މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން 31 ގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 131,863 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 143,599 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއީ %8.3 ގެ ދަށްވުމެކެވެ.

މިއަހަރު މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދުތައް:

  • ޖެނުއަރީ- 131،764 (%43.1 ގެ ކުރިއެރުމެއް)
  • ފެބްރުއަރީ- 149،008 (%53.8% ގެ ކުރިއެރުމެއް)
  • މާޗު- 150,748 (%37.6 ގެ ކެރިއެރުމެއް)
  • އޭޕްރީލް- 145,280 (%59.3ގެ ކުރިއެރުމެއް)
  • މޭ- 125,522 (%94.3ގެ ކުރިއެރުމެއް)
  • ޖޫން- 110,889 (%97.4 ގެ ކުރިއެރުމެއް)
  • ޖުލައި- 133,561 (%31.2ގެ ކުރިއެރުމެއް)
  • އޯގަސްޓް- 131,863 (%-8.3ގެ ވެއްޓުމެއް)
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންތަކެއް ބޯޓުން ފައިބަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ފަތުރުވެރިން އައި ނިސްބަތް ދަށްވި ނަމަވެސް މިއަހަރު ޖުމުލަ އައި ފަތުރުވެރިންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

މި އަހަރުގެ އަށް މަސް ތެރޭ މިހާތަނަށް 1,078,635 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު އައިސްފައިވަނީ 755,966 ފަތުރުވެރިންނެވެ. މިއީ 42.7 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް 2019 ވަނަ އަަހަރު ކޮވިޑުގެ ކުރިން އައި 1,134,071 ޓޫރިސްޓުންނާ އަޅާ ބަލާނަމަ މި އަހަރުގެ މިހާތަނަށް އައި 1,078,635 ޓޫރިސްޓުންގެ އަދަދު އުޅެނީ 42.7 އިންސައްތަ ކުރީގައެވެ.