ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޓްއަރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

ޓްއަރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، މިސިނާޢަތަށް ފާހަގަކޮށްލެވޭ އިސްދައުރެއް އަދާކުރަށްވާފައިވާ ބޭފުޅުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އެބަގެންދާ ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކާއި، ދިގު މުއްދަތުގެ ޚިދުމަތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު ކުރިއެރުމެއް ގެނައުމުގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެއްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިމަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އާއްމުންގެ ފަރާތުންވެސް މިމަޢުލޫމާތު ހޯދުމަށް ބޭނުންވާ ކަމަށް އިއުލާނުގައި ވެއެވެ.

އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، މިދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، 4 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިންކް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.

މައުލޫމާތު ފޯރުކޮށްދޭނެ އޮންލައިން ލިންކް

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށް ވުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ޓްއަރިޒަމް މިނިސްޓްރީން ވެސް ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިމުހައްމަދު

    ފަތުރުވެރިކަމުގެ ދާއިރާގައި 20 އަހަރު 30 އަހަރު 40 އަހަރު ޚިދުމަތްކުރި ރައްޔިތުންނަށް ލިބިފައިވަނީ ކޯއްޗެއްތޯ ނުބަލައި އަދި ސަރވިސްޗާޖް ހަމަޔަށް ބެހިތޯ ނުބަލައި ތިބެފައި ގިނަ ދުވަހު ޚިދުމަތް ކުރި މީހުން ހޯދާފައި ލިސްޓެއް ހަދާފައި ޕްލާސްޓިކް ކޮޅެއްގައި ސާބަހޭ ޚިދުމަތޭ ފާހަގަކުރަމޭ ލިޔެފައި ސްޓޭޖަކަށް އަރުވާފައި ދިނީމާ އުފާވާންވީ ސަބަބެއް ނެތް. މުޅި ރާއްޖޭގައި ހުރި ފަޅުރަށްތައް ދޮޅަހަކަށް މީހުން ނަގައިގެން މިހިންގާ ޖަރީމާތައް ނުހުއްޓޭނަމަ ރައްޔިތުންނަށް އުފާވެރިކަމެއް ނެތް. ޕެރަޑައިޒް ޖަހައިގެން މަޝްހޫރު ކުރި ނަމަވެސް ރައްޔިތުން މިތިބީ އަދަވަޅެއްގައި.

  2. ފިޔަވަޅު

    މިދާއިރާގަ ގިނަ ދުވަހު މަސައްކަތް ކުރީތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ އަހަރެމެންނަށް ލިބުނު ފްލެޓް އަތުލާފަ .

  3. އޭރިއަލް ބުލޮސަމް

    ދެން މަގޭ ނަން ހަނދާން ނައްތާލާނީއެއްނޫން