ހދ. ނޮޅިވަރަންފަރުން ކެނޯއެއްގައި މަސް ހިފަން ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ނޮޅިވަރަންފަރު ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް އެތަނުން އެކަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 2:15 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން ދަނީ 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ގެއްލިފައި ވަނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައްވާ

    ތިއޮންނާނީ އެމީހާ މަރާލާފަ. ބަންގާޅީނަކީ ކޮން ބައެއް

    1
    1
    • މަ

      ހައްވާ ހެޔޮ ބަހެއް ނުބުނެވެންޏާ ދެންވެސް ބަހެއް ނުބުނެ ހުރުން މާ ހެޔޮވާނެ

  2. ޢަލީ

    200 މޭލުތަ ނޫނީ 20 މޭލުތަ
    ރަނގަޅު މައުލޫމާތު ބާ

  3. ޞޮރޮ

    200 މޭލު؟؟

  4. ފުލުހުން

    200 މޭލު ބޭރު އެކިހާވަރެއްކަން އެނގޭބާ އެގޮތަށް މައުލޫމާތު ދިން މީހަކަށް

  5. ޞައްދާމު

    ފުލުހުން ވިދާޅުވީ، އެ މީހާ ގެއްލިފައި ވަނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ. ނޫސްތަކުން ވެސް އެބަ ޖެހޭ މިކަހަލަ ބުއްދި ޤަބޫލޫ ނުކުރާ ޚަބަރު ތައް ލިއުމުގެ ކުރިން ވިސްނާލަން.