ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް ލިވިން އެލަވަންސް ދިނުމަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއިޢިނާޔަތްތަކުން އެއްވެސް އުނިނުވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންނަށް ލިބިދޭ ޢިނާޔަތްތަކުގެ އޮނިގަނޑު އިޞްލާޙުކުރުމަށާއި އެނޫންވެސް ބައެއް މުހިންމު އިޞްލާޙުތައް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ފޮނުވާފައެވެ. މި ބިލާ ގުޅޭ ގޮތުން ބަންޑާރަ ނައިބު މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ފަނޑިޔާރު ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ އެ ފަނޑިޔާރަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ.

  • މިހާރު އޮތް ބިލުގައިވަނީ ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ ގޮތް ހަމަ ޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހްތަކުގެ ތެރޭގައި ފަނޑިޔާރުންނަށް ލިބިދެވޭ ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިޞްލާޙުކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށްވުރެ މަދުނުވާނެ ޢަދަދެއް ކަމުގައި ބުނެފައިވެ އެވެ.

  • ހަމަ އެހެންމެ ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅަން ހުށައަޅާފައިބާ އިސްލާހާ ގުޅޭގޮތުން ރިއްފަތު ވިދާޅުވީ އެ ޤާނޫނަށް ޢަަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔަރކުރަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށްވުރެ މަތީ ޢުމުރުގެ ފަނޑިޔާރުންނަށް އެ ފުރުޞަތު ލިބޭ ގޮތަށް ޤާނޫނު އިޞްލާޙުކުރުމަށް ހުށަހަޅާނެ ކަމަށެވެ.
  • މީގެ އިތުރުން ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ޤާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމަށް ސަރުކާރުން ފަރާތުން ވަނީ ހުށައަޅާފަ އެވެ.
  • އަދި ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލު އިޞްލާޙުކޮށް، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަޤާމުގައި، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ޤާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަޤާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސަށްވެސް ވަނީ ހުށައަޅުއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަހުއްތު

    އެކައްޗެއްވެސް އުނިކުރާނެ ކަމެއް ނެތް.އިތުރަށްދީފަ ބަހައްޓާ.ކަލޭމެންބޭނުންވާ ކުޅި ވަރާއި ސަރުކާރުގެ ސިޔާސަތު ދަމަހައްޓަން ހިތް ފުރޭވަރަށް ދޭންވީ.ވިސްނާތި އަދި ދުވަހެއް އޮތްކަން.މިހާރު ތިކުރާ ކަންތަކަށް ޖަވާބު ދާރީ ވާނެ ދުވަހެއް އަދި އަންނާނެ.

  2. ސސ

    އެމްޑީޕީ އަކީ އަސްލު ސިޔާސީ ބައިގަޑެެއްނޫން ، މީ ބޮޑު ފިތުނައެއް، މިމީހުން އުޅެނީއަކީ ފަޑިޔާރުގެ އިސްލާހުކުރާކަށެއްނޫން، އެތަން މިމީހުން މޮޑޭ ފުއްގަޑެއްގެ ގޮތުގައި ބާއްވަން !