ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

ފާއިވެދިޔަ ހަފްތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އަލިވާން ވަނީ ފަށައިފައެވެ.

ނަމަވެސް އަދިވެސް ވައިބާރުވެ ކަނޑުތައްވެސް ގަދައެވެ.

މެޓް އޮފީހުން ނެރުނު ސަމާލެއްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެގޮތުން އެ ސަމާލުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި،ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެ ސަމާލުގެ މުއްދަތު ހަމަވާނީ އިރުއޮއްސި 18:00 އަށެވެ.