ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި އެއްކޮށްލި ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އެންގި އެންގުން ހުއްޓުވަން ސިވިލް ކޯޓުން އަމުރެއް ނެރެ ނުދޭން ނިންމައިފިއެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން 4 ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ ކަމުގެ ރިޕޯޓެއް އާރބަންކޯއަށް ލިބުނީ މިދިޔަ މަހުގެ ކުރީ ކޮޅުގައެވެ.

މިއާއެކު އެ ދެ ފްލެޓްގެ ވެރިން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި މިކަން އިސްލާހުކޮށް، ފުލެޓު ހަވާލުކުރެވުނުއިރު ހުރިގޮތަށް އިޔާދަ ކުރުމަށް، ފުލެޓުތަކުގެ ވެރިފަރާތްތަކަށް އަރބަންކޯއިން ވަނީ އަންގާފައެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ އާއި އެތަން ކުރިން ހުރި ގޮތަށް ހަދަން ދިން މުއްދަތުގައި އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ. އެހެންވެ އަރބަންކޯއިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެއްބަސްވުން ބާތިލްކޮށް އެ ދެ ފްލެޓް ހުސްކުރުމަށް އަންގައިފައެވެ.

އެހެން ނަމަވެސް އެ ދެ ފްލެޓުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެ ދެ އެޕާޓްމަންޓް ހުސްކުރަން އެންގި އެންގުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދިފައެވެ.

އެ މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެކަން ހިނގި ގޮތަށް ބަލާއިރު، ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.

އަދި އެ އަމުރަށް އެދިފައިވަނީ ހިޔާ ފްލެޓް އެއްބަސްވުމާއި އެއްމެދު އިމާރާތުގެ ގާނޫނާ އެނގި ހުރެ ހިލާފަށް ކަންކަން ކުރުމަށްފަހު ކަމަށްވާތީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އެ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ކުލި ނުދީ އުޅޭ މީހުން ވެސް ބޭރުކޮށްލަންވީ. ގަވާއިދާ ޚިލާފަށް އެޕާޓްމަންޓްތައް ލިބިފައިވާ މީހުން ވެސް ބޭރުކޮށްލަންވީ. އެ އެންމެންނަކީ ވެސް އެއްބަސްވުމާ ޚިލާފުވެފައިވާ ބަޔެއް. ފިޔަވަޅު އަޅަންވީ ހަމައެކަނި ވަކި ބަޔަކަށެއް ނޫން.

    9
    1
  2. Anonymous

    ޜަގަޅު ހަމަ. މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ

    7
    1
  3. ޙަސަން

    މިހާރުން މިހާރަށް އެތަން އަތުލުމަށް ގޮވާލަން އެތަށް ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއްގައި ބޭނުންގޮތަކަށް އުޅުމުގެފުރުސަތު އޮވެގެން ނުވާނެ

    9
    2
  4. ޜައްޔިތުމީހާ

    ހުޅުމާލޭގަ އެކިސަރަހައްދުތަކުގަ ގަވާއިދާހިލާފައް ވީޔަފާރިކުތާ އެތަކެއްބައެއް އުޅޭ އެޗްޑީސީއައް އެމީހުނާދޭތެރޭ ފިޔަވަޅެއްނޭޅޭ ނޫސްވެރިން އަމިއްލަ ދިރާސާއެއްކޮއލުމް މުހިންމު

  5. މާނު

    ބަލަތީ އަމިއްލަ ގެދޮރުތަ ބޭނުންހާ ބަދަލުގެއްނަނީ ފައިން ކުރިލާރި ދައްކާ ހުރިގޮތައް ހެދިނަމަ ނިމުނީ ނުން ކަޑުކޮހީ ވަރައް ބޮޑައްވެޟް ކުޅަނދު މަދީ ކޮންބައެއް ކަން ނޭނގުނު ބޭރު ކޮއްލާ ސައިޒް ކުރޭ