ރާއްޖޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު ދަނީ ދަށްވަމުން ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅޭގޮތުން އިއްޔެ ބަނޑޮހުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އޮފިޝަލަލު ވިދާޅުވީ 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރަހައްދުގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އެންމެ މަދީ ރާއްޖޭގައި ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އެންމެ ގިނައީ ލަންކާގައި ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ވިދާޅުވީ 2019 ވަނަ އަހަރު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަހަރު 15 މީހަކު ވަނީ ރާއްޖެއިން އަމިއްލައަށް މަރުވެފަ އެވެ. އެއީ ދެ އަންހެނުންނާއި 13 ފިރިހެނުން ކަމަށެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަމިއްލައަށް މަރުވާ މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 75 އަހަރުން މަތީގެ މީހުނެވެ. މަރުވާ މީހުން އެންމެ މަދީ އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުނެވެ.

އޮފިޝަލު ވިދާޅުވީ ރާއްޖޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު ދަށް ކުރުމަށް އިދާރާތަކުން އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ރާއްޖޭގައި އަމިއްލައަށް މަރުވެގެންވެސް ނުވާނެ. މިއީ އަހަރެމެން ޤަބޫލުކުރާ ގޮތަކީ

    5
    3
  2. Anonymous

    ޑަބްލިވް އެޗް އޯ އިންއެކަމާއި އެކަމާ ދެރަވީދޯ؟؟؟؟

    1
    2
  3. އަޙްމަދް

    ކޮބާ ވެކްސިން؟