ހައްޔަރުކުރާއިރު ދޭން ޖެހޭ ގާނޫނީ އިންޒާރު ދީފައިނުވާތީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ 31 އަހަރުގެ އެ މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ކޯޓުގައި އޭނާ ވަނީ ހައްޔަރުކުރިނއިރު ގާނޫނީ އިންޒާރު ދީފައިނުވާ ކަމަށް ބުނެފައެވެ. އަދި، އަދި އޭނާއަށް ގާނޫނީ އިންޒާރުދިންކަން އެނގެން ނެތެވެ.

އެހެންވެ، ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އޭނާގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ނިންމާ މިނިވަންކޮށްފައެވެ.

ގާނޫނީ އިންޒާރެއްގައި ހިމެނޭ ކަންތައްތައް:

  • - ހައްޔަރު ކުރާ ކަމާއި ހައްޔަރު ކުރަނީ ކޮން ގާނޫނެއްގެ ބަޔާންކުރާ ކުށަކާ ގުޅިގެންކަން
  • - އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިގެންވާކަން
  • - ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއްކަން
  • - ދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުންކުރެވިދާނެ އެއްޗެއްކަން
  • - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮތްކަން

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން, ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރެއް ނެތި ނަމަވެސް މީހަކު ހައްޔަރު ކުރާއިރު އޭނާއަށް ގާނޫނީ އިންޒާރު ދޭން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    މަސްތުވާތަކެތިތަ ދޫވާނެ. މަރުވެއްޖެތަ ޕޮލިހުން ސޯދަން އިޢުލާން ކުރާނެ. ލިވާތު ތަ؟ ހައްޤު އިސްލާމް ދީންތަ ، ހަރުކަށި، މީ މި ސަރުކާރުގެ ހަޤީގައި.

    5
    1
  2. ހައްޕު

    ކަލޯގަޔާ.

  3. އިއްޒުއްދީނުލް ސަންޢާނީ

    ޥާސޫޢީ ގާނޫނު ތަކަކީ ޓޮއިލެޓް ޕޭޕަރ ކަހަލަ އެއްޗެއް. ﷲ ތައާލާ ގެ ޝަރީއަތަކީ އެންމެ މާތް މަތިވެރި ޝަރިއަތް، ތިކަހަލަ އުނި ކަމެއް ނުހުންނާނެ،! މިހާރު ތިގާނޫނު ތަށް އަނެއްކާ އިސްލާހު ކުރަން ޢާއްމު ފަރުދުން ވީ 83 ލޮއީފް ސިކުނޑި ތަކަށް 85000ރ މުސާރައިގެ ގެ ގޮތުގަ އެއް މައުލޫއަކަށް ރިޕީޓެޑްލީ ސިޓް ކުރުވަން!! މޭން މޭޑް ލޯސް ތަކަކީ ހަޑި އެއްޗަކަށް ވަނީ މިހެން ވީމަ!! ހުކުމް ވަނީ ﷲއަށް އެކަނި ކަމަށް އެރައބު ވަނީ ކަލާމް ފުޅުގަ ވަހީ ކުރައްވާފަ! ﷲގެ ހުކުމު ފުޅަށް ހުކުމް ކުރުމަކީ އަޅުކަމެއް ، އެއްވެސް އަޅުކަމެއްގަ އިންސާނުން ހިޔާލާ ފިކުރު ބައިވެރި ކުރުން ވާނީ ޝިރުކަކަށް!

  4. ދިވެހި ޒުވާނުން

    ހައްޔަރުކޮށް ތަހުގީގު ކުރާމީހުން ކަންކުރަންވީ ގޮތް ނިކަން ބޮޑު އަކުރުން ލިޔެ އެމީހުންގެ ޔުނިފޯމުގެ ބެޖުގެ ތިރީގައި ލިޔެ ބަހައްޓަންވީ އެއްނޫން. ތިވަރު ނޭގޭ މީހުން ތިކަންކަމުގައި އުޅެގެން ދުވަހަކުވެސް މިކަމެއް ހައްލެއްނުވާނެ އަދި ގާޒީންގެ ކަރުގާވެސް ޤާނޫނުތައް ލިޔެފަ އަޅުވަންފެނޭ ކަމާއި ގުޅޭ އިޖުރާއަތު ތަކާއި އެކު.