ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް ގެންނަން އެ ޕާޓީގެ އިސް ބޭފުޅުން ނިންމައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން މަޖިލީހުގެ ނައިބް ރައީސް ކަމަށް ރޮޒެއިނާ ގެންނަން އެމްޑީޕިގެ އިސް ބޭފުޅުން ވަނީ ނިންމައިފައެވެ.

މަޖިލީހުގެ މިހާރުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރު ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ މެމްބަރުކަމުން ވަކިވެ، އާޕާޓީއެއް އުފައްދަން މަސައްކަތް ފެށުމުންނެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއި ވަނީ ހަމަކޮށްފައެވެ.

މަޖިލީހުގެ ރައީސް، ނައިބު ރައީސް އާއި އަދި ވަޒީރުންގެ ވެސް އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު 56 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އައްޑޫ މީހާ

    ދައްކަވަންހުރި ތަނެއް ދައްކަވާފަ ގެންދަވާނީ.

    87
    0
  2. އަދުހަމު

    ސާބަހޭ ރޮޒޭ ޑީއަރޕީ އައިސް އެމުޑީޕީ ހިފައިފި

    60
    2
  3. މުހައްމަދު

    އަސްލުވެސް ދޯ..
    ކީކޭބުނާނީ.

    39
    3
    • ސަރަފަކައްދަ

      ކަމަނާ ތިޔަ ގޮނޑީގަ އިނދެގެން އަމިއްލަ އަށް ކަނޑިކި ނަގާ ބޮލާ އަލާ ހިސާބަށް ނުދާތި! ތިމާ އަށްވެސް ހަމަ ތިކަން ކުރެވިދާނެހެން ހީވަނީ ދޮތަ!

      23
      1
  4. ނާދިރާތަ

    ރޭރު އަރުވާލާނެ ރަގަޅަށް

    48
    2
  5. ގލޅ

    ރުޒޭ އަކީ ގާބިލް ބޭފުޅެކެވެ ތާއީދެވެ.

    14
    79
  6. އަހުމަދު

    ރޮޒޭ، މާރިއާ މީފެއިލްވެފަތިބި ދެމީހުން

    76
    5
  7. ގައުމުގެފަރުދަކު

    ބަލަ އެއްކަލަ ޑީއާރުޕީ މީހުން ރީދޫގާވެސްމޮޅީ ހަމަސާބަސް ބަލަ ނަޝީދާ ތިޔަކުޅެނީ ހަމަ ވަރުބަލިވާނެމީހެއްނޫން މުޒާހިރާއިތުރުވާނެ މިސަރުކާރުގެ ބޮޑު ހިއްސާޔަކީ ނަޝީދު ހަމަބިމައްފައްޔާޒާ އަލީނިޔާޒްމެން މާތްﷲގެއިރާދަފުޅާއެކު ރައީސްވަހީދައްވީވަރުވެސްނުވާނެ އުބޫވަރައްސަލާމް؟؟؟

    45
    8
  8. އިކުރާމު

    މަހީނުކުރަން ބަދެހި އެމުޑީޕި ސަފުތައް އަދާލަތާ ޑީއާރުޕީ އައް ރޫޅާލެވިދާނެކަމަކައް ސާބަހޭ އަދާލަތު ސާބަހޭ ޑީއަރުޕީ ރޮޒޭ

    43
    9
  9. ކޮކަޓޫ

    މިފަހަރު އަނެއްކާވެސް ކޮކަޓޫގެ ހަނދާންތައް އާވާނެ.

    19
  10. ޑައެލޯގް

    ވަގެއްހުރިއްޔާ އިބޫގެ ކޮޅަށްލާފަބަހައްޓާށެވެ. މަޖިލީހުގައިވެސް ހުރިހާދިމާލުގަވެސް އިބޫގެ ވަގުންތަކެވެ. ރޮޒައިނާ ވައްކަންކުރަން ވަރަށްމޮޅުވާނެއެވެ. ވީމާ މަޖިލީހުގެ ނައިބުރައީސްކަމަށް ރޮޒޭނާފާސްވެއެވެ.

    21
    1
  11. އަންހެނެކޭ ބުނާތީވެސް.....

    ހެޔޮނުވާނެ ފިރިހެން ފާތުމަޔަށް ތި މަގަމުދޭން. ތި އަޑެއް ޖެހުނަސް ބޯ ފަޅައިގެންދާވަރުވޭ.

    30
  12. ކޮވިޑް

    ކަލޭ އަށް މަޖިލީސް ގެ ނައިބު ކަން ދީ ފިއްޔާ ދިވެހިން ޖެހޭނީ ކޮކަޓޫ ގްރާގެ ބަސް ދަސްކުރަން ދޯ؟ ތިކަހަލަ ގޮތަކުންވެސް ރައްޔަތުމީހާ އަށް ޖެއްސުން ކުރެވޭތޯ ބަލާތި.

    22
    1
  13. ޒާ

    ރޮޒައިނާއަކީ އެމްޑީޕީ ބައިބައިކޮށް ރޫޅާލިމީހާ.

    26
  14. ޢަލީ

    މީޔޭ މިޖަހާ ސަކަރާރަކީ...މާ އިބޫވެގެން ނޫޅޭނެ ބޭނުމެއްނެތި

    26
  15. Anonymous

    މުޅި.މަޖިލިސް ހަރާބުވީ. ޤަވާއިދު ކިހާވަރަކަށް ހިނގާނެބާ.

    20
  16. މެކް

    ރޮޒޯ ގޮލާބޯއަކީވެސް ނަސީދު ބައިގަދާ އެކީ ނައްތާލަންޖެހޭ ގޮލައެއް

    4
    1
  17. ޜުމޭ

    ތީ އަންހެނުންނަށް ހުތުރުއަރުވަން އުޅޭ މީހާގަނޑެއް. ނިކަން ތިބޮލުގަ ބުރުގަލެއް ޢަޅުވައިގެން އަރާ އިނދެބަލަ މަޖިލީހުގަ

  18. އާސިޔާ

    މީނަ މީ އައްޑޫ މީހެކޭ ބުނާތީވެސް އަހަރެމެން އެންމެނަށް ހުތުރު. އަމިއްލަ އެދުމާއިގެން ނޫން ކަމެއްގަ ނޫޅޭ އަންހެނެއް.