ރާއްޖޭގެ ކުރިއެރުންތައް އަވަސް ކުރުމަށް މިންތީގެ ފަރަގުތައް ކުޑަކުރުން މުހިންމު ކަމަށް އދ އިން ބުނެފި އެވެ.

އދ އިން އެހެން ބުނެފައި ވަނީ އަންހެނުންނާއި އަންހެން ކުދިނާއި މެދު ކުރާ ފަރަގުތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އދ. އޮފިޝަލު ވިދާޅުވީ ގާނޫނާއި ސިޔާސަތުގައި މިންތީގެ ހަމަހަމަކަމަށް ރާއްޖެއިން ކުރާ ވަރުގަދަ ވައުދުތަކަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވޭތަން ދެކެން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އދ އިން އަންހެނުންނާއި އަންހެން ކުދިނާއި މެދު ކުރާ ފަރަގުތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަންހެނުންނާއި އަންހެން ކުދިން ހިފަހައްޓައި މިންތީގެ ހަމަހަމަކަން ހާސިލް ކުރުމަށް ހުރަސްއެޅިފައިވާ ދީނީ ފަންޑަމްންޓަލަޒިމް އުފެދުމުން އަންނާތީ ނާޒުކު ދިމިގްރާތީއެއްގެ ގޮތުގައި ރާއްޖެ އޮތީ ޓިޕިން ޕޮއިންޓެއްގައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އޮފިޝަލުން ވިދާޅުވީ ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީވެ ތަނަވަސްވާން ބޭނުންނަމަ، އަންހެނުންނާއި އަންހެން ކުދިން ދަށުދަރަޖައިގެ ރޯލުތަކުގައި ބައިތިއްބައި މުޖްތަމައުގެ ތަސައްވުރުތަކާއި ގަވާއިދުތަކުން ބަނދެވިފައި ތިބުމަށްވުރެ، އެމީހުންގެ ގާބިލުކަން ބޭނުންކުރަން ޖެހޭ ކަމަށެވެ.

"ރާއްޖެއަކީ އެއް ޒަމާނެއްގައި އަންހެނުން ވެރިކަން ކުރި މުއްސަނދި ތާރީހެއް އޮތް އަދި އިޖްތިމާއީ ގޮތުން ވެސް އަންހެނުން ބާރުވެރި މަގާމުތައް ފުރި ގައުމެއް. ދީނީ ކޮންޒަވޭޓިޒަމް ފެތުރުމުގެ ސަބަބުން އަންހެންނުންނަށް ވަނީ ދަށު ދަރަޖައިގެ ތަބާވުންތަކަށާއި ކިޔަމަންވެރިކަމަށް ލާޒިމްކުރެވިފައި." އދ ގެ އޮފިޝަލުން ވިދާޅުވި އެވެ.

އދ އިން އަންހެނުންނާއި އަންހެން ކުދިނާއި މެދު ކުރާ ފަރަގުތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިންތީގެ ހަމަހަމަކަމަށް ފޯކަސްކޮށް އާ ގާނޫނޫތަކަށާއި މުއައްސަސާތަކުން ފަހުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާކީ ކަމުގައި ވިއަސް އޮފިޝަލުން ވިދާޅުވީ ދިގު މުއްދަތަކަށް އަމަލުކުރަމުން އަންނަ މާއްދާތަކަކީ އަދިވެސް ތަފާތުކުރުމާއި އަދަބުވެރި މާއްދާތަކެއް ކަމަށާއި އަންހެނުންނާއި އަންހެން ކުދިންނަށް ފުރިހަމަ އިންސާނީ ހައްގުތަކާއި މިނިވަންކަން ގެއްލިގެންދާ ކަމަށެވެ.

އޮފިޝަލުން ވިދާޅުވީ މިންތިއަށް ބިނާކޮށް ކުރާ އަނިޔާއަކީ ފުޅާދާއިރާއެއްގައި އާންމުވެފައިވާ އަދި ތަހައްމަލުކުރާ ކަމެއް ކަމަށެވެ. އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިންސާފާއި ފަރުވާ ހޯދުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެ، ކުށް ކުރާ ފަރާތްތަކަށް ހައްގު އަބަދު ނުލިބޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކަލޭމެން ތިޔަބުނާ މިންތީގެ ހަމަހަމަކަން ޔޫރަޕާއި އެމެރިކާގައި އެބައޮއްތޯ، އެތާގައި އުޅޭ އަންހެނުންނާއި ކުޑަކުދިންނަށް އެމީހުންގެ ހައްޤު އެންމެ ފުރިހަމަޔަށް އެބަލިބިދެވޭތޯ ތިހާވަރަށް މިތަނަށް އައިސް ތިވާހަކަ ދައްކަނީ ފުރަތަމަ ތިމާމެން އިސްލާހުކޮށްބަލަ !

  2. ވަން

    ކަނބުލޮމެންނަށް މިރާއްޖެއާބެހޭ ގޮތުން އެއްވެސްކަމެއްނޭނގޭ

  3. ހުސޭނުބޭ

    މަވެސް އަންހެނުން ވިހާ ކޮންމެ ފަހަރަކު އާދޭސްކުރަން އދ ން އެބަ ގޮވައޭ މިންތީގެ ފަރަގުކުޑަކުރަން. ކުޅޭ ސެޓެއްހެން އެއްގޮތަކަށް ތިބޭ ކުދިން ވިހާށޭ. އެހެން ބުނާއިރުވެސް އެއްފަހަރު އަންހެން ކުއްޖެއް އަނެއް ފަހަރު ފިރިހެން ކުއްޖެއް އެ ވިހަނީ. މަ ދެން ކިހިނެއް މި ފަރަގު ކުޑަކުރާނީ.

  4. ފަގުޑި

    ވައްހާބީން ނާއި 21 ވަނަ ގަރުނުގެ މީހުން ކިހިނެތްތޯ އެކުއެކީގަ އުޅޭނީ؟؟! ވައްހާބީންނަކައް ކަމަކުނުދޭ މިގަރުނުގެ އެއްކަމެއްވެސް. ހާއްސަކޮއް އަންހެންވެރިން މިނިވަންކަމާއެކީ އުޅޭތަން ދެކޭކައް.

    1
    6
    • ނަސޭހަތެއް

      އަލް ވައްހާބް އެއީ الله ގެ އިސްމުފުޅެކެވެ.

      ދީނުގައިވާ ސައްޙަ ގޮތް ގުރުއާނާއި ހަދީޡުން ރަނގަޅަށް ދިރާސާކުރުމަށް ނަސޭހަތް ތެރިވަން.

    • ސެކިއުލަރޭ

      "لا إله إلا الله محمد رسول الله" މިކަލިމައިގެ ވާހަކަތޯ؟ ކަލޭ ތިހާ މޮޅުއިރު 21 ވަނަ ގަރުނު ކުރިން ނޫނީ އޭގެފަހުން ދުނިޔެއަށް ނައީ ކީއްވެބާ؟ އެއްވެސް ބާރެއް ހުރި މީހެެއް ނޫންދޯ؟

  5. އަހުމަދު

    ހުރިހާ އެންމެންގެ ހައްގައް އަރަމުންދާ މީހުން، އަހަރުމެންނައް ހައްގު ދަސްކޮއްދޭން މިއުޅެނީ. ގެޓް ލޮސްޓް