ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވާން ދިވެހި ޖަމިއްޔާއަކުން ތެދުވެއްޖެއެވެ.

މީގެ ކުރިން ވެސް ހާލުގައި ޖެހިފައިވާ އެކި ގައުމުތަކުގެ މީހުންނަށް އެހީ ފޯރުކޮށްދިން ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ވަނީ އެ ޖަމިއްޔާ މެދުވެރިކޮށް ޕާކިސްތާނުގެ ރައްޔިތުންނަށް އެެހީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައެވެ.

އެ ޖަމިއްޔާއިން ބުނީ މިހާރުވެސް 200 ޕެކޭޖެ ކާބޯތަކެއްޗާއި ސާފުބޯފެން ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"މި ތަކެތި ފޯރުކޮށްދެވިފައިވަނީ ފެންބޮޑުވި ހިސާބުތަކަށް އަޅުގަނޑުމެންގެ ޓީމުން ޓްރަކްތަކުގައި ގޮސް. އަދިވެސް އެކި ގޮތްގޮތުން އެހީވުމުގެ މަސައްކަތް ދަނީ ކުރިއަށް" އެއިޑް ކެމްޕެއިން ބުނެފައި ވެއެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، 300 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން އިމާރާތްތައް ބިމާ ހަމަވެފައިވާއިރު، މީސްމީޑިއާގައި އިމާރާތްތައް ސުންނާފަތިވާ މަންޒަރު ފެންނަ ވީޑިއޯތައް އަންނަނީ އާންމުވަމުންނެވެ.

އެގައުމަށް ކުރާ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން މިހާރު ވަނީ ގައުމީ ކުއްލި ހާލަތު ވެސް އިއުލާނު ކޮށްފައެވެ.

ޕާކިސްތާނަށް އެހީވުމަށް

ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000062741
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: IAC | EMERGENC