ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމް ހަވާލުކުރެއްވި އެއް މިލިނަށްވާ ދިވެހި ރުފިޔާ ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްއާ ހަވާލުކުރި ކަމަށާއި ވަކިވަކިން ކޮންމެ ނޫޓެއް ނުގުނާ ކަމަށް ކޯޓުގައި މިއަދު ހެކިބަސްދިން މީހަކު ބުނެފިއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅިގެން މިއަދު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން އެކަކީ އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ބުނީ އޭނާއަކީ ރައީސް ޔާމީން ހަވާލުކުރި އެއް މިލިއަނަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމްއާ ހަވާލުކުރި މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރުމުން ޔޫސުފް ނައީމް އެ ފައިސާ ލިބިވަޑައިގަތް ކަމުގެ ލިޔުމުގައި ވަގުތުން ސޮއި ކުރި ކަމަށް ބުންޏެވެ. މި ފައިސާ ހަވާލުކުރީ ކަޅު ދަބަހެއްގައި ކަމަށާއި އެފައިސާ އުފުލީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާ އެއްކޮށް ކަމަށް ބުންޏެވެ.

ރައީސް ޔާމީން ހަވާލުކުރި ފައިސާތައް ޔޫސުފް ނައީމާ ހަވާލުކުރީ އޭނާގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ކަމަށާއި އެ ފައިސާ ގެންދިއުމުގެ ކުރިން ދޫވެހީގައި ތިބެގެން އެ ފައިސާ ގުނީވެސް އެ ދެމީހުން ކަމަށް އޭނާ ބުންޏެވެ. އެ ފައިސާ ހުރީ 50000 ގެ ފައްސަތޭކައިގެ ބޮނޑިތައް ކަމަށާއި ހަމަ އެކަނި ގުނީ އެންމެ ބޮނޑިއެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ވަކިވަކިން ހުރިހާ ބޮނޑިއެއް ނުގުނާ ކަމަށެވެ.

އެ ފައިސާ އެ އަދަދަށް ހުރި ކަން ކަށަވަރުކުރީ އެއް ބޮނޑި ގުނާފައި ދެން ހުރި ބޮނޑިތަކުގައި ވެސް އެވަރު ހުންނާނެ ކަމަށް ގަބޫލުކޮށްގެން ކަމަށް އޭނާ ބުންޏެވެ. އަދި އެ ފައިސާ ހަމަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އޭގައި ހުންނާނީ އެވަރު ކަމަށް ގަބޫލު ކުރީ ވެސް އޭނާ ބުންޏެވެ.

ޔޫސުފް ނައީމް އޭނާ ދަންނަނީ ކުރިން މެމްބަރުކަން ކުރެއްވި މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި ދެ ފަހަރެއްގެ މަތިން އޭނާއާ ބައްދަލުވެފައިވާކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ. އޭނާ ބުނީ ރައީސް ޔާމީން ވިދާޅުވެގެން ބައެއް މީހުން އަތުން ފައިސާ ގެނައުމާއި ބައެއް މީހުންނާ ފައިސާ ރައްދުކުރުމާއި އަދި ބޭންކްގެ މުއާމަލާތްތައް ހިންގާފައިވާނެ ކަމަށެވެ.

އަބްދުﷲ ރަޝީދު ހަނދާން ނެތް ބައެއް ކަންކަން:

  • - ފައިސާތަކުގެ ތެރޭގައި އޮތީ ކިތައް ބޮނޑިކަމެއް ހަނދާނެ ނެތް.
  • - ޔޫސުފް ނައީމްގޭގެ ނަން ހަނދާނެއް ނެތް.
  • - ފައިސާ ހަވާލުކުރަން ދިޔައިރު ޔޫސުފް ނައީމް ދިރިއުޅުނީ އޭގެ ކޮން ފްލޯއެއްކަމެއް ހަނދާނެއް ނެތް.
  • - ފައިސާ ހަވާލުކުރީ ޔޫސުފް ނައީމުގެ ގޭގެ ކޮންތާކުން ކަމެއް ހަނދާނެތް ނެތް.
  • - ދޫވެއްސަށް ވަތްއިރު ދޮރުހުޅުވީ ކާކުކަމެއް ހަނދާނެއް ނެތް.
  • - ޔާމިންގެ ގޭގެ ސިޓިންރޫމްގެ ސައިޒް ބޮޑުކަން ނުވަތަ ކުޑަކަން ބުނާކަށް ނޭނގެ.
  • - ރައީސް ޔާމީން ދެެއްވި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރީ ދުވަހެއް ހަނދާނެއް ނެތް.
  • - އެފައިސާ ހަވާލުކުރަން ރައީސް ޔާމީން އޭނައަށް ގުޅުއްވީ ރޭގަނޑުކަމެއްް ދުވާލުކަމެއް ހަނދާނެއް ނެތް.
  • - ގުޅުއްވީ ކޮން ޒަރިއްޔާއަކުންކަމެއް ނޭނގެ.
  • - ފައިސާ ގުނީ ކޮޅަށް ހުރެގެން ކަމެއް އިށީނދެ އިނދެގެން ކަމެއް ހަނދާނެއް ނެތް.
  • - ރައީސް ޔާމީން ވިދާޅުވެގެން އެއަހަރު އެހެން މީހުންނާ ހަވާލުކުރި ފައިސާ ހަނދާނެއް ނެތް.

އަބްދުﷲ ރަޝީދަކީ އޭރު ރައީސުލް ޖުމްހޫރިއްޔާގެ ޕާސަނަލް އެސިސްޓެންޓެއް ނުވަތަ ފައިނޭޝަލް މޭނެޖަރެއް ނުވަތަ އެކައުންޓެންޓެއް ތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނީ އޭނާއަކީ އެއިންވެސް މަގާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ނަރީޝްވެސް ވަނީ ހެއްކެތް ގޮތުގައި ހާޒިރުކޮށް ހެކިބަސް ނަގައިފައެވެ. އޭނާވެސް ވިދާޅުވެފައިވަނީ ރައީސް ޔާމީން ހަވާލުކުރެއްވި އެއް މިލިއަނަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށެވެ. އަދި އެފައިސާ ދޫވެހީގައި ތިބެގެން އަތުން ގުނި ކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ވ.އާރަށް ކުއްޔަށް ދިނުމުގައި ޔޫސުފް ނައީމް އަތުން ރިޝްވަތު ނެންގެވި ކަމަށްބުނެ ރައީސް ރައީސް ޔަމީނަށްކުރާ މި ދައުވާ ކުރިއަށްގެންދަނީ ރިޝްވަތު ގަބޫލުކުރިކަމަށްބުނެ ޔޫސުފްނައީމްއަށްވެސް ކުރާ ދައުވާއާ އެއްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހްމަދު

    ޢަބްދުﷲ ރަޝީދު ހަދާނެތްކަންކަމުގެ ލިސްޓްކިޔުންތެރިންނާ ހިސާބައްގެނެސްދިންއިރު ކީއްވެތޯ ޒިއަތުހަދާންނެތް ކަންކަންގެނެސްނުދެއްވީ އަޅެތިބޭފުޅުންގެ ރިކޯޑުގައިހުރިއްޔާ އެލިސްޓްވެސް ހިއްސާކޮށްލަދެއްވަފާނަންތޯ

    34
    4
    • ތާރާ

      މިގައުމުގެ ފަނޑިޔާރު ގެތަކަކީ ސަދޫމުގެ ފަޑިޔާރުގެތަކަށް ވެފަ މިވަނީ މުރުތައްދުވެފާވާމީހުނާ ފާސިގުންންނާ ލާދިނީ މީހުންގެ ދޮގުހުވާތަށް މިގައުމުގެ ކޯޓުތަކުގަ ސައްހަވާނީ އިމުރާނަކީ އޭގެ އެއްފާސިގު ޒިޔތާ އަދީބަކީ 2މުޖުރިމުން ވަގުން ގައުމުދަވާލައިގެންތިބި 2 ފާސިގުން ސަރުއީކޯޓުން ޖަލަށް ހުކުން އިއްވާފަތިބި ގައްދާރުން މިމީހުންގެ ހެކިބަހެއް އިސްލާމްދީނާ ﷲ ވޮޑިގެންވަކަމާ ނަރަކަޔާ ސުވަރުގެ ވާކަން އިނގޭ ފަނޑިޔާރަކު ގަބޫލެއް ނުކުރާނެ

  2. އާދަނު

    ފައިސާ ހަވާލުކުރިކަން ހަނދާން އެބަހުރި. އެހެން އެއްވެސް ކަމެއް ހަނދާނެއް ނެތް. ޔާރައްބީ. މީ ކޮންފަދަ ހެކިވެރީންނެއް. ﷲ ގެ ކަލާންފުޅުގަ އަތްލައިގެން ހުރެ ހެޔޮވާނެތަ. ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.

    25
    4
  3. މަޓޭ

    ތިހާ ހަނދާން ބަލި މީހެއްގެ ހެކި ސައްހަވާނެތޯ މިހާރު ސުވާޕު އުފެދޭ!!

    22
    9
    • ގަޓޭ

      ފާސިގުންގެ ހެކިބަސް ސައްހަ ވާނެތޯ ސުވާލެއް ނުއުފޭދޭދޯ؟

      21
      1
  4. ސަމްކުޅިބޭ

    ހެކި ނެގުންވެސް މިހާރު މިއޮންނަނީ މާ އާވައްތަރަކަށް. ދައުލަތުން ސުވާލުކުރަންވީ އެފައިސާ ހަވާލުކުރިއިރު ހުރީ ޖަނގިޔާ ލައިގެންތޯ؟ ދޫވެއްސަށްދިޔައިރު އެގޭ ދޮރުގެ ތަޅު ހުޅުވީ ތަޅުދަނޑި އަކުންތޯ؟ ދޮރު ހުޅުވީ ކިތައް ޑިގްރީ އަށްތޯ؟ މިގޮތަށް ހިތައް އެރިހާ ސުވާލެއް ކުރަން ފަނޑިޔާރު ފުރުޞޮތުދެންޏާ ހޯދަން އުޅެނީ ކޮން ހެއްކެއް ކަމެއްނޭގެ.

    23
    8
  5. ޞައްދާމު

    ނަރީޝް ގުނި ފައިސާ ޔޫސުފް ނަޢީމާ ޙަވާލުކުރީ ދޫވެހީގައި. ހަމަ އެފައިސާ ނަރީޝާއިއެކު ޢަބުﷲ ރަޝީދު ޔޫސުފް ނަޢީމާ ޙަވާލު ކުރީ ޔޫސުފު ނަޢީމްގެ ގޭގައި.

    12
    4
  6. ރާކަނި ސައްތާރު

    ކޮބާ ލަވަ އަލީގެ ބަހެއް މިކަމުގައި

    5
    1
  7. ޢިންޖިނިއަރ އެޑިލް

    މިއީ ސާންތި އާއެކު އުޅޭ ފާތުމަގެ ބޯއީ ދަލާސްޓް ތަ

    2
    2
  8. އަލި ދީދީ

    ގިޓާ ރަމީޒު ގެ ބަހަކީ ކޮބާ

  9. އަވަށުމީހުން

    ގަރައިތަ އެއްނުތީ

  10. ހަލަބޮލި ލޯބިން

    ކޮބާތަ ވަސްވާސް މިހިތް ކުރުވީ އަލީ؟؟ ސޭ ސަމްްތިން