ގިނަ ބަޔަކާއެކީ އެއްޖިންސުން ގުޅުން ހިންގި ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލި އިތުރު 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ.

އަލަމްގީރްގެ މައްޗަށް އުފުލާފައިވާ 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމާފައިވާއިރު، މީގެ ކުރިން އޭނާގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާއެއް ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ޝެޑިއުލްގައި ބުނެފައިވާ ގޮތުގައި އަލަމްގީރްގެ ޝަރީއަތް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައެވެ. ޝަރީއަތުގެ އަޑު އެހުން ކުރިއަށް ދާނީ ސިއްރުން ކަމަށް ވެސް ކޯޓު ޝެޑިއުލްގައި ވަނީ ބުނެފައެވެ.

އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެވެ.

އަލަމްގީރްގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތިން މީހަކަށް ވަނީ ދައުވާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.

މިމައްސަލައިގައި ނާޒިމް ސައްތާރު ތިން މަހަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އަބްދުއްރަހްމާން އިއްޔެ ވަނީ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ﷲ ގެ ޙުކުމާ އިދިކޮޅަށް ހިންގާ ޝަރީޢަތެއް ބޭނުމެއް ނޫން.

  2. ހުސޭނުބޭ

    އެސޮރު އެހައި ސިއްރުސިއްރުން ކުރިކަމެއްގެ ޝަރީއަތްވެސް ސިއްރުސިއްރުން ކޮށްފައި ޙުމުންވެސް އިއްވާނީ އެސޮރު ކަންފަތްދޮށުގައި ދޯ!

  3. މީ މަށޭ

    ކޮން ސަތީއަތެއް ކުރާކަށްތަ މީނާގެ ލޯބިވެރިޔާއަކީ ވަކީލެއް! ނާޒިމް ސައްތާރު މި ކޭސް ވިން ކުރާނެ!!