ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތުލުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާ ކަަމަށެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި އެ މީހާއަކީ މުސްލިމަކަށް ވާން ޖެހޭއިރު، ސުންނަތް ޖަމާއަތުގެ މީހެއް ކަމަށް ވާން ޖެހޭނެއެވެ. އަދި ބުއްދި ހަމައަށް ހުރި މީހަކަށްވުމާއެކު އެންމެ ދަށްވެގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަގާމް ޝަރުތު ހަމަވާ މީހަކަށް ވާން ވާނެ ކަމަށް ބުނެފައި ވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 ސެޕްޓެމްބަރުގެ 12ގެ ކުރިންނެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުރި މުހައްމަދު ހަލީމް ވަކިކުރުމާއި ގުޅިގެންނެވެ.

މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޯބަރު 31، 2013 ގައި އުފެއްދީއްސުރެ ވަކި ކުރަންދެން އެ މަގާމުގައި ހުންނެވީ ހަލީމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ނަމަނަމަ މޫނުއަޅައިގެން ނުދާތި

    • މުހައްމަދު އަންޖުމް

      މިކަމަށް ކުރިމަތިލާންވީ އޭރަކުއޮންނަ ސިޔާސީ ކުލައެއްގެމީހެއް ނޫނީ ކުރިނަވެސް ވީހެންވާނީ މިވެސްގައުމުގަ ފައިސާގިނަކަމުން ލާރިބަހަން ހަދައިގެން އުޅޭ މަގާމެއް އިތުރު އެއްވެސްކަމެއް ކުރާކަށްނޫން

  2. ބުރިޖު

    އެ މީހާއަކީ މުސްލިމަކަށް ވާން ޖެހޭއިރު، ސުންނަތް ޖަމާއަތުގެ މީހެއް ކަމަށް ވާން ޖެހޭނެއެވެ ވަޓް އެ ޖޯކް، އެ ގޮތައް ހުރި މީހަކާ އިންޓަވިއު ޕެނަލުން ކުރާނީ މުޅިންވެސް އެހެނިހެން ސުވާލު ، ކަށިހުރީ ކިހިނެތްތޯ މީކޮންފިކުރެއްގެ މީހެއް ތޯ ބަލަން. އަދި އަމުދުން ވަޒީފާއަށް ކުފޫހަމަވިޔަސް ނުވެސް ދޭނެ، ހީވޭތަ ކަމެއްހެން

  3. Anonymous

    ތި މީހަކު ވާންޖެހޭނެ ބަރާބަރަށް ޔޯގާ ހަދާ މީހަކަށް އޭރުން ހޮވޭނެ ޔަގީން

  4. ސުހޭލް

    ޗަބީ ކަންނޭނގެ މިފަހަރު އޭނާއަކީ ބޮޑީ ގާޑެކޯ ބުނަނީ