ސިވިލް ކޯޓުގެ ގާޒީ ކަމަށް 17 ބޭފުޅަކު ކުރިމަތިލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވަނީ ސިވިލް ކޯޓަށް ދެ ގާޒީއަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް ހަމާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ފިރިހެނުންނާއި 4 އަންހެނުނަށެވެ. އެއީ:

1. ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ

2. ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ.މާލެ

3. މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ

4. ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ

5. ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ

6. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ

7. އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ

8. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް

9. ޢަބްދުﷲ އިޙްސާން / ސައިފަތްމާގެ، ސ.ހިތަދޫ

10. ފަތުޙުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ.މާވަށް

11. ފައިޞަލް އާދަމް / ދެތަނޑިމާގެ، ހދ.ފިނޭ

12. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި

13. މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ.ދިއްދޫ

14. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ

15. އާމިނަތު ޒިދުނާ / ހުޅުމާލެ. ގޯތި 10654 ގެ އޭ-01 ފްލެޓް

16. ޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ

17. އާމިނަތު ރައިޝަމް / ނިއުފްލާވަރ، ގއ.ގެމަނަފުށި

ސިވިލް ކޯޓުން ވަނީ މިދިޔަ މަހުގެ 15 ދުވަހުވެސް ސިވިލްކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލާފައި އެވެ. އެފަހަރު 8 މީހަކު އެމަގާމަށް ކުރިމަތިލާފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަމުގައި ކުރިން ހުންނެވި އަބްދުالله އަލީ ވަނީ ރިޓަޔާ ކުރައްވައިފައެވެ.