މިއަދު މާލެގައި ތިން ފުލުހަކަށް ހަމަލާދީފައި ވަނީ ހެންވޭރަށް ނިސްބަތްވާ ގްރޫޕްއަކުން ކަމަށާއި، އެކަން ސީރިއަސްކޮށް ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ވިދާޅުވެއްޖެއެވެ.

ހަމަލާ ދީފައި ވަނީ ޑްރަގް އެންފޯސްމެންޓްގައި މަސައްކަތް ކުރާ ތިން ފުލުހަކަށެވެ. އެ މީހުންނަށް ހަމަލާދީފައި ވަނީ މިއަދު ހެނދުނު 11:52 ހާއިރުއެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ އެ ފުލުހުން ޑިއުޓީގައި އުޅުނު ގަޑިއެއްގައި ނޫނެވެ.

އެ ހަމަލާއާ ގުޅިގެން މިވަގުތު އޭޑީކޭގައި ފަރުވާދެމުންދާ ފުލުހުންގެ ގާތަށް ޒިޔާރަތް ކުރުމަށްފަހު ސީޕީ މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މައްސަލައިގެ ހިމެނޭ އިތުރު މީހުންވެސް ހައްޔަރު ކުރާނެ ކަމަށެވެ.

ސީޕީ ވިދާޅުވިގޮތުގައި، އެ މީހުންނަށް ހަމަލާ ދީފައި ވަނީ ހަތިޔާރު ބޭނުންކޮށްގެންނެވެ.

ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

"މި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ޓީމަށް އިރުޝާދު ދީފައި. ފުލުހުންނާއި މެދު ހަރުކަށިކޮށް ކަންތައް ކުރާ މީހުންގެ ކަންކަން ސީރިއަސްކޮށް ބަލާނަން". ސީޕީ އިތުރަށް ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ގޭންގްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޕޮގުބާ

    ހައްގަކާނުލާ ފުލުހުން މީހުންނަށް އަނިޔާ ކުރާއިރު އެއަނިޔާކުރާމީހުންނަށް ހަމަލާދޭނެ

    28
    32
    • ފުލުހުން

      ޙައްޤު ނުޙައްޤު ކަނޑައެޅުން ވަނީ ފަނޑިޔާރުގެ އާ ދައުލަތުން ޙަވާލްކޮށްފައި މަގުމަތިން ޙައްޤު ނުޙައްޤު ނިންމަންޏާ އަހަރުމެން އެކަމަށް މާ ހުޝިޔާރުވާނެ

      16
      8
      • ވޯންޓެޑް

        ފުލުހުން ގުއިލާފަ ގުއިފުނީގަ ދަނޑިންތަޅާ ބަލަ..

        17
        12
      • ބްރޯ ހަމައިގަ ހުރެ ވިސްނައްޗޭ..ތިބުނާ ފަނޑިޔާރުންނާ ފުލުހުންނަށް އަދުލުވެރިކަން ގާއިމް ކޮށް ނުދެވޭތީ ދޯ މަގުމަތިން ނިންމަން ޖެހޭނީ…ތިމީހުން ބުނިހާ ބާރަކާ ވަސީލަތެއް ދީފަ ތިބޭއިރުވެސް އަމަން ގާއިމް ކޮށް ނުދެވޭ…އެހެންވީމަ ރައްޔިތުމީހާއަށް އަނިޔާ ލިބޭހިނދު އޭނާވެސް އޭނާގެ ހައްގުގަ ނިކުންނަށް މަޖުބޫރުވާނެ…ބްރޯމެންގެ ސަބަބުން މިއަދު މިހާލަތަށް ވެއްޓެން މިޖެހުނީ…މީގެ ޒިންމާ ރައްޔިތުން ބޮލުގަ ނާޅުވާ ދެންވެސް ރަނގަޅު ކުރެވޭތޯ އެންމެންވެގެން ހިނގާދޯ…ގަދަ ދައްކާފަ ނިކުތީމަ ގައުމަށް ދެރަވާނީ…

  2. ޙެހެ

    .ދޫދީދީއަތައްގޮވީ..ވާނެއެތިވީ..ފުލުން އަޅާނުލާތީ ގޭންގު ހިންގެނީ..

    63
    3
  3. ނަސް

    2 ދުވަސް ފަހުން ހުންނާނީ ދޫކޮށްލެވިފަ… ޑްރަގް ވިޔަފާރި ކޮށްގެން ކައިބޮއެގެން އުޅޭ އާއިލާ ތައް މާލެގަ މަދެއް ނޫން . ތި ގޭންގުތައް ރޫޅާލެވިގެން ކަމެއް ވާނީ. ގޭންގުތައް އޮތްގޮތަށް ހައްޔަރުގަ ބަހައްޓަންވީ އުމުރު ދުވަހަށް

    52
    2
  4. ޥެސްލިން

    .ކިހިނެއްތިކަން ކުޜާނީ ނޭގެ 5 ދުވަސްވެސް ކޯޓުން ޖަހާދޭނެ ހެނެއް

    40
  5. އަމާން

    ކޮބާ މަހުލޫފް.....އެގުރޫޕާ ވާހަކަ ދައްކައިގެން އެކަން ހަމަޖައްސާ.

    37
  6. ހޭލާ

    މަ އޮންނާނީ އެކޮޅުކޮޅުން ފިޔަވަޅެއް އެޅިއްޖިއްޔާ ތީފެއިލް ވެފަ އޮތް ތަމެއް ރައްޔިތުންގެ އިތުބާރު ނެތް

    41
  7. ނަން

    ހުއްޓުވިފަ ކޮބާ. މަސްތުވާތަކެތި އަތުލާފަ މާކެޓަށް. ހައްޔަރު ކުރާމީހުން ކޯޓުން ދޫކުރަނީ.. މުއައްސަސާތައް މީޑިޢާތަކަށް އަރާފަ އަޅަން ބުނަނީ ފިޔަވަޅު. މި ފިޔަވަޅަކީ ބަޔަކަށް ފެންނަ ފިޔަވަޅެއްނޫން....

    34
    1
  8. ހަރުވާޅު

    ރައީސް ޔާމިން އޮޅުކޮށްގެން ގެނގުޅުނު ޒުވާނުންނަކީ ތީ. ތި ގޭންގުތައް.

    15
    45
    • Anonymous

      ތިހަރުވާޅުގަ ރަބަރުދޫވެފަ ހުރީ މާ ތިކަހަލަ ބޯގޯސް ވާހަކަދެއްކޭނެ ރައީސް ޔާމީން އާ ހިތާވިޔަސް ބޮޑުވަރުތީ

    • ބޯގަޅި

      އެއީ ކެނެރީގެ ތަޅާ އަންނި ތަޅަން ހޯދި ކުދިން. މިހާރު އެކުދިން އެތަޅަނީ ފުލުހުންގެ ގައިގަ. ތިޔަ އުޅެނީ ފޭހި އިލޮށިގަނޑު ލޮލަށް ހެރިގެން.

      3
      1
  9. ޓ

    ރޭ ފަތިހުން ފެށިގެން ލަޓިބުރި ހިފައިގެން އމީހުން ދުއްވި ކޮބައި ފުލުހުން ނުހުއްޓުވީމާ ތިކަން ތިމަގަށް ދަނީ

    32
    2
  10. ލައްޓި

    ރައީސް ޔާމީން އޮޅުކޮއްގެން ގެންގުޅުނު ބައެއްނަމަ އެދުވަސްވަރު ތިގޮތައް ގްރޫޕްހަދާފަ ޙަމަލާނުދިނީ ކީއްވެބާ

    25
    3
  11. ކޮއްޔާ

    ދިވެހިރާއްޖޭގަ ފުލުހުންނަކީ މައްސަލައެއް ރިޕޯޓް ކުރުމުން އެތަނަކަށް ދާންތިބޭބައެއް ގޮތަށް މަސައްކަތް ކުރާ ބައެއް // ބޭރު ގައުމު ތަކުގައި މަގުމަތި ބަލަހައްޓަން އެއޮންނަ އުސޫލަކުން އެތަށް ދިމާލެއްގާ ހުރިހާ ވަގުތެއްގައި ފޯރިމަރާ ބައެއް // މިކަމަށް ވިސްނުން ހަމަނެތްބާ ؟؟

    20
    1
    • ކަލޯ

      ބަރާބަރު ވާހަކައެއް. ދަމަކުން ބަޑިއެއް ޖަހާހެން އުޅޭނެ ނުކުމެ ދެތިން ފުލުހުން. ޗެކް ޕޮއިންޓްއިންވެސް ހުއްޓުވާނީ އާދައިގެ ރައްޔިތު މީހާ.

  12. އަނަސު

    ހަޔާތްކުޑް ސީޕީ ކޮބައި ފުލުހުން ރައްޔިތުންނަށްދިން އަނިޔާ! އެކަންވެސް ބަލާބަލަ! ގައްދާރު!

    15
    8
  13. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރަޢްދޭ

    ސަރުކާރުގެ އިސްވެރިންތިބެނީ ގޭގްހިންގަން ދެންކޮހަރުކައްޓެއްވެވޭނީ

    20
    1
  14. މުހައްމަދު އަންޖުމް

    ބަލަގަ އަދިކިރިޔާތަ ތިމާމެންގެ މަސްއޫލިއްޔަތުއުފުލަން ވެއްޖެކަން އިނގުނީ އެވެސް މަނިކުފާނަށް ބިރުހީވީމަދޯ ކޮބާތޯ ނިކަމެތި ރައްޔިތުންގެ ގެދޮރަށްވަދެ ލޫޓުވާއިރު އެކަންބެލުން ތިޔަބުނާ ގޭންގުތަޢްވެސް ނުލާހިކުފަރިތަ އަދި ކުރާމީހުންވެސް ތިމާމެންނަށް އިނގޭ ނަމަވެސް ސާބިތުނުވެޔޭ އެޑިޓެކޭ ޑިލީޓޭ ކިޔަކީޔާ ތިޔަތިބެނީ މަޚުމާޖެހި ކުލަބަރި ދެމި ޔުނީފޯމުގަ ބަސްދީގަތުންތަކާ ފޮނިދެއްކުމުގަ ކުލައެއްޗެހީގަ ވިއްޔާ ނާޗަރަނގީކުޅެން ޖަގަހަަތަކުގަ ކުރާއެއްކަމެއްނެތޭ ލަދުކޮބާ

    16
    2
  15. މަށަށްކީއް؟

    ނުވާނެ އެއްކަމެއްވެސް، ތިހެން ފޮނު އަރުވަ އަރުވާފަ ތުނބުޅިލީ މީހަކު ކަލޭމަނަށް ހައްޔަރު ކުރެވޭނީ

    23
    4
  16. އަމާ

    ކުރިންވެސް ފުލުހުންނަށް ހަމަލާދީގެން ކަންތަށް ވަރަށް ގޯސްވި. ޢެފަހަރުވެސް ހިސާބެއް ދޮވެލާފަ ދިޔައީ…. މިފަހަރު ކިހިނެއް ވާނެބާ….

  17. ރައްޔިތުމީހާ

    އާންމުންނަށް ހަމަލާ ދިނީމަ ސީރިއަސްކޮށް ނުނެގޭ!!

  18. ރައްޔިތު

    އެމްޑީޕީގައި ގިނަވާނީ ހެޔޮނުބައި ނޭގޭމީހުންތައް ދެން ވިސްނަންވީ ތިކަން ކުރާނެބައެއް އެއީ ކޮންބައެއްކަން ސިޔާސީ ގޮތައް ވިސްނާނަމަ ގޯސް ކޮންމެ ބަޔަކު ކުރިޔަސް ގޯސް ކަމެއް ވާނީ ގޯސްކަމަކައް

  19. ހުސާމް

    އަހަރތަކެއް ކުރިން އިވުނު އޯޑިއޯ ކޮޅެއް ލީކުވެގެން އުޅުނު އަޑެއް އެއޯޑިއޯކޮޅުގަ އިވޭ މީހުކު ފުލުހުންނާ ދިމާކުރާނެ ކުދިންކޮޅެއް ބޭނުންވެގެން އުޅުނު އަޑެއް، އެބުނާކުދިންކޮޅެއް މިހާރު ލިބުނީކަމަށް ވެދާނެނު!

  20. ކޭ

    ފުލުހުން ކުރިމައްޗަށް އަރާ އަވަގުރާނަ ގޮވިޔަސް އެމީހުން ތިބެންޖެހެނީ ބުދުތަކެއްހެން އެހެންވީމަ ދާނެހިސާބަށް ގޮސްމިއޮތީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގަ ފުލުހުން މިހާ ނިކަމެތިވާކަށް ނުޖެހޭނެ.

  21. ސަމީރު

    މައްސަލަ އަކީ މާބޮޑައް ގޭންގް އޭކިޔައި އެވެރިން ބޮޑުކުރަނީ ގޭންގް ގުރޫޕުތަކައް ޓާފްދަނޑުތަކާއި ހާއްސަ ޕާކިންތަކާއި އަދި އެހެނިހެން ކަންކަން ފައިކޮއްދީ އާމްދަނީ ލިބޭ ކަންކަންވެސް ހަމަޖައްސައިދެނީ ސިޓީކައުއުންސިލުންވެސް ބެލެހެއްޓޭނެ ކަހަލަ ކަންކަން އެވެރިްނާ ހަވާލުކޮއް އެވެރިން އެކަން އާމްދަނީ ލިބޭގޮތައްބޭނުން ކުރަނީ މާދޫދީ އެމޙުން މިހާރު ރަސްކަންކުރަނީ މީވާގޮތަކީ އެމީހުންގެ ބޭނުންވެސް އިސް ބަޔަކު ހިފަނީ

  22. ސަމްކުޅިބޭ

    ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދަން މީހަކު އުޅުނު.