ވަށާ ޖެހޭ ތައުލީމަށް އޮތް ހުރަހަކީ ޓީޗަރުންނަށް އޯވާ ޓައިމް ދޭން ފައިސާ ނެތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ގަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރި ނަމަވެސް އިތުރު ގަޑިތަކުގައި އަބަދު ސްކޫލަށް ދަން ޖެހޭ ކަމަށާއި އެހެންކަމުން އެއް ދަންފަޅިއަށް ބަދަލުކުރުމުގެ އަމަލީ މަންފާ ފެންނާނީ ކޮން އިރަކުތޯ އަބްދުލް ޣަނީ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެެއްވައި މިނިސްޓަރު ވިދާޅުވީ 150 އަށް ވުރެ ގިނަ ސްކޫލެއް މިހާރު އެއް ދަން ފަޅިއަށް ބަދަލުކުރެވިފައިވާ ކަމަށާއި އަދި އެއް ދަން ފަޅިއަށް ސްކޫލުތައް ބަދަލުކުރުމުން ވަށާ ޖެހޭ ތައުލީމެއް ދަރިވަރުންނަށް ދިނުން ވަރަށް މުހިންމު ކަމަަށެވެ.
އެގޮތުން ވަށާ ޖެހޭ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ ކޮންސެޕްޓްގެ ދަށުން 44 ސްކޫލެއްގައި އެކަން ފަށައިގެން މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކޮންސެޕްޓްގެ ދަށުން ދަރިވަރުން ސްކޫލަށް ދަނީ ހެނދުނު ހައެއް ޖަހާއިރު ކަސްރަތަށެވެ. އަދި ހެނދުނުގެ ނާސްތާއަށް ފަހު ކިޔެވުމުގެ ކަންކަން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަރިކިއުލަމްގައިވާ މާއްދާތާއް ކިޔެވުމަށް ފަހު އެކި އެކި އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުުރުން ފަދަ ކަންކަމަށް ވެސް ދަރިވަރުން ވަގުތު ހޭދަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަފްތާ ބަންދުގައި ދަރިވަރުން ސްކޫލަށް އަންނަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ ކޮންސެޕްޓަށް ކިޔަވައިދޭން ގޮންޖެހުންތައް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"44 ސްކޫލެއް އަޅުގަނޑުމެންނަށް މި ގޮތަށް ބަދަލުކުރެވުނީ އިތުރު ވަގުތު އެބަ ހޭދަވޭ. ސިވިލް ސާވިސްގެ މުވައްޒަފެއް ވެއްޖިއްޔާ މިހާރު އޮންނަނީ ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށް. އެކަމަކު އެއް ދަންފަޅިއެއްގައި ސްކޫލުގެއްގައި އަށް ގަޑިއިރު އެބަ ހޭދަކުރަން ޖެހޭ. އިތުރަށް އެބަ ހޭދަވާ ވަގުތަށް އޯވާޓައިމް އެބަ ދޭން ޖެހޭ " މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިވަގުތު ނިޒާމް އޮތް ގޮތުން އެގޮތަށް ފައިސާ ދޭން ދަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިސްރާބު ހުރީ އެ ދިމާލަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަނދުކޭތަ

    ކަލޭމެން އަޗާރަޅަން ދައުލަތުގަ ލާރިއޮވެއެއްނޫންތަ ރައީސުންނައް ލިބޭމުސާރަޔާ އިނާޔަތައްވުރެ ގިނަ ގައުމުތަކުގެ އެމްބަސީގަ ތިބި އަލިފެއްބާއެއްނޭންގެ ޕާރަޓީ ކުދިންނައް ދޭ މުސަރަޔާ އިނާޔަތް ހަޔާތްކުޑަ ބައިގަނޑެއްމީ

    28
  2. ކާލި

    މިއީ، ދިވެހި ތާރީޚްދުން އެންމެ ގިނައިން ދޮގުހަދާފައިވާ އެޑިޔުކޭޝަން މިނިސްޓަރ. މީނާ ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެ، މީނާގެ ޒަޢާމަތުގައި އޯޓީ އެއްވެސް ނުލިބޭނެ. ފައިސާ ހަމަޖެހުނަސް ދޭކަން އެއްބަހެއްނުވާނެ. މިނާއަކީ ހިންގުމުގެ ކަންފުޅެއްވެސްނެތް އެންމެ ޒާތީ މިނސްޓަރ

    30
  3. ހުވަދު

    24 ގަޑި އިރު ކަހަލަ ގޮތހަކަހ ޓީޗަރުން އެދަނީ މަސައްކަތް ކުރަމުން. ދަރިންނަށް އަޅާނުލެވި. ބޭކާރު އެތައް މަސައްކަތް ތަކެއް ޓީޗަރުން ލައްވާދަނީ ކުރުވަމުން. ޓީޗަރުންގެ ވެސް އޮންނަނީ އާއިލާއެއް ބަލަން ޖެހޭ ދަރިން ތިބޭ. މިކަން ހަނދާން ހުރިތޯ؟ މިކަން އިސްލާހު ކޮށްދެއްވާ!!!!!

    22
    2
  4. ްައަހްމަދު

    ކަމަނާހަދާންކުރައްވާތި ކަމަނާވެސް ޖަވާބުދާރީވާންޖެހޭދުވަސް އަންނާނެ އެކަމަށްތައްޔާރުވެލައްވާތި ﷲއިރާދަކުރެއްވިއްޔާ ޖަވާބުދާރީ ކުރުވާނަން އިންޝާﷲ

    23
  5. ޙަަަހަ

    ފައިސާ ދޭން ނުލިބުމުގެ ހުރަހަކީ އިންތިޚާބެއް ނެތުން

    15
  6. Anonymous

    ދީނެއް މިއްލަތެއް ގޮތެއް ފޮތެއް އުޅުމެއް ނެތް ދޮގުވެރި އަންހެނެއް. އައްޗީޑި. ގައުމީ ޔުނިވަރސިޓީގައި ވެސް އުޅުނީ އެޗްއެޗް އަށް ސަޓަނި ހަދައިދޭން.

    11
  7. އަބްދޫ

    އެއް ދަންފަޅިޔަށް ހަދަނި އިމާރާތް ވަރުބަލިވާތީ ކަމުގައިވާނަމަ އޯވަރޓައިމް ދޭކަށް ނުޖެހޭނެ. އެއްދަންފަޅިޔަށް ހަދަނީ ހުރިހާ ޓީޗަރުން ންނަށް ހެދުނު ދަންފަޅީގަ ކިޔެވުން ނިންމަން ކަމުގައިވާ ނަމަވެސް އޯވަރޓައިމް ދޭކަށް ނުޖެހޭނެ. ވަށައިޖެހޭނީ 24 ގަޑީގަ 3 ދަންފަޅީގަ ކިޔަވާދޭނަމަ. ތައުލީމުގަ ވަށާ ޖައްސަން އުޅުނަސް އެކަމެއްނުވާނެ. އެމްޑީޕީއަކީ އަބަދުވެސް ކޮންމެކަމެއްގަވެސް ނަމެއްކިޔާލީމަ އެމީހުން ކުރިކަމަކަށް ވާނެޔޭހިތާ ނަންކިޔާ ބައެއް. ތައުލީމުދިނުން ރާއްޖޭގަ ފެށުނީ މުހަންމަދު އަމީނުގެ ވެރިކަމާ ހިސާބުން އަބަދުވެސް ދަނީ ވަށާޖެހިގެން. ކިތަންމެ ރީތި ނަމެއްކިޔަ ޔަސް ރާއްޖޭގަ ތައުލީމު ދޭންފެށީ އެމްޑީޕީން ކަމަކަށް ނުހެދޭނެ.

  8. ގުލްބަދަން

    ދެފުޅި ބާމުންވެސް ހިޔެއް ނުވޭ މިނިސްޓަރުގެ ވަށާ ޖެހޭނެހެނެއް….

  9. މުހަންމަދު

    ތިކަމަނާވެސް ހަދަނީ ދޮގު....ކިޔަވައިގެން ނުކުތް ކުދިންގެ %75 އަކި ގޭންގު ސޮޓަރުން...ދެން ކޮން އޯ.ޓީ ބޯ.ޓީ އެކޭ ގޮވާކަށް...

  10. އަތޮޅޫ

    ދޮގާ މަކަރާ ހީލަތުން ގެނައި ލާދީނީ ސަރުކާރެއްގެ ބަޔަަކު މި ބައިގަނޑަކީ! މީގައި ނުތިބޭ ސަހަަލު އެކަތިވެސް! މީ ކާކުތަ؟ ބަލާބަ ރާއްޖެތެރޭގައި ތިބި ޕްރިންސިޕަލުން ނަށް ހަދާފަ ތިބިގޮތް ހަޔާތްކުޑަ ކަމުން! މުސާރަ ބޮޑުކުރީއޭ ކިޔާފައި އެލަވަންސްތައް ކަނޑާ އެމީހުންލައްވާ ކަރުތާފެނަށް މަސައްކަތްކޮށްފައި އެމީހުން ބައިތިއްބާފައި ތިބޭ އިމާރާތުގެ ކުލިވެސް މިހާރު ދައްކަން ޖެހެނީ މުސާރައިން! ހުުރިހާ ޕްރިންސިޕަލުން އެއްކޮށް އިސްތިއުފާ ދޭންފެނޭ! މި ސޯލިހުގެ ދޮގުބޮނޑި ސަރުކާރުބާލަން މިވެރިކަމުން! މި އަންހެން ރޑ މަޤާމްގައި އޮވެެން ދެއުޅިއެއް ނުވާ އަނގަތަޅާނެ! ލާދީނީ ކަން ފެތިރުނީމާ އެނިމުނީ! ޤުރްއާން ވެސް މިހާރު ބޯނަސް މާއްދާއަކަށް ހަދާލާފި މިބައިގަނޑު! އެއަކަމެއްވެސް ދިމަލެއްނުވާނެ ތަޅުވާ އަނގަޔަކާ! މުނާފިޤުދައިތަގަނޑު!

  11. ޙުސެންބެ

    ޟިނިސްޓަރ މި ރައްފުށު މީހުނައް ނުވިސްނޭނެ އަޅާނުލާ ކީއްކުރާނީ 5 ނޫން 10 ކުޅަނދު މަދު ރައްތަރައްގީ ކުރުވާފަ މާލެ އައިސްއަޗާތަޅަނީ އެތަންތަން ފަޅުކުރާނެ ކިތަންމެތަރައްގީއެއް ކުރިއަސް އެއީ ބައްޔެކޭ

  12. މަ

    މާރަނގަޅެއްނު ހަފްތާގެ ކޮންމެ ދުވަހަކަށް ކުލަކޯޑެއް. މުވައްޒަފުންގެ މުސާރަ ހުސްވަނީ ހެދުންފަހަފަހާ. މައިންބަފައިން ދިރިއުޅެއް ހޯދާ ލާރިކޮޅު ހުސްވަނީ ސްކޫލުގެ ދުވަހީ ކުލަކޯޑަށް ހެދުންފަހަފަހާ. ދަރިވަރުން އެކަނިވެސް ކަމަކުނުދޭ ބެލެނިވެރިންވެސް މި ކުލަކޯޑު ލާންޖެހޭ. މިނިސްޓަރވެސް މިކަހަލަ ކަންކަން ބަލަންވާނެ.