ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް 'ކޮމާންޑް އެންޑް ކޮންޓްރޯލް' އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަމަށާއި، އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ހިތްވަރުގަދަ ސިފައިންވެސް، އެންމެ މުޤައްދަސް ވާޖިބެއް ކަމުގައި ދެކޭނީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް ރައްކާތެރިކުރުންކަން އެމަނިކުފާނަށް ޔަޤީންވާ ކަމަށެވެ. "ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް. އެހެންކަމުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، އަޅުގަނޑުމެން ދިވެހިންވެސް އަދާކުރަންޖެހޭ ދައުރެއް އެބަވޭ. މިއަދުގެ ދިވެހި ޢަސްކަރިއްޔާއިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަކަން އަޅުގަނޑު ޤަބޫލުކުރަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ރަޙްމަތްތެރި ހެޔޮއެދޭ ޤައުމުތަކުން ވެދޭ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރައްވާ ކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެމަނިކުފާނު ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް. އެ ރަޙްމަތްތެރިކަމުގެ ތަރަހައަކީ އިޙްތިރާމާއި އިތުބާރާއި ޔަޤީންކަން. ސިޔާސީ ގުޅުންތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއަށް ލިބެނީ އިޙްތިރާމާއި ޤަދަރު. އިތުރަށް ކަށަވަރުވަމުން ދަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި، އެ ޤައުމުތަކުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާ އެވެ. ދިވެހިންގެ ނަޞްރާއި ނަޞީބާއި ކާމިޔާބުގެ ރަމްޒަކީ ހިތްވަރުގަދަ ދިވެހި ސިފައިން ކަމަށާއި ދިވެހި ކޮންމެ ފަރުދަކުވެސް، ދިވެހި ޢަސްކަރިއްޔާއަށް އެދެނީ ކުރިއެރުމާއި ކާމިޔާބީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަންނީ ގޮތުންނާއި ޢަސްކަރީ ޤާބިލުކަމުގެ ގޮތުން ދިވެހި ޢަސްކަރިއްޔާ ޒަމާނީކުރުމަށް، މިދިޔަ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ރޮނގުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދުދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ކުރައްވާ ބުރަ މަސައްކަތްތައް ވަރަށް ގާތުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ލޯބިވާ ވަޠަން

    މޮޔަ ވީތަ؟ ކަލޭ އޮތީ އިންޑިއާ އަށް ކޮމާންޑް އެންޑް ކޮންޓްރޯލް ވިއްކާފަ. ކޮން ކޮމާންޑެކޭ ކޮންޓްރޯލެކޭ ދެން ތި ކިޔަނީ؟

    34
    1
  2. ދަރަނި ދަންތުރަ

    އަސްކަރިއްޔާ ކުރިއަރާދިޔަ މިންވަރަކީ އަސްކަރިއްޔާގެ ބޭބޭ ފުޅުން ވެސް މޯކުޅި ކުޅުއްވާ އެއްވަނަ ދަރަޖައިގައި ފާސްވެ އެވޯޑު ހާސިލްކުރުން ، ހާރުޖީ ސިޔާސަތު ދިޔާވި މިންވަރަކީ ވިލި ގިނލީ ފަރުގައި އަންޑަރ ވޯޓަރ ހޮހޮޅަ ތަކެއް އެފްކޮންއިން ބިނާކުރުން ސާބަހޭ ސޯލިބޭ

    34
  3. ތަރި

    ރައީސް ސޯލިހު ގެ ސަރުކާރުން ގެންނަ ތަރައްޤީ ފެންނާނީ ވިސްނައި ފިކުރުކުރާބަޔަކަށް، ބޮޑެތި އިމާރާތްތަކާއި ބުރިޖު ނޭޅިއަސް އެ މަނިކުފާނުގެ ވެރިކަމުގެ ފޮނި މީރު އެތައް ރައްޔަތުންނަށް ވަނީ ލިބިފަ. ފްރީ ޑިގްރީ، ޓީޗަރުން ގެ މުސާރަ، އަދި ސްޓިޕްއެންޑުގެ ލިބިގެން އެތައް ދަރިވަރަކު އެދަނީ ތައުލީމު ހާސިލުކުރަމުން. ޔާމީނު ސަރުކާރުން މޫނުބުރުގާ އެޅި ކަނބަލުން ވަޒީފާއިން ވަކިކުރީ، މިހާރު ރާއްޖޭގެ އެކިކަންކިޅުތަކުގަ އެ ކަނބަލުން އެދަނީ ވަޒީފާއަދާކުރަމުން، ވަޒީފާ އިތުރުވެއްޖެ، ދެން އެންމެ އަވަހަށް އެ މަނިކުފާނު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރަށްރަށުން ފަޅުގޯތި ނަގައި ދޫކުރާނީ ގޯތި، މިވަރުގެ ރައީސަކު ދެންވެސް ނުހޮވަންވީ ސަބަބެއް އެބަ އޮތްތޯ

    3
    14
    • Anonymous

      ހާދަ ސަކާސްޓިކް ކޮމެންޓަކާ ވައްތަރޭ

  4. Anonymous

    އެކަމަކު އަދިވެސް ހަދިޔާ ފޮށި ނުލިބޭ،މިހާރު ދެދަރި ވިހައިފިން އެ ފޮށި ލިބޭތޯ

    10
    • ހުސޭނުބޭ

      ކެތްތެރިވެބަލަ. ކަލޭ ކިތަންމެވަރަކަށް ވިހެޔަސް ހަދިޔާފޮށި ދެވޭނީ ސޯލިބޭ ހަދިޔާ ފޮށި ވިހެއީމާ. ހަދިޔާ ފޮއްޓެއް ވިހަން ބަނޑުބޮޑުވާނެތޯ ސޯލިބެ ވަނީ ދާދި ފަހަކުން ޓެސްޓްތަކެއް ހައްދާފައި. އަލަމްގިރި ލައްވާ!

      • Anonymous

        އެދޮގެކޭ މަށެއް ނޫނޭ ވިހެއީކީ އެކަމު މިއުޅޭ އަންހެން ވެރިން އެބަ ވިހާ ހަދިޔާފޮށިލިބެޔޯ ކިޔާފަ

  5. ހަގީގަތް

    ރާއްޖޭގެ ކޮމާންޑް އެންޑް ކޮންޓްރޯލް
    "އޮނަންވާނީ"
    އެހެންބުނި އިރުވެސް އިނގޭ ނެތީމަކަން އެހެންތި ބުނީ ރަނގަޅު ވާހަކައެއް

    10
  6. ޙުސެންބެ

    ޢެއީ ވަރައްބޮޑު ތެދެއްފަހުވަގުތު ޖެނެރަލުންގެ ބޮލައްކަނޑާލާނީ އެއިރު އޮންނާނީ ވާނެ އެތިވެފަ ނަމަވެސް ނަމަވެސް ޖެނެރަލުން ތިބޭނީ މުއްސަނދިވެފަ މީކަންނޭގެ ވާނެގޮތަކީ..،،

  7. މުހައްމަދު އަންޖުމް

    ހޭބުއްދި ފިލާފަތަ ތިޔަހުރީ ތިޔަކަން އިނގޭއިރު މުޅިގައުމު އިންޑިޔާގެ އުނގުތެރެއަށް ވައްޓާލީ ތިޔަ ޕޯޑިއަމްމަތީ ހުންނައިރު ދައްކާނެ ކިތަންމެ ވާހަކައެއް ހުންނާނެ ނަމަވެސް ނަމަވެސް އަމިއްލަ ނާގާބިލްކަން ހުރިވަރު އެހެންމީހުނަށް ދެއްކީމާ 2023 ލިބޭނެތަ ނޯ ހަމަހިލާ އެހެނެއް ނުވާނެ ދެވަނަފަހަރަށް ނޯވޭ އޯކޭ

    10
  8. ކޮރު އިބިލީސް

    އެބާރު ގެއްލުނީވެސް މިވެރިކަމުގައި

    10
  9. ޠމ

    ތިބުނާ އެއްޗެއް ނެތެއްނު މިހާރަކު

    10
  10. ހޭބައްޔެއްނު

    ލަދެއް ހަޔާތެއް ނެތް މަރުމޯލެއް މިހުރީ. ވެރިކަމަށް އައީވެސް ގައުމު ވިއްކާފަ. ކޮމާންޑް އެންޑް ކޮންޓްރޯލް ހުރިވަރު ފެނުނެއްނު އިންޑިޔާއަށް ދަމާ ކޫއްތާފަ ގެންގޮސް ބަކަރި ބަލަހައްޓާ ސްޓޭޓް މިނިސްޓަރަކު ލައްވާ ވެލްކަމް ކީމަވެސް. ކޮންޓްރޯލް އޮތްވަރަކީ ޒިނޭގެ ތުހުމަތު ކުރިމީހާޔާވެސް ހީސަމާސާކޮށް އުޅެން މަޖުބޫރު ވެފަ. ތިޔޮތީވާ ވައްތަރެއްގެ ކޮންޓްރޯލެއް.

  11. ނަޒީ

    ކޮންމެވެސްމީހަކު ބުނާށޭބުނިއެއްޗެއް ބުނެލީ ދޯ؟ ކޮމާންޑް އެނޑް ކޮންޓްރޯލް ގެ މާނަ އަހާބަލަ!

  12. Anonymous

    ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށްޓަކައި ﷲ ލައްވާފައިވާ ކަންޑު އަޑީގެ ހަޒާނާގެ މަޢުލޫމާތު ބޭރުގެ މުސްތަޢުމަރުން ދިރާސާއަކުން ވިޔަސް ޖާސޫސު ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން !