މިދިޔަ އާދީއްތަ ދުވަހު ހިޔާ ފްލެޓުގެ ހަތަރުވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓުން މަގުމައްޗަށް އެއްޗެހި އުކި އަންހެން މީހާ، އަނެއްކާވެސް، އެ ޓަވަރުގައި ހުރި ލިފްޓްގެ ލޮބީއަށް އެއްޗެހި ތަކެއް އުކައިފިއެވެ.

މިރޭ އަންހެން މީހާ ލިފްޓްގެ ލޮބީގެ ތެރެއަށް އެއްޗެހި އުކަމުންދިޔަ މަންޒަރު ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން މިހާރު އަންހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިރޭ ހިނގި ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މިދިޔަ އާދިއްތަ ދުވަހުވެސް އެ އަންހެން މީހާ ވަނީ އޭނާ ދިރިއުޅޭ ހިޔާ ފްލެޓްގެ އެޕާޓްމަންޓް މަތިން ބަދިގޭގައި ގެންގުޅޭ ސާމާނާއި ގޭގައި ހިފައި ގެންގުޅޭ ސާމާނުތަކެއް ތިރިއަށް އުކާލާފައެވެ. އޭނާ ބޭރަށް އުކާލި ތަކެތިން ޖެހި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފައެވެ.

އެމައްސަލަ އާއި ގުޅިގެން ވެސް ފުލުހުން ތަފްސީލް މައުލޫމާތެއް ނުދެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑޮކްޓަރ ނަޑަރޭ

    ސިޒޮފްރޭނިއާ ހުންނަ މީހުން ހިފާގެންގުޅޭ ތަކެތި އުކާނެ . އޭގެ ތެރޭގައި ލައިގެން ހުންނަ ހެދުން ވީދާމީހުންވެސް އުޅޭ ސަބަބަކީ ސިކުނޑީގަ އުފެދިގެން އުޅޭ ޚިޔާލީ މީހުން އެގޮތަށް ކަން ކުރުމަށް އަމުރުކުރަނީ. ވިޒުއަލް ހެލޫަސިނޭޓްވަނީ . ހެލޯ ޕެރަޑޯލް 5 މިލިގްރާމް 3 މަސް ދުވަސް ވަންދެން ދޭންވީ އެއަށްފަހު ރިވިއު ކޮށްފަ ބޭހަށް ބަދަލެއް ގެންނަން ޖެހެންޏާ އެނގޭނެ

    7
    2
  2. އާތި

    މަވެސް ކިރިޔާ ސަލާމަތްވީ ،މިކަހަލަ މީހުންނަށް އުސޫލެއް ހަދާފަ ނަމަވެސް ފަރުވާދީބަލަ މިހާރު މި ވެސް ބޮޑު ވެއްޖެ ކަމެއް

  3. Anonymous

    ތީ ދެން ބަލާވެރިކަމެއްނު، ތީނަ ހައްޔަރު ކޮއްބަލަ

    7
    4
  4. ގުދުގުދާބެއްޔާ

    އެންމެ ރަގަޅުގޮތަކީ މިފަދަ މީހުންނަށް ފަރުވާދޭ ތަނަކަށް ބަދަލުކުރުން! އެހެން ނޫނީ އެހެން މީހުންނަށް ހާނިކަ ވާގޮތް ވެދާނެ!

    15
    1
  5. 😡😡😡

    މީހަކަށް އަނިޔާނުވްނީސް ގެންގޮސް ގުރައިދޫއަށްލާ

  6. ކިޔުންތެރިއެއް

    މިކަހަލަ މީހުންނަށްތަ ފުލެޓުމިލެބެނީ؟ މަތިން ފުންމާވެސްލާފާނެ.

  7. ޅަގުރާ

    އެއީ ހަތަރު ކަށިމަތި "މާލެ" ބޮޑު މޮޔައެއް. ރާއްޖެތެރޭ މީހުންނަށް އަދިވެސް ކޯސް ހިންގޭތޯ ބަލާ

  8. އަލި ރަހާ

    ކުނި އުކާ ކޯސް ކިޔަވާ ނުދޭތީ ތި މައްސަލަ ނިކުންނަނީ

  9. އަލި ރަ ހާ

    ކުނި އުކާ ކޯސް ކިޔަވާ ނުދޭތީ ތި މައްސަލަ ނިކުންނަނީ

  10. ޔާސިރު

    ދިވެހީން އާއުސްމިންތަކަށް ދެވުނީ. ބާލާނެ މީހެއް ނުވިތާ. ބަލާވެރިކަން ޓު ދަ މެކްސް.