާކުރަން ޖެހޭނެކަމަށައި ދީނާ ޚިލާފުކަމެއް ހިންގާނަމަ އެކަން މަނާކޮށް ހުއްޓުވަން ވެރިކަމަށް އިސްކުރި މީހުންނަށް ވޯޓިދީގެން ތިބީ.

  13. ހުކުމް

    ބަންދެއްގާވިޔަސް މިޤައުމުގާ ބަހައްޓައިގެންނުވާނެ. ވަރަށް ރަނގަޅަށް ތައުޛީރު ކޮށްފައި ބޭރުކޮށްލާ.

  14. ތަރުފާލު

    ކަލޯ މަދުށިން މިގޮލާ އުޅޭ ކޮޓަރީގަ ފިހިގަނޑު އަޅަން އަންނި އުޅެނިކޮށް ނަގާފަހުރި ފޮޓޯއެއް. އެވެދާނެ އެއީ މިކޮޓަރި ސާފުކުރާ ކުއްޖާކމަށްވެސް.