ކ. މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރި 32 ގައިދީން އެ މީހުންގެ އާއިލާއާ ހަވާލުކޮށްފިއެވެ.

މާފުށީ ޖަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލު ކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ގައިދީން މުޖްތަމައަށް ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކުގައި ކަމަށެވެ. އަދި އެއް އަހަރު ދުވަސް ވަންދެން އެ މީހުން މޮނިޓާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެ ގައިދީން ދޫކޮށްލުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އެ މީހުންނާ ބައްދަލު ކުރައްވައި ނަސޭހަތް ދެއްވައިފައެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީން ކޮމިއުނިޓީއަށް ރީ އިންޓިގްރޭޓް ކުރުމަކީ މަސްތުވާ ތަކެތީގެ ވަބާއިން މުޖްތަމައު ސަލާމަތް ކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއް ކަމަށެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަމާޒުކޮށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 32

    32 ދޫކޮށްލާފިއްޔާމުން 132 މަސްތުވާތަކެތި ވިއްކުމާ ބޭނުން ކުރުން އިތުރުވާނޭ މަސްތުވާ ތަކެތިން މުޖުތަމައު އާ ދަރީންގެ ދަރީން ސަލާމަތް ކުރަން ބޭނުމިއްޔާ ޕިލިޕީންސްގެ ޑުރަގާބެހޭ ގާނޫނު މިތާ ތަންފިޒް ކޮށްގެން ނޫނީ ތިބަލާއިން ސަލަމަތް ނުވަނެ

    3
    1
  2. އަބްދޫ

    ޑްރަގް ގަނެ ވިއްކާނެ 32 މީހުންއަނެއްކާވެސް މުޖްތަމައަށް ނެރުނީ.ޑްރަގް ވިޔަސް ކުށެއް ކޮށްފިނމަ އަދަބު ތަންފީޒުކުރެވެން ވާނެ. ތިގޮތަށް ނެރޭހާ ހިނަދަކު ޑްރަގް އިންގައުމަށް ހަމަޖެހުމެއް ނާންނާނެ.

  3. ޢ

    ތިޔަފިޔަވަޅު އުސްތޯ ތިރިތޯ އިންގޭނީދުވަސްކޮޅަކުން މިތިބީބަލަން