މާލެ ދަތުރު ކުރަމުން ދިޔަ ލޯންޗެއްގެ ބެޓެރި ގޮވައި ހަމީހަކަށް އަނިޔާ ވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރ. އުނގޫފާރުން މާލެއަށް 39 މީހުނާއެކު ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން އަނިޔާ ލިބުނު 6 މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާގައި ޒަހަމްވި މީހުން، އެރިޔަދޫ ރިސޯޓަށް ގެންގޮސް، އެ ރަށުގެ ކްލިނިކުން ފަރުވާދެމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އަނިޔާވި ބައެއް މީހުންގެ ހަށިގަނޑުގެ ބައެއް ތަންތަން ވަނީ ފިހިފައެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އެ ލޯންޗު އޮތީ އެރިޔަދޫ ރިސޯޓުގައި މަޑުކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިކްޓިމް ބުރީމޯ

    ލޯންޗުގަ ފަސްޓްއެއިޑްކިޓް ވެސް ނެތް.....ބަޔަކު ފިހުނު އިރު...

  2. ޙެހެހ

    ދެން އަޅެ ކޯސްޓްގާޑުންވިޔަސް ، ދެންހުރި ތާކުންވިޔަސް އެބަޖެހޭނު ކަނޑައަޅަން މިހާ ދިގު ދަތުރުތަކަަށް 20 މީހުންނަށްވުރެ މަދުން ނޫނީ އަރުވާގެން ދުއްވުން މަނާކުރަން ، ޓެކްސީއަށްވިއްޔާ ޤަވައިދެއް ، ލޯންޗްތަކަށް އެމީހުން ބޭނުން ރޭޓެއް ، ލޯންޗުގައި އެލިގަތަސް އަރުވާ

  3. މަމީސާ

    ބެޓެރި ނުގޮވާގޮތަށް ހަދަން ދިރާސާއެއް ނުކުރެވޭނެތަ ނޫނީ ބެޓެރި ދަނގަޑު ކަވަރަކަށްލާފަ ނުބެހެއްޓޭނެތަ.