އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ އެޖެންޑާއަކީ "ނަފްރަތު" ކަމަށާއި "ނަފްރަތަށް" ދިވެހިން ނުވިކޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ނޫހެއް ކަމަށް އޭއެންއައި އަށް މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ޝާހިދު ވަނީ، އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓްއަށް ހިތްވަރުދީ، އެ ކެމްޕޭން ބޮޑު ކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނަކީ "އެއްވެސް އެއްޗެއް ނެތް ބަޔަކު" ފަށައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

"އެބޭފުޅުންގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، ތަރައްޤީގެ އެޖެންޑާއެއް ނެތް. އެބޭފުޅުންގެ އެޖެންޑާއަކީ ނަފްރަތު. މިއީ ރާއްޖޭގެ ރައްޔިތުންނަށް އެބޭފުޅުން ވަޢުދުވެވަޑައިގެންނަވާ ކަމަކީ. ނަފްރަތު އުފެއްދުން. ދިވެހިން ނަފްރަތަކަށް ނުވިކޭނެ" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ހިންގާ އެކެމްޕޭނަކީ ދޮގު މައުލޫމާތާއި ނުބައި ޕްރޮޕެގެންޑާއެއްގެ މައްޗަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން ރާއްޖެ ހިފަން އައިސް ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ރާއްޖޭން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ ބޮޑު ހަރަކާތެކެވެ.

އިދިކޮޅުން މި ހަރާކާތް ދުވަހުން ދުވަހަށް ފުޅާކުރަމުން އަންނައިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެހަރަކާތްތައް ހުއްޓުވުމަށް ގަރާރެއް ވެސް ނެރެފައެވެ. އެ ގަރާރުގައި ވިދާޅުވެފައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ސާބަސް

    ލާރިއަށް އެކަނި ދޯ ވިކޭނީ

    106
    1
  2. މުފައްކިރު.

    މަނިކުފާނަކީ މައުމޫނުގެ ވެރިކަމުން ފެށިގެން ސިޔާސީ ތަންދޮރު ފިލާހުރި މީހެއް. ތިވިދާޅުވަނީ ރޯމާދުވާލު މެންދުރުގެ އިރު ފަދައިން ފެންނަ އިންޑިއާ މިގައުމަށް ވެރިވަމުންދާ ވެރިވުން ހުއްޓުވުމަށް ދިވެހިން ކުރަމުންމިދާ މަސައްކަތަކީ ނަފުރަތެއް ކަމަށްތޯ؟ އެހެންކަމަށްވާނަމަ އަޅުވެތިކަމުގެ ހިތިރަހަ ބުނެދެވިދާނެތޯ؟

    106
    1
  3. ނާހަމަ ތެދެއް

    އަޅުވެތިކަމުގެ ވަކިތަކުން ސަލާމަތް ވާން ވެގެން ތި ބޭފުޅުން ބޭނުންވަނީ ޤައުމު އަޅުވެތި ކޮއްގެން ވިޔަސް ތާއަބަދައް ވެރިކަމުގަ ތިބެވޭނެ ގޮތެއް

    96
  4. އހ

    ނިކަން ވޯޓެއް ނަގާބަލަ ރައްޔިތުން ބޭނުންވޭތޯ މިތާ އިންޑިޔާ ސިފައިން ބަހައް ޓަން އޭރުން އިނގޭނެ ހަގީގަތް

    106
  5. Anonymous

    ގަރާރު ހަދައިގެން އެކަމަށް ހުރަސް އެޅީ ކީއްވެބާ.؟

    83
  6. ހުސޭނުބޭ

    މީތަ އެބުނާ ނުޙައްޤުން ދެ މުސާރަ ކާ މީހަކީ

    101
    1
    • އައިޝާ

      ތީ މިްައުމަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް. ލިފްޓާއި ކާޕެޓާއި ވެންޓިލޭޓަރުގެ އައްޕަ ތީ

  7. Anonymous

    ކަލެޔަކީ ގައްދާރެއް ޚިޔާނާތްތެރި ލާދީނީ މީހެއް. އިންޑިޔާއިން ޖަހާހާ ބެރަމައް ނަށާނީ ކަލޭ . ޢަހަރެމެންނެއް ނޫން

    97
  8. ވަގުތު

    ދިވެހިންނެއް ނޫން.. އެމްޑީޕީ އެކްޓިވިސްޓުން ނުވިކޭނީ.. އަހަރުމެން މިތިބީ އިންޑިއާ އައުޓް ކެމްޕެއިނަށް ވިކި ހުސްވެފަ. ދެން އަޅެ ބަލަމާ މި ކޮމެންޓް ޖަހައިފިއްޔާ މިއަށް ލިބެނީ ކިހާ ތަރުހީބެއްތޯ!

    141
    1
  9. ޙަދިސައިބު

    ރަގަޅު ޑޮލަރަށް ވިކޭނީ އިންޑިޔާ ރުފިޔާވެސް އޯކޭވާނެ!

    74
    1
  10. ނޫރު

    ދެ މީހުން ވެސް ޖާސޫސު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި، އެމީހުންގެ ސަބަބުން ގައުމީ ސަލާމަތާއި އެއާޕޯޓުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

    74
  11. މުޖުތަބާ

    ކަލޭތީ ހާދަދޮގުހަދާ މީހެއްދޯ! ގޮތަހުސްވެ ގަރާރަކުން ހުއްޓުވަންޖެހުނީ ރައްޔިތުން ބަލައި ނުގަންނާތީތޯ! ފުލުހުންނަށް އޮބިނޯވެ ސިފައިން ނެރެގެންވެސް ނުހުއްޓުވުނު!ކަލޭތިދެންކާކު ބޭރުގައުތަކުން ރާއްޖެއަށްދިން އެހީގެ ޑޮލަރުތައް އެއްކޮށް ކައިލި މީހާ!

    76
    1
  12. އިއްޒުއްދީނުލް ސަންޢާނީ

    ކާޕެޓް ގަޑެއް ކަޓުވާލާނީ ހާދަ ވަރަކަށް ފައިސާ އަށް ބޫތު ކައިފަ ހުރީމަ އޭދޯ!!

    77
  13. އެމީހާ

    ކަލޭމެން ޤައުމަށްކޮއްދިންކަަމަކީ ކަލޭމެންގެ މުޅި އަލާދު އެކިނަންނަމުގައި ބޭރުޤައުމުތަކުގައި ބައިތިއްބައިގެން މުޚިދިވެހިދައުލަތުގެ ޚަޒާނާ ދަވާލާ އަމިއްލަ ޖީބުފުރާލުން. ދެން މިލޮބުވެތި ޤައުމުގައި އޮތް އިސްލާމީ ވަހުދަތު ނަގާލާ ޤައިރުދީންތައްފަތުރާ ލިވާތު ޢާއްމުކުރުން.ދައުލަތުގެ ޚަޒާނާއިން ހެސްކިޔާފައި ވައްކަންކުރުން. އެޚިދުމަތް ކިތައްމެރަނގަޅައްވެސް ކޮށްދީފި. އަދިމިލޮބުވެތި ޤައުގެމިނިވަންކަން އިންޑިޔާ އަށްހިބައިންދިނުން. އަދިދަރިންގެ ދަރިންގެ ބޮލުގައި ދެލައްކައަށްޑިހަ ހާހުގެ ދަރަނި އެަޅުވުން. އަނގަފުޅާކޮށްފައި ވާހަކަން ލަދެއްވެސްހަމަނެތީއެވެ.

  14. ހގފ

    ދިވެހިންނަށް އެނގޭނެ ނުލަފާ ދޮގުވެރިން. ތި އަންގައިން ނުކުންނަ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ.

    76
  15. ހުޝާމް

    ކަލެއައް ކެރެންޏާ އެހަރަކާތް ހިންގާލަން ފުރުސަތު ދީބަލަ އެއީރައްޔިތުންގެ ތާއީދު އޮތްކަމެއްތޯ ނެތްކަމެއްތޯ ބަލާލަން ތާއީދު ނެތްކަމެއްވިއްޔާ ނުހިންގާނެ އެކަމަކު ޔަގީން ދޭކައްނުކެރޭނެ ގަންނަބިރުން

    80
  16. ރާމީ މާފަންނު ވައިނުޖެހޭގެ

    ޝާހިދޫ މިދައްކަނީ "ވިކޭ ނުވިކޭ" ވާހަކަ އެއް ނޫނެވެ. މިދައްކަނީ ރައްޔިތުން ނިދިމަތުރާފައި ޤައުމު ވިއްކާލި ވާހަކައެވެ. ނިދިމަތުރާފައޭ މިބުނީ ރައްޔިތުންނަށް ނާންގާ މާރިޔާ އާއި އިބޫ އިންޑިއާއި އެކު އެގްރިމެންޓްތަކުގައި ސޮއި ކުރި ވާހަކައެވެ. ރައްޔިތުން މަޖްލިސް އަށް ނާންގާ ސޮއި ކުރީމާ އިދިކޮޅު ޕާޓީގެ ޝިޔާމް ކަހަލަ ބޭފުޅުން، "ބަލަގަ އެގްރީމެންޓްތައް ދައްކާށޭ" ހަރުއަޑުން ގޮވީމާ މަޖްލިސްގައި އޮންނަ ކޮންމެވެސް ކޮމެޓީ އަކަށް، ފާރަށް ބައިސްކޯފު އަޅުވައިގެން ދައްކާ ގޮތަށް ދެއްކިއެވެ. ރައްޔިތުން ޔާމީން ހޮވާނީ ތިރީގައިވާ ސަބަބަށްޓަކައެވެ. އިންޑިއާ އާއި އެއްކޮށް ކުރި އެގްރީމެންޓް ތަކުގައި އޮތީ ކޯޗެއްތޯ އަހަރުމެން ރައްޔިތުން ހޯދަން ބޭނުންވާތީއެވެ. އެއީ ރައްޔުތުންގެ ޙައްޤަކަށް ވާތީއެވެ. އެ ޙައްޤު ޔާމީން ހޯއްދަވާ ދެއްވާނެތީއެވެ. އަދި ރައްޔިތުންނަށް ނޭންގި މި އެގްރީމެންޓް ތަކުގައި ސޮއިކުރި އިބޫ އާއި މާރިޔާ އެ ކުރީ ބޮޑުވެގެންވާ ކުށެއްކަން އެދެމީހުންނަށް ޔާމީނު ގެ ވެރިކަމެއްގައި އެނގޭނެތީއެވެ. 2023 އަށް ޔާމީން އަށް ވޯޓުލާންވީ ސަބަބުތައް މިހިރީއެވެ.

  17. ޏަމްޏަމް

    ރަށްޔަތުން ނޫޅެ ގައުމުދަރުވާލަން ދެމުސާރަ ކާކަށް ލަދުކޮބާ ކަލޭގެ.

  18. ވަހީދުބެ

    ކަލެއަކީ ދިވެހިޤައުމުގައި ހުރެ މިޤައުމު އިންޑިއާގެ އަޅުވެތިކަމަށް ގެންދިއުމަށް ރާވައިގެން މަސައްކަތްކުރާ ޣައްދާރެއް.

  19. ޒާ

    އިންޑިއާއަށް ވިކިފައިވާ މިގައުމަށް ޣައްދާރެއް ޝާހިދަކީ

    44
  20. ގުރާ

    މިއީ އދ ން ދައްކާ ވާހަކަޔަކީ؟؟ ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމާ އެތެރޭގެ ސިޔާސީ ވާހަކަ.

    37
  21. ހެހެހެކެކެ

    މިހިރަ ލަދު ހަޔާތް ކުޑަ މީހާޔާ. ތިޔަކަހަލަ......ނެއް ނޫން އިދިކޮޅުގަ ތިބީކީ

  22. ސޮނިބެ

    ދިވެހިން ބުނާނީ އާއެކޭ އެކަމަކު ތިކަހަލަ ގައްދާރުން ބުނާނީ ނޫނެކޭ

  23. ވާގޮނުސްކޮ

    މީނާ މިދައްކާ ވާހަކައިން މިދުވަނީ ހާދަނުބައި🤮ވަހެކޭ. ކުނިކަރުގޮހޮރުންވެސް މިހާނުބައިވަސްނުދުވާ.

  24. ނަޒީ

    އެހެންވެތަ ޤާނޫނާ ޚިލާފް ޤަރާރެއް ނެރެގެން ސިފައިންލައްވާ ތިޔަ ، ރައްޔިތުން ތަޅާ މަރަނީ؟ އެގޭކަމަކީ އެކަމަށް ލިބުނު ތަރުޙީބުގެ ބޮޑުކަމުން ސަރުކާރު ނޭވާހޮޅިޔަށް އެޅި މަރަށް ތެޅުނުކަން! ދެން އެޔަށް ދިވެހިން ނުވިކިފައި ކޮބައި؟ ދެމުސާރަނަގައިގެން ކާމީހުން ތީ!!!

  25. ހަސަން

    ކަލެއަކަށް ނުބުނެވޭނެ ދިވެހިން ނަފުރަތުކުރެޔޭ. ނިކަން ވޯޓަކަށް ހުޅުވާލަބަލަ. ލާހިކައެއްނޫުން. ތީ ގޮށްމުށުގެ ބާރު އޮވެގެން މަގާމުގައި ތިބިބައެއް. ކަލޭމެނަށް ތިޔަހެން އަބަދަކު ބަގުޑި ބައްދައިގެނެއް ނުތިބެވޭނެ. ވެރިކަން ދެން ހަނދާން ނައްތާލާ

  26. ހަޖަމް

    ކަލޭމެން މިގައުފުގަ ފިތުނަ އުުފެއްދީ ލިފްޓް ކާލި

  27. ރަން ރީނދޫ

    އިންޑިއާ އައުޓް. ބޮން ގޮއްވަން އުޅޭ އިންޑިއާގެ ޓެރަރިސްޓް އާރް އެސް އެސް އައުޓް. ވީ ވިލް ކިކް ޔޫ އައުޓް.

  28. ޙުސެއިން

    ވިކެނީކީނޫން ގައުމައްޓަކައި ގުރުބާންވާނީ ވިކޭނީ ލާދީނީ މީހުން

  29. ހައުސް އޮފް ލައިސް

    އިންޑިއާ މީހުންނަކާ ހެދި ދިވެހި ކުންފުނިތަކަށް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ..މިތަނަށް އެމީހުން އެކަނި ލޭބަރުންނަށް ގެނެވޭގޮތް ހަދާގެން ބޮޑު ބަލާޔަކަށް ވެގެން މިއުޅެނީ

  30. އަމްޖަދު

    ދިވެހިން 2023 ހުގަ ވޯޓުން ނަތީޖާ ދައްކާނެ. ކަލޭައާ ކަލޭގެ ސަރުކަރަށް ހަލާކު ހުރި. ހުރި ހިތާމައެއްގެ ބޮޑު ކަމާ. މިސަރުކާރެއް 2023ގަ ނުހޮވޭނެ.

  31. މޮހޮނު

    ޝާހިދު ކަލޭ ވެސް ރަނގަޅުވާނީ މިރާއްޖެނައި ގޮސް ލަންޑަނުގައި އުޅުނިއްޔާ. ކަލޭމެންގެ ބައިގަނޑު ގުޅިގެން މުޅިމިގައުމު ހަލާކުކޮށްފި، އެންމެ ފަހުން އެފެނުނީ ކަލޭމެންގެ މޯދީބޭ މީހުން މިރާއްޖޭގެ އެއަޕޯޓްތެރޭގައި ގަނޑުގަންނަން އުޅެނިކޮށް، ބޭނުމަކީ ކޮންމެވެސް ގޭސްގަނޑެއް އަނބުރާލައި މިރާއްޖޭގެ ސިފައިންނާއި ޕޮލިހުންނަށް އަމަން ނުބެލެހެއްޓޭކަމަށް ބުނެ އަނެއްކާވެސް އިންޑީސިފައިން އިތުރުކޮށް ކަލޭމެންގެ އެޖެންޑާ ހިންގުން. ގިނަމީހުން މިތިބީ އިންތިހާބުގައި ކަލޭމެންނަށް އެކަން ދައްކާންތައްޔާރަށް.
    އެނގޭ މިކޮމެންޓް ކަލެއަށް ފެނިއްޖެއްޔާ ކަލޭ އަޕްސެޓްވާނެކަންވެސް، ކަލޭތީ އަބަދުވެސް މިތަނަށް އިންޑިޔާ ސިފައިނާރައިގެން އަޕްސެޓް ވެފައިހުންނަވާ ބޭފުޅަކަށްވީމައި އެހެންވެދާނެ.

  32. ާދަލޭކް

    الله އިރާދަ ކިރެއްވިއްޔާ 2023 ގަ ނިކަން 2 މުސާރަނަގައިގެން ހުރެބަލަ. މަނިކުފާނުވެސް ތިފަރީއްކުޅުއްވަނީ ނުހައްޤު ފައިސާއިން. މިނިކަމއތި ރައްޔަތުންގެ ލާރި.

  33. އަހުމަދު

    އިންޑިއާ ސިފައިންއައުޓައް އަހަރެން ތާއިދު

  34. މުހަންމާ

    2023ގައި ވޯޓް ނަގާނިމުނީމަ އިގޭނީ

  35. ޒުރާރު

    އެއީ ޔާމީނު ވެރިކަމަށް އަންނަން ވެގެން ޖެއްސި މޮޅު ކެމްޕެއިން ސުޓަންޓެއް

  36. ހުސެން

    މީނަ އަކީ މައުމޫނު ދުވަސް ވަރުންފެށިގެން ފައިސާ އަށް ހުރިހާކަމެއްވެސް ކުރާމީހެއް. މިކަހަލަމީހުންނަށް ކިޔަނީ ރަންޑިން ނޭ !

  37. Anonymous

    ބަލަ އަބުދު ﷲ ޝާހިދު އދ ގެ ރައީސުގެ ހައިސިއްޔަތުން އިންޑިޔާއަށް ގޮސް ދިވެހިންގެ ދާހިލީ ކަންކަމުގެ ވާހަކަ ދައްކަނީ ކޮންހައިސިއްޔަތަކުންތޯ، ޑިޕޮލަމެޓިކް ވާހަކަދައްކާބަލަ ރޯނަ އެދުރުނުވެ !

  38. Anonymous

    ބަލަ އަބުދު ﷲ ޝާހިދު އދ ގެ ރައީސުގެ ހައްސިޔައްތުން އިންޑިޔާއަށްގޮސް ދިވެހިންގެ ދާހިލީވާހަކަޔާއި ސިޔާސީ ޕާޓީއަކާއި ދިމާލަށް އެއްޗެހި ތިޔަގޮވަނީ ކޮންހައިސިއްޔަތަކުންތޯ ތިޔައީ ޑިޕޮލަމެޓިކް މީހަކަ ދެއްކޭނެ ވާހަކައެއްވެސްނޫން، ރޯނައެދުރު !