ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ގަޑިއަށް ހާޒިރު ނުވެވުނީ މައްސަރު ކަންތައް ދިމާވުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓް އެޖެންޑާ ކޮށްފައި އޮތް ކޮމެޓީ ބައްދަލުވުން އޮތީ އެދުވަހު 11:00 ގައެވެ. ނަމަވެސް ކޮމެޓީ ބައްދަލުވުން ފެށި 11:15 ވީއިރުވެސް ކޮމެޓީގެ ބައްދަލުވުމަށް ނަހުލާ ވަޑައި ނުގަތުމުން މެންބަރުން ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ.

އެ މައްސަލައިގައި، މިއަދުގެ ކޮމިޓީއަށް ހާޒިރުވެ، ކޮމެޓީ ނިންމާލި ވަގުތު ނަހުލާ ވިދާޅުވީ ދިމާވި ހާލަތަކާ ގުޅިގެން ހާޒިރުވުން ލަސްވާނެ ވާހަކަ މަޖިލީހަށް ބުދަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ، އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެހެންވީމަ އަޅުގަނޑު ކުޑަކޮށް ވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ކޮމެޓީގެ ދެން އޮންނަ ބައްދަލުވުމަކަށް އަމުރެއް ނެރެގެން ވެސް ގަޑިއަށް ހާޒިރުވާން މިނިސްޓަރު ނަހުލާއަށް އަންގަން މުގައްރިރު އަރިހު އެދިވަޑައިގެންފައެވެ. އަދި މުގައްރިރު ވަނީ ކޮމެޓީ ބައްދަލުވުން ނިންމަވާލައްވަމުން އެކަން ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ފޯއްވަޅި އަލީ

    ނަގުލަން ދާއްޓާ!! ކެކެކެ! މީހާދަ ހަޔާތެއް ނެތް މީހެކޭދޯ!!

    97
    118
    • ހިތާމަ

      އޭގަ ލަދު ކުޑަވެފަ ކޮބާތޯ؟ ކޮންމެ އަންހެނަކަށްވެސް ވާނެ ކަމެއް އެއީ. އެންމެންނަށްވެސް އެނގޭކަމެއް އެއީ. އެއީ ލަދުވާހަކައެއްނުން

      201
      23
      • ގ

        ބަލިވުމަކީ ކުށެއް ނޫން... ލަދު ގަންނާކަށް ނުޖޭހޭނެ... ލަދު ގަންނަން ވީ ބައެއް ފިރިހެނުން އެހެރަ އުޅޭ ނުލަފާ ގޮތާމެދު

        33
        2
    • ެއެޔޯ!

      އެއީ އެއްގޮތަކަށް ވެސް ހުތުރު ވާހަކައެއް ނޫނެވެ! އެއީ ހަމަ ވިހެއީ އޭ ބުނުން ފަދަ ވާހަކަ އެކެވެ. އަނެއްކޮޅުން އެޙާލަތު ދިމާވިކަން ނަހުލާ އެބުނީ އެކަން ހާމަކުރުން ނޫން އެހެން ގޮތެއް ނެތިގެން މަޖުބޫރު ވެގެންނެވެ.

      188
      15
  2. Anonymous

    ދެން މީ ހަބަރުގައިޖަހާވަރުގެ ވާހަކައެއްތަ

    133
    19
  3. އަބޫ

    ތީވެސް ހަބަރެއްދޯ

    85
    8
  4. މުބީނު މާރނީ

    ބޯގޮވީތަ؟ މައިދަރިން ތެރޭގަ ދައްކަން ނުވާ ވާހަކަ ވެސް މީނާ އަށް ނޭންގޭ. ތިނޫނަސް އަންހެން މިނިސްޓަރުން އުޅޭ. ގަޑިޖެހުނީމަ ތިޔަގޮތަށް ވީއެކޭ ނުގޮވާ. ހަޑިހުތުރު ވާހަކަ ދައްކަން ގެޔަށްދޭ. ތިޔައީ ޝަރިއްޔަތަށް ވެސް ޤަބޫލް ކުރާނެ ޢުޒުރެއް ނޫން. ޝަރިއްޔަތަށް ޤަބޫލް ކުރާނެ ޢުޒުރު ތަކުގެ ވާހަކަ ތިޔަފަދަ ޒިންމާދާރު ވެރިން ދައްކަން ވާނީ.

    54
    102
    • ނާޒް

      ޙަަމަ އަޖައިބުވެއްޖެއިން....އަހަރެމެންގެ ތެރޭގައި އުޅޭ މިޒާތުގެ ތަންދޮރު ނުދަންނަ މީހުން އުޅޭތީ... މިނިސްޓަރ އެވިދާޅުވީ ޒިނޭކުރާ ވާހަަކަ އެއްނޫން އަދި ލިވާތު ކުޅި ކުޅޭ ވާހަކަ އެއްނޫން...އެއީ ޙާއްސަ ހާލަތެއް އަހަރެމެންގެ ދީނުގައިވެސް އަންހެނުންނަށް ލުއި ފަސޭހަކަން ދޭ ހާލަތެެއގެ ވާހަަކަ...ލަދުގަންނަން ޖެހޭ ވާހަަކަ އެއްނޫން އެއީކީ

      77
      8
      • މުބީން މާރނީ

        ތިރީގައިވާ ނާޒް އަށް. މައްސަރު ކަންތައް ޖެހިގެން ގަޑިޖެހުނިއްޔޭ ސިވިލް ކޯޓުގައި ނުވަތަ އެހެންވެސް ކޯޓެއްގައި ބުންޏަސް އެ ޢުޒުރު ބަލައިނުގަންނާނެ. ޑޮކްޓަރު ގެ ސެޓްފިކެޓްގައި ތިޔަބުނާ ޢުޒުރު އޮތަސް އެއްވެސް ކޯޓަކަށް ބަލައެއް ނުގަންނާނެ. ދެން ކޮން ބީރުބޮލު ވަޒީރެއް ހެދޭކަށް ނަޙްލާ ؟ ޤާނޫނީ ހަމަތަކުން ނަޙްލާ ވިޔަސް، ނާޒް ވިޔަސް ވާހަކަ ދައްކަންވާނީ.

        3
        8
        • ބަލާ

          ކަލެ އަކީ އެ ކޯޓުގެ ގާޒީ ތަ؟

      • ޙ

        100%

        1
        2
  5. ބީތާވެދާނެ

    ހަމަ އެއްބައެއް މިއުޅެނީ..

    32
    4
  6. ބައްބެ

    މަސްވަރު ކަންތައް ދިމާވުމުން އޮފީ ލަހުން ދެވުނަސް ގަޑި ޖެހިގެން ނުވާނެ. އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ. ހާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒިފުން.

    53
    17
    • ހުސެއިން

      އަންހެނުންނާ ފިރިހެނުން ހަމަހަމަ ކުރަންވާހަކަ ދައްކާމީހުން މިފަހަރު ހަަމަހަމަ ކުރާނީކިހިނެތްބާ!

      15
      1
  7. ނނނ

    ދެން ތެދަަށްބުންޔަސް ކަލޭމެންނަށް ސަލާމަތެއް ނެތެނުން

    65
    12
  8. މީ މުންކޮ

    އެޔަކީ ހަޔާތް ކުޑަ ވުމެއްނޫން މިނިސްޓަރ އެވިދާޅުވެލެއްވީ ސަބަބެއް ކޮންމެވެސް ސަބަބަކާ ހުރެތާ ގަޑިއަށް ހާޒިރު ނުވެވޭނީ ތަންދޮރު ބަލާ ނުލާ ކޮމެންޓް ކުރާ މިޙުން ނަށް ބުނެލަން އޮތީ ތިބޭފުޅުން ގެ އަނބިން ނަކީ ވެސް ހަމަ އެވިދާޅުވި ހާލަތް ދިމާވާނެ ބަައެކޭ

    79
    13
  9. ބޮޑު ދުފާ

    ދެން އިސްތިުފާދީ

    30
    29
  10. ކޮމެންޓު

    ފީމޭލް ކާޑު ކުޅެލީ ދޯ

    41
    24
  11. ހަގީގަތް

    ނަހުލާ ބުންޏަސް ހަގީގަތް ވާނީ ހަމަ ހަގީގަތަށް އެއީ ފިރިހެނުން ނަށް ވާކަމެއްނަމަ ހާއްސަ ޗުއްޓީއެއް ވެސް ދޭނެ..

    77
    14
  12. ޝާޑް

    އެހެން އަންހެންބޭފުޅުންވެސް މައްސަރުކަންތައްލައިގަތަސް ގަޑިނުޖެހި ވަޒީފާއައް ނިކުމޭ.

    42
    22
    • އަންހެނެއް

      މައްސަރުކަންތަކީ ހުތުރުވާހަކައެއް ނޫން. އެއީ ހުތުރު ވާހަކައެއް ކަމަށް ދެކޭ މީހުންގެ މަންމައިން، ދައްތައިން، ކޮއްކޮމެން، އަނބިން އެކަމެއް ނުވޭތޯ؟ މައްސަރުކަންތަކީ ތޮބީޢީ ކަމެއް. އަންހެނުންނަށް ޚާއްޞަކަމެއް. ބައެއް މީހުންނަކީ މައްސަރުކަންތައް ލައިގަތީމަ ވަރަށް ތަދު އިހްސާސްކުރަންޖެހޭބައެއް

      39
      4
  13. ނީޝާ

    ފޯއްވަޅި އަލީއަށް ބުނެލަން ބޭނުންވަނީ އެއީ އަދި ހަޔާތެއްނެތީކީ ނޫނޭ .ފޯއްވަޅި އަލީ ފޭސްކޮށްލިންނަމަ އެގޭނި އޭގަ ހުރި ވޭން ..އިހްތިރާމްކޮށްބަލަ އަންހެނުންނަށް މިހާރުވެސް މި ކުޑަ ދިވެހިރާއްޖޭގެ ނިސްބަތުން ގިނައީ ތައުލީމީ އަންހެނުންނޭ...ތިކަހަލަ ނާތަހުޒީބީ މީހުން ދައްކަނެ މޮޔަ ވާހަކަ

    65
    11
  14. Anonymous

    ކަލޭނުން އަނހެނަކައްވާކމެއްނުން ލަދުކުޑަ އަންހެނާ

    21
    36
    • މައި

      މައްސަރު ކަންތަކުގެ ވާހަކަ ދެއްކުމަކީ ހަޑިކަމެއް ނޫން. އެކަމަކު އެކަމާހެދި ގަޑިޖެހުމުގެ އުޒުރެއްނޫން. މައްސަރުކަމުގަ ބަނޑުގައި ރިއްސައިގެން މީޓިންއަށް ހާޒިރު ނުވެވޭނަމަ މެޑިކަލް އެކްސްކިއުސްއެއް ކަމަށް ބެލިދާނެ. މީޓިންއަށް ދެވޭވަރަށް ހާލު ރަނގަޅުނަމަ ގަޑިއަށް ދެވެންވާނެ. ނޭނގި ހުއްޓާ ލޭޖެހިގެން ހެދުން ބަދަލުކުރަން ޖެހުނު ކަމުގައިވިޔަސް ލަސްވާނެކަން ހާޒިރީންނަށް އެންގެންވާނެ. އެހެންމީހުންގެ ވަގުތުތަކެއް ބޭކާރު ކުރުމަކީ އެއްވެސް މީހަކަށް ލިބޭ ހައްގެއް ނޫން. އެހެން އަންހެން މުވައްޒަފަކު ކަމަނާ އިން މީޓިންއަކަށް ލަސްވީ ތިއުޒުރު ދައްކައިގެންނަމަ ކަމަނާވެސް އެއުޒުރު ބަލައިނުގަންނާނެ.

      19
      5
  15. ޒަމާން

    އެކަމުވެސް އަންހެނުންނާ ފިރިހެނުން ހަމަ ޔޯ

    15
    6
  16. ގުއިއްޓޭ

    ޕީރިއަޑް ވެގެން އޮފީހަށް ގަޑިޖެހިގެން އައި އަންހެނަކު މަނުދެކެން އޭގެ އެހެން ގޮތެއް އޮންނާނީ

    11
    6
  17. ސިވިލް ސާވެންޓު

    އަޅެ މެޑަމް އަޅުގަނޑުމެން މައްސަރު ކަންތައް ލައިގަތަކަސް އެކަމެއް ގަބޫލެއް ނުކުރޭ އޮފީހަކުން. ލަސްވީމަ ހަމަ ރުފިޔާ ކަނޑާ. އޮފީހުގައި އިންދާ މައްސަރު ކަންތައް ލައިގަނެގެން ތާހިރުވެލާ އެއްޗިސް ބަދަލުކޮއްލަން ގެއަށް ދާން އުޅުގެން އެކަން ވާކަހަލަ ގޮތަކަށްވެސް ނުން އޮންނަނީ އަޅުގަނޑުމެން އުޅޭ އޮފީސްތަކަކު. އަނެއްކަ ލަންޗު ބުރޭކް ގަޑިން ބޭރުން އެކަމެއްވެއްޖިއްޔާ ނިކަން އުނދަގޫ ގެއަށް ގޮސްލަންވެސް. ދެން އެކަމެއް ވެގެނޭ ކިޔައިގެން ފިރިހެން ވެރިން ކައިރީގައި ނުކިޔޭނެ ދޯ.
    ކީއްވެތަ ބޮޑު ސޯބުތަކަށް ވަކިގޮތެއް ކުޑަ ސޯބުތަކަށް ވަކިގޮތެއް މިގައުމުގައި އަދިވެސް މިއޮންނަނީ؟ ހީވާ ކަހަލަ އަދިވެސް މިއުޅެވެނީ ހަމަ 1060 ގެ ތެރޭގައޭ. އެކަމު ކަމަނާވެސް ވަނީ ޕީރިއަޑު އަހަރުމެންވެސް ވަނީ ހަމަ ޕީރިއަޑު. ތަފާތަކީ ކަމަކާ އަކީ ސޭޓު އަންހެނުންނަށް ވެފައި ނުފޫޒު ގަދަ މަގާމެއްގައި ހުރިކަން ސަރުކާރުގެ. ވައްސަލާމް!

    28
    3
  18. ނުރަބޯ

    ގަބޫލުކުރަން މަޖުބޫރުވާ ކަހަލަ ޢުޒުރެއް އެދެއްކީ. ދައްކަބަލާށޭ އަޅެ ޗެކްކުރަން މިހެން ބުނާކަށް ނުކެރޭނެތާ.

    10
    2
  19. ށަކަ

    ރާއްޖޭގައި އަންހެނުންނަށް އިހްތިރާމް ކުރމެއްނޯވޭ.
    މިއީ އެކަން ރަނގަޅުކުރަން ތިބި މީހުން އަންހެނަކަށް ރޯމާދުވާލު ކޮއްލިވަރު.

    17
    3
  20. ގާސިމް

    ތި އުޒުރު ދައްކައިގެން ބަލާބަލަ އެހެން އަންހެނުން ސަލާމަތް ވޭތޯ. ވެއްޖެއްޔާ ރަގަޅު

    13
  21. އަހައްމަދޫ

    ތިސަބަބު ބަރާބަރު. އިތުރަށް އެކަކަށް އެކައްޗެއްވެސް ދެންނުބުނެވޭނެ.

    16
    1
  22. ސުދީރު

    އެއީ އެއްގޮތަކަށްވެސް ހުތުރު ވާހަކައެއްނޫން.
    އުމުރުން ތިހާ ދުވަސްވެފައިވާއިރު މައްސަރުކަންތަށްވެސް ހަމަ ތިވިދާޅުވާހެން ކޮންމެ މަހަކުވެސް ލައިގަންނާނެ، އެހެންވިއްޔާ އެކަމަށް ހުންނާނީ ތައްޔާރުވެފައި. އަންހެނަކަށްވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެކަމަށް ބުނެ ރެކިގަތުމަކީ ޒިންމާދާރުކަން ކުޑަކަން.
    ބޮޑަށް ހީވަނީ ހަމަ ގަސްތުގައި ލަސްކުރީހެން، ސޭޓުގެ އަނބިމީހާ ވީމައި އެކަކަށް އެކަށްޗެއް ކިޔާކަށް ނުކެރޭނެ.
    މިރާއްޖޭގައި އަދުލާއި އިންސާފު އޮންނަނީ އޮންނާނެ ގޮތަކަށް، އެއްޖިންސުން ގުޅުންހިންގި މީހާ 3 މަސް ދުވަހަށް ގޭބަންދު، ފާރުގައި އިންޑިޔާ އައުޓް ލިޔުނު މީހާ ދެމަހަށް ޖަލަށް ދާންޖެހުނީ.
    އިސްލާމްދީނުގައި ހަރާމް ކޮށްފައިވާ ކަމަކަށް ވުރެން މިމީހުންނަށް ބޮޑުވީ ކެނެރީގޭ ފާރާއި އިންޑިޔާގެ ކަރާމާތް.

  23. ފަވާޒް

    ރާއްޖެގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޒިންމާދާރު އެތަކެއް ކަނބަލުންނެއް މައްސަރުކަންތައް ދިމާވިޔަސް ނުވިޔަސް އެތިބެނީ ޒިންމާ އަދާކުރަން ވަޒީފާއަށް ނިކުމެއެެވެ. ވީމާ ތިޔަ ދައްކަނީ ހުއްޖަތެއް ކަމަށް ބެލޭވޭކަށެއް ނެތެވެ. މައްސަރު ކަމަކީ އަލައް އަންހެނުންނަށް ދިމާވާކަމެއް ނޫނެވެ. ނަހުލާވެސް ތިއުޅެނީ ތިމާއަތް ޚާއްސަ ހައްގުތަކެއް ކޮންމެވެސް ސަބަބަކާހުރެ ލިބޭކަމުގައި ދެކިގަނެވިގެންނެވެ. ނަހުލާއަށް ވީތީ މައްސަރުކަމަކަސް އަދި އެނޫންކަމަކަސް ދިވެހި އެހެން ސަރުކާރު އަންހެން މުއައްޒަފުންނަށަ ނެތް އިނާޔަތެއް ނެތް އުޒުރެއް ބަލައިނުގަނެވޭނެއެވެ.

  24. ތިމަންނަ

    ސާބަހޭ ކަމަނާ! ކަމަނާގެ މިނިސްޓްރީގެ ކަނބަލަކު ތިޔަ އެކުސްގިއުޒެއް ދައްކައިފިނަމަ އެކަން ގަބޫލު ކުރައްވާނެތޯ؟؟؟؟

  25. އަހަންމަދު

    ރެކޯޑެއް! މިނިސްޓަރެއްގެ މައްސަރުކަންތައް ލައިގަތްކަން ނޫހަކުން ރާއްޖޭގައި ރިޕޯޓުކުރި ފުރަތަމަފަހަރު!

    7
    1
  26. ރަން ރީނދޫ

    ބައެއް ކަންކަން ހުރޭ ،ލަދުވެތި ވާހަކައެއް ނޫނަސް ހިއްސާ ނުކުރަންޖެހޭ،އާންމުންނަށް. މިސާލަކަށް އެއް ދާންކުރުން. ހުއްދަ ގޮތުގައި ކުރުމުން ހުއްދަ،އެހެނަސް ހެނދުނު ތެދުވެ އާންމު ޓީވީއަށް އަރާ އެވާހަކަ ދެއްކުން ރަނގަޅު ކަމަކަށް ނުވާނެ.

    6
    1
  27. ހޯނު

    މަ ހީކުރީ މިހާރު ޕިރިއަޑު ނުވާކަމަށް. މިހާރު އެގިއްޖެ ޕީރިއަޑުވާކަން.

  28. ހުޅުނބު

    މިތާންގަ ކޮމެންޓް ކުރާމީހުން ހަމައެއްގޮތަކައްވެސް ވިސްނާނުލާ މީކީعامތަންތަނުގަ ބޭނުންކުރާ ބަހެއްނޫން ދެންތިހެން ކިޔަމުންގޮސް ދެންކިޔަންވީތަ އަހަންނައް ގަޑިއައް ނާދެވުނީ جماعވާންއޮތީމައޭ އެވެސްހަމަ ދިމާވެދާނެ حلةއެއް

    7
    2
  29. ވިކިލީކްސް

    ޕީރިއަޑް ވެގެން މަސްއޫލިއްޔަތު އަދާ ނުކުރެވުނަސް ކލޭމެން އެބަޖެހޭ މިނިސްޓަރުކަމާ ދެންހުރި ކމެއްވެސް ކުރަން!!! އަންހެނުން އެންމެ ރަނގަޅީ ފިރހެނުންނަށް އަމުރުހިންގޭނެ ވަޒީފާތައް އަދާނުކުރުން.

    3
    3