"ދަތްދޮޅި ދުއްވާލައިގެންވެސް"ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވެރިކަން އަލުން ހޯދާއިދޭން ތިބި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ޕާޓީގެ ލީޑަރޝިޕް އެއްކޮން ތިބީ އެއްވެސް ކަމަކަށް މާޔޫސްވެފައި ނޫން ކަމަށާއި ރައީސް ޔާމީން ބަލިކުރެވޭނެ މީހަކު ނެތް ކަމަަށެވެ.

"އަޅުގަނޑުމެން މި ތިބީ ދުއްވާލަން ޖެހުނު އެއްޗެއް، އެއީ ދަތްދޮޅިކަމަށްވިއަސް އެހެން އެއްޗެއް ކަމަށްވިއަސް ދުއްވައިލައިގެން ވެރިކަން މި ޕާޓީގެ ރައީސް ޔާމިނަށް ހޯދާދޭން ކުރަން ޖެހޭ ކޮންމެފަދަ މަސައްކަތެއް ކުރަން. އެކަމުގައި އިރާދަ ކުރެއްވިއްޔާ މާތް ﷲ އެކަމުގައި ބަރަކާތްލައްވާށި" އާދަމް ޝަރީފު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަމަނުޖެހުން ހިނގުމުން މަޖިލީހުގެ ޖަލްސާއަށް ފަހު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕު (އެސްޕީޖީ) އޮފިސަރުންނާ ބައްދަލުކުރައްވައި އޭރު ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އާދަމް ޝަރީފު ދެއްވެކި ވާހަކައިގައި އޭނާއަށް ވުރެ ސިފައިންގެ ކެތްތެރިކަން ބޮޑުވާނެ ކަމަށާއި ޖަލްސާގައި މެމްބަރުންނާއި ސެކިއުރިޓީ އޮފިސަރުންނާމެދު ހަމަނުޖެހުން ހިނގިއިރު، އޭނާ މަޖިލީހުގެ އިދާރާގައި ހުންނެވި ނަމަ "ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް" ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވި ބައްދަލުވުމުގެ އޯޑިއޯ ފަހުން ލީކްވުމުން ދަތްދޮޅި ދުއްވާލުމާއި އާދަމް ޝަރީފާއި ގުޅުވައި އިދިކޮޅު ފަރާތްތަކުން ދޭތެރެ ދޭތެރެއިން ފުރައްސާރަ ކުރެއެވެ.

އާދަމް ޝަރީފް މިރޭ ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފި ކަމަށާއި އެމްޑީޕީން އުޅެނީ އެ ޕާޓީގެ ޓިކެޓް ދޭނެ ބަޔަކު ނޭނގިގެން ކަމަށެވެ. އެހެންވެ އެމްޑީޕީ އޮތީ އެކަމާ ދެބައިވެފައި ކަމަށާއި ނަތީޖާއެެއް ގޮތުން އެމްޑީޕީ އެތެރޭގެ ދިހަ ޕަސަންޓްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތިންގެ މަޖިލީހުގައި ވެސް ޕީޕީއެމްއާ ގުޅިވަޑައިގަންވާނެ ބޭފުޅުން އެބަ ތިބި ކަމަށާއި އިންތިޒާރު ކުރައްވަނީ އެ ދުވަހަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ ގޮތްތަކާއި ކައިރި ހިސާބުތަކުން އައިސްލިބޭނެ ގޮތް ހަމަޖެއްސެވި ކަމަށެވެ. ނަމަވެސް ކަމެއް ކުރަން ނޭނގޭ ބަޔަކު ވެރިކަމަށް އައުމުން އެ ހުރިހާ އައިސްޕްލާންޓްތައްވެސް ހަލާކުވެގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ކުދި ފަންތީގެ، މެދުފަންތީގެ މީހުނަށް، ހާއްސަކޮން މަސްވެެރިންނަށް މަސްކޮޅު ގަނެލައިގެން އެ ބޭފުޅުންނަށް ރަނގަޅު މަސައްކަތެއް ކުރެވޭނެ ގޮތްތައް ފަހިކޮށްދިން. މިވެރިކަމަށް އައިސްފައި އެ ހުރިހާ ކަމެއް ހުއްޓުވާލީ. ރާއްޖޭގެ އިގުތިސާދު މިހާ ދަށަށް ގޮސްފައި އޮއްވާ ސަރުކާރުން ބޮޑެތި ހަރަދުތައް ކުރަމުންދާތީވެ ރައްޔިތުންގެ ކަންބޮޑުވަނީ." އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލި ރަހާ

    މާރާ މަރީ ހިންގާއިގެން ވެސް

    3
    8
  2. ޢާދަނު

    ޢަހަ ޝަރީފުޅާ ނަސީބު ހީވޭ ދަތްދޮޅި ހަދިޔާ ކޮއްގެންވެސް ޔާމިނައް ވެރިކަން ހޯދާދޭނަމޭ ނުބުނިކަން، އެހެންނޫންނަމަ އަނގުނެއް މަދުވީސްތާ !!!!!

  3. Anonymous

    ދަތްދޮޅި ދުއްވާލައިގެން ވެރިކަން ދޭވަރުގެ މީހެއް ނޫން އެއީ. އިންތިޚާބު ތެރޭގައި ވެސް ދިޔައީ އޮފީސްތަކުގައި ތިބި ތަޖުރިބާކާރު ގާބިލު މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން. ދަތްދޮޅި ދުއްވާލައިގެން އޭނައަށް ވެރިކަން ހޯދައިދިނުމަކީ ދިވެހިންނަށް ހުރި ބޮޑު ބިރެއް. ޕީޕީ ކުދިން ނޫން ބަޔަކަށް މި ގައުމުން ވަޒީފާއެއް ނުދޭނެ. އުމަރު ބުނިހެން ތިޖޫރި ހުރި ތަނުގައި ހުންނާނީ ބޮޑު ވަޅުގަނޑެއް. އާދަނާ، އެކަމަކު ތިޔަހަރީ ދަތްދޮޅިއަށް ހާދަ ވަރެއް ވެފަޔޭ ދޯ.

    11
    6
  4. ހުދަންބަރު

    ސާބަހޭ ޝަރީފޫ ތިޔައި ބަތަލެއް މިގައުމުގަ މިއޮތް އިންޑިއާ ގޮނޑިކޮށްކޮ ސަރުކާރު ބަދަލުކޮށް ސޯލިހުޖަލަށް ލާން އެބަޖެހޭ ގައުމު ހަލާކުކޮށް ފުނޑާލައިފި ރައީސްޔާމީނަށް ވެރިކަން ލިބިގެން މިސަރުކާރުން ހިންގި ޖަރީމާ ބެލޭނީ .

    12
    11
  5. އަލްޖިބްރާ

    އަހަރުމެންގެ ދަތްދޮޅި ދުއްވާލައިގެންވެސް ތިޔަ ޔާމީނަށް ވެރިކަން ނުލިބޭނެ ހުރިހާ މަގެއް ކޮށާނަން ! ހޭ ވައްލާ !

    14
    12
  6. ދަތްދޮޅި

    މަނިކުފާނަކައް އާކަމަކަށް ނުވާނެ.

    7
    2
  7. ފިންކީސް

    މީހަކަަށް ވެރިކަމެއް ހޯދައިދޭންށޭކިޔާފާ ދަތްދޮޅި ދުއްވާލާކަށްނުޖެހޭ. އެހެނެއްނޫން ލޯ ދުއްވާލަން ރަނގަޅު.

    3
    8
  8. އަނބިގޮއްޔެ

    މަށަށްހީވަނީ އަލަންގުރި ސީރީޒް 2 އަށް ނުވާނެބާއޭ….ކެކެކެކެ. މިމީހުންގެ ފެންވަރު….

  9. މަރީ

    މޮޔަވެފަ އެހެރީ ކެވުނުލެއްގިނަކަމުން