މ. މުލި އެއާޕޯޓު ތަރައްގީގެ ކުރުމުގެ މަސައްކަތުގެ ދަށުން ފަޔަރ ބިލްޑިން ޕްލާސްޓްރ އެޅުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ މުލީ އެއާޕޯޓުގެ ދަށުން ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 އިންސައްތަ ނިންމާލެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުލީ މީހެއް

    ތީ ވަރަށް ބޮޑު ދޮގެއް. އަޅުގަނޑުމެންނަށް އަދި ފެންނަންހުރީ ހަދަންފަށާފައި ހުރި ފަޔަރ ހައުސްއެއް އެކަނި...
    2 ހައިމާކުފެނޭ ހިއްކާފައި އޮތްތަނުން ވެލިނަގައިގެންގޮސް ރަންވޭހިއްކަންށޭ ކިޔާފަ ވެލިއަޅަން އިރުވައިފަރާތަށް ވެލި އަޅާތަން.
    އިތުރުކަމެއްނެތް ވެފައެއް--- ދުވެލި ހުރީ ބަރަވެލި ސްޕީޑްގަ.

  2. ޝްރެ

    ފެންނަ ފެނުމަށް މީ ހުސް ދޮގު ،،