މުދާ އުފުލާ ދޯންޏަކަށް ދިޔަ ވަމުން ދަނިކޮށް ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

ހދ.ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި "އަޅިވިލާ" ނަމަކަށްކިޔާ 95 ފޫޓުގެ މި ދޯންޏަށް ޅ.ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 11:52 ހާއިރުއެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯންޏަށް ދިޔަވާން ފެށުމުން، މި ދޯނި ވަނީ ޅ.ކުރެންދޫ ބަނދަރަށް ވައްދާފައެވެ. އަދި ދިޔަވާތަން ބެއްދުމަށް ސިފައިންގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.