ޅ.ނައިފަރުން ފުރައިގެން ރ.އުނގޫފާރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއްގެ އޮޔާ ދަނިކޮށް އެމްއެންޑީއެފް އިން ކުރި މަސައްކަތުން ޑިންގީ ހޯދައި، އޭގައި ތިިބި ހަތަރު މީހުން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި މި ޑިންގީގެ އިންޖީނު ހުއްޓި އޮޔާގޮސް ގެއްލިފައިވާ ކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:00 ހާއިރުއެވެ.

އަދި މި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް އުޅަނދެއް އެ ޑިންގީ ހޯދުމަށް މަސައްކަތް ކުރަމުން ގޮސްފައި ވެއެވެ.

މިގޮތުން ޑިންގީ ފެނިފައިވަނީ، މިއަދު 12:50 ހާއިރު، ރ.އުނގޫފާރުގެ އިރުދެކުނުން 12 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މި ޑިންގީ ފެނުނުއިރު، ޑިންގީގައި ހަތަރު ފިރިހެނުން ތިއްބެެވެ. އަދި އެންމެންގެވެސް ހާލު ވެސް ރަނގަޅެވެ.

މިއާއެކު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން، މި ޑިންގީ މިހާރު ވެރިފަރާތުން ގެނައި ލޯންޗެއްގެ ކަފުޖަހައިގެން މިއަދު 15:15 ހާއިރު އުނގޫރާފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ސޯލިބޭ ފޮނުވި ހަދިޔާކޮޅު ބަލާދިޔަ ބައެއް ނޫންބާ؟ މި ދުވަސްވަރު ނިކަން އެތިއެތިކޮޅު ގިނަވާނެ!