މ. މުލީގެ އާބާދީ އިތުރު ކުރުމަށް އެހެން ރަށްރަށު މީހުންގެ ތެރެއިން އެރަށަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ގޯތި ދޫކުރަން ނިންމައިފިއެެވެ.

އެރަށު ކައުންސިލް އިން ކުރި އިއުލާނެއްގައި ވަނީ، އެރަށުގައި ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގަބުރުސްތާނުގެ ދެކުނުން ފަސް ގޯއްޗާއި ރަށުގެ އިރުވައިފަރާތު ބިމުން 130 ގޯއްޗެވެ.

އެރަށުން ޖުމްލަ 2000 އަކަފޫޓްގެ 135 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި، އެރަށުން ދޫކުރެވޭ ގޯތި ތަކުގެ ތެރެއިން 125 ގޯތި ހާއްސަ ކޮށްފައި ވަނީ އެރަށުގެ ރައްޔިތުންނާއި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށެވެ އަދި 10 ގޯތި ހާއްސަކޮށްފައި ވަނީ އެރަށުގެ އާބާދީ އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެކަމަށް ހާއްސަ ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިނގެޔޭ

    މިހާރުދެން ކޮންމެ ރަށަކުން ގޯތި/ފްލެޓް ދޫކުރިޔަސް ރަށުން ބޭރު މީހުނަށް ހުޅުވާލާނެ….ބޭނުމަކީ މާލޭން ވެސް އެހެންހަދާށޭ ބުނުން….ހެ ހެ ކުޅަނދޭމެން އުޅޭގޮތް ދޯ……

    5
    6
  2. ނޫސްކިޔާ މީހާ

    ގޯތި ދިނުމަށްވުރެ ރަގަނޅުވާނެދޯ އަޙްލާގު ރަގަނޅު ދީންވެރި އަންހެންކަބަލުންގެ ކާވެއްޏަށް ހުށަހަޅަށްވީ ސަރުތަކީ މ . މުލީގާ ދިރިއުޅުމަށް އޭރުން ދަރިފަސްކޮޅުގިނަވާނެ މިގޮތް އޯކޭތޯ

    12
    1
  3. ބޯދިގުޒައީމް

    އެމްޑީޕީސަރުކާރުން މުހިއްމުސަރައްދުތައްބަލާ އަބަދުވެސް ތިކަންކުރޭ ދައުރުނިމޭއިރުމިއެގެނީ އެބޮޑުންގެ ބޭނުމައްކުރާކަމެއްކަން ލއަތޮޅު އައްޑު އަތޮޅު މާލެކާރިން ތުލުސްދޫ މާފުށިން ފެއްނާނެ އިތިރުކުރިއާބާދީ އިތުރުވިގޯތިތައް އެއްމެފުރަތަމަ ދޭނީވެސް ސިފައިން ފުލުހުންގެ ސ ވެރިންނައް އޭރުންއެކަމެއްނުބެލޭނީ މިހާރުވެސް ތިބޭފުޅުން ބެލީމަފެއްނާނެ

    • Anonymous

      ސަރުކާރުން މީހުންނާ އިންނަންވެސް އެލަވެސްއެއް ދޭންފެނޭ.

  4. ހަސަނު

    ގޯތިދިނީމަ އާބާދީ އިތުރުވޭތަ؟؟މަހީކުރީ ވހެއީމަކަމަށް
    އާބާދީއިތުރުވަނީ؟؟ނޭންގުނެއްނު..
    އަހަރުދެކޮޅުވިހާމިހުނަށް ސޯލިހުގެ ހަދިޔާދޭން ބުނެބަލަ...އެންމެން ވިހަންފަށްޓާނެ..ހޯދާ ކޮންމެ ދަރިޔަކަށް އެލަވަންސްދޭވޮތަށް ފާސްކޮށްބަލަ..އިތުރުވާކަހަލަ ވާހަކައެއްނުދެކެވޭ އަދިވެސް..

  5. އަލީ

    އިންޑިއާ މީހުން ތިބެނީ ކޮންތާކު ތިޔަރަށުގައި؟