ރ. އަތޮޅު އުނގޫފާރުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހެލްތް މިނިސްޓްރީން ވަކިކޮށް، ވަކި ބޯޑެއްގެ ދަށުން އެ ހޮސްޕިޓަލް ހިންގާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އުނގޫފާރު ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވީ މިއަދުއެވެ.

މި ގޮތުން ބޯޑުގެ މެންބަރުކަމުގެ މަގާމަށް ހަ ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ.

1- މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
2. ޑރ. ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)
3. ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)
4. ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)
5. އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
6. މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)

މި ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ރައީސް އައްޔަންކުރެއްވީ މުޙައްމަދު ސާމިޢު އެވެ.

މިބޯޑު އުފެއްދުމާއެކު ރ.އަތޮޅުގައިވާ ސަރުކާރުގެ 14 ސިއްހީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެމަށް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫމީހާ

    ކީއްކުރަންތޯ ވިލިފުށީމީހަކާ މާލޭ މީހެއް ތިޔަ ބޯޑަށް ލެއްވީ؟ އެތަނަކަށް އެންމެ ރަނގަޅުވާނީ އެތަނަކަށް ނިސްބަތްވާ ބަޔަކު އައްޔަން ކުރުމެވެ.

    6
    1
  2. ޒވ

    ދެން އެތަންތާ ތިބި މުވައްޒަފުންވާނީ ސިޔާސީ މީހުންނަށްތޯ

    5
    1
  3. އަބްދޫ

    މި ހޮސްޕިޓަލް ތަރައްގީ ނުކުރެވިގެންއުޅެނި ބޯޑެއް ނެހެދިގެނެއްނޫން. ދަވްލަތަށް ލިބޭ އާމްދަނީ މިގޮތަށް ބޭނުމެއްނެތް ހަރަދުކޮށްގެން ދެވަނަދަވްރެއް ހޯދުމުގެ ބޭނުމުގަ ދަވްލަތުގެ ފައިސާ ކެމްޕޭނަށް ހަރަދުކުރާތީ. ޓާރސަރީ ހޮސްޕިޓލް އިމާރާތް އޮތީ ދުނިޔޭނެބޭރުގަ ތައްޔާރުކުރެވިފަ. ގެނެސް ރާވާލަންޖެހޭ ހިސާބުގަ. 4 ސަރަހައްދުގަ 4 ރީޖަނަލް ހޮސްޕިތަލް އިމަރާތްކޮށް 4 ސަރަހައްދުގަ 4 އެއާޕޯޓް ހަދާ ލާމަރުކަޒީގެ ފެށުން ގެނެވުނީ އެ ސަރަހައްދުތަކަށް އާބާދީ އެއްފަސްކުރުމުގެ މަގްސަދުގަ .2008 ގަ އައި އެމްޑީޕީ ވެރިކަމަުގެ ސަބަބުން 2020 ގެ މިތަސައްވުރު ދިޔައީ ފެނަށް. ގައުމު ދަރަނިވެރިކުރުވުމަށްފަހު އާބާދީ އެއްފަސް ގެ ބަދަލުގަ ހޮޅިން ފޮނުވައިގެން ހުރިހާކަމެއް ކުރާވާހަކަ ދައްކާ ޗިޕްޖަހައިގެންގައުމުގެ ތަރައްގި ވަޅުޖައްސާލީ. މިހާރުވެސް މިކުޅެނީ 2008 ގަ ވެރިކަމަށް އައިސްހިންގިފަދަ ރައްޔިތުންނަށް އޮޅުވާލައިގެން ތަރައްގީނުވީ ބޯޑު ތަކުގެ ސަބަބުންކަމަށް ދައްކަން ކުރެވޭ މަސައްކަތް. ރައްޔިތުންނަށް ހީވާނެ މިއީ ތަރައްގިއޭ ، އެކަމަކު އެބޮޑްގެ ސަބަބުން ތަރައްގީއަށް ހުރި ފައިސާ ބަޔަކަށް ބަހާފަ ދިނުންނޫންކަމެއް ނުވާނެ.

    6
    1