ކޮންމެ ސްކޫލެއްގައި 11، 12 އުފެއްދުމަކީ ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މިނިސްޓަރާއި ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ މާލޭގައި 11، 12 އަށް ކިޔެވުމަށް ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އަދި ޖާގަ ލިބޭ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފީ ކުޑަކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރޭތޯ ސުވާލުކޮށްފައެވެ.

ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައި ވަނީ 11، 12 އަށް ކިޔެވޭނެ އިންތިޒާމްތައް ތަނަވަސް ކުރުމަށް ކަމަށާއި، ސެންޓަރ ފޮރ ހަޔަރ ސެކްންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ އައު އިމާރާތާއެކު ޖާގަ އިތުރު ކުރެވުމުން އެކަމަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކޮންމެ ސްކޫލެއްގައި 11، 12 އަށް ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކީ ކުރެވޭނެ ކަމަކަށް ނުވަނީ 11، 12 އަށް ކިޔަވައިދޭނަމަ ސްކޫލުގައި ރަނގަޅު ލެބޯޓްރީއެއް ހުންނަން ޖެހުމާއި، އެ ސްކޫލްގައި ފެންވަރު ރަނގަޅު ޓީޗަރުން ތިބުންކަން ފާހަގަކުރެއްވިއެވެ.

"ކޮންމެ ސްކޫލެއްގައި 11، 12 ތައާރަފް ކުރުމަކީ އަސްލު، ފީސިބަލް ކަމެއް ނޫން. އެއީ އަޅުގަނޑުމެން 11، 12 ތައާރަފްކުރާ ކަމަށް ވެއްޖެއްޔާ ވަރަށް ރަނގަޅު ލެބޯޓްރީއެއް އެތާ ޑިވެލޮޕްކުރަން ޖެހޭ. ވަރަށް ރަނގަޅު މުދައްރިސުން އެތަންތަނަށް ފޯރުކޮށްދޭން ޖެހޭ. އެހެންވީމާ ވީހާވެސް އެންމެ ގާތަކުން ކޮންމެ އަތޮޅެއްގައި 11، 12 ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ މިހާރު އަޅުގަނޑުމެންގެ ފޯކަސް ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފުތާބެއްޔާ

    ކީއްވެތޯ ނުވާންވީ. އާރުޓީއެލް އަށް 800މ ދައުލަތުގެ ބަޖެޓުން ނަގާފަ ދިން ގޮތަށް އެޑިޔޫކޭޝަނަށް ވެސް 1ބިލިޔަން ގެ ބަޖެޓެއް 11، 12 އުފައްދަން ދިނީމަ ވާނެ. ދެން ވެރިމީހާގެ ހެޔޮފުޅު ކަމުން އެގާރަ ބާރަ ކޮންމެ ސުކޫލަކަށް ލިބުނީއޭ ކިޔާ ގޮވީމަ ރަނގަޅުވާނެ އަދި އޭގެ ކޮންމެ ކުލާހަކަށް ކޯޑިނޭޓަރ އެކޭ ކިޔާފަ ޕާޓީ އެކުޓިވިސްޓެއް ލާންވާނެ ޓްވީޓްކޮށް ހަދަން. ދެން ސިޔާސީ މީހުން ސިކުޑިން ވިސްނާ ރައީތުން ތިބޭނެ ކޮނޑު ހުޅު ނެއްޓޭ ވަރަށް އަތްޖަހާ މިވަރު ހެޔޮ ވެރިޔަކު ނުދެކެމޭ ކިޔާ އިންޓަވިއު ދޭން.

    16
  2. އަލީ

    ތީ ރަނގަޅު ވާހަކައެއް. ކުދިކުދި ރަށްރަށުގައި 11 12 އެއް ނުހެދޭނެ. އެކަމަކު ބޮޑެތި ރަށްރަށުގައި އޭލެވެލް ކިޔަވާ ކުދިންނަށް ދަނާލުތައް ހަދައި ޚަރަދުކުޑަކޮށް ރަނގަޅު މާހައުލެއްގައި ކިޔެވުމުގެ އިންތިޒާމު ކުރެވިދާނެތާ! ޒާހިރު ޙުސައިންގެ ދުވަސްވަރުވެސް އެކަމަށް އޮތީ ވިސްނާފައި. ކިލާހެއްގައި ދެތިން ކުދިން ތިބެގެން ކޮންމެ މާއްދާއަކަށް ޓީޗަރުން ތިބެގެން ކިޔަވައިދިނުމަކީ ވަރަށް ޚަރަދުބޮޑު އުނދަގޫކަމެއް. ކޮންމެ މީހަކުުވެސް ބޭނުންވޭ ތިމާގެ ދަރިން ތިމާގެ ގާތު ތިބެން. އެކަމަކުވެސް އެކަމެއް އެހެން ނުވާނެ. ހަމަގައިމުވެސް މާލޭގައި ކުދިންނަށް ކިޔަވައިދޭން ކުރާ ޚަރަދަށްވުރެ ކުޑަ ޚަރަދަކުން އަތޮޅުތެރޭ ރަށެއްގައި ބޭތިއްބައިގެން ކިޔަވައިދެވޭނެ. ޙަ

    4
    2
  3. ފުއްލާ މާބެ

    ދެން އާރުޓީއެލްގަ 11 12 އޮތްތަނަކަށް ދާންވީދޯ؟ ކިހާ މޮޅު ތަރައްގީއެއްމި؟؟؟ދިނިޔޭގެ ތަރއްގީއާ ތަހުޒީބާ މަދަނިއްޔަތުގެ ނަޒަރިއްޔާތަކާ އިކޮނޮމީ އޮފް ސްކޭލް އާ ޚިލާފަށް ވެރިކަން ކަށަވަރުކުރާ ކެމްޕެއިން ސްޓްރެޓެޖިއެއްގެ ގޮތުގަ ދައުލަތުގެ ފައިސާ ވޭސްޓުކޮށް ޖީބަށް ބައި އަޅައިގެން ރައްޔިތުން ވާވައްދަން މި އުޅޭ އުޅުން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެގޭ. ވޯޓުން ޖަވާބު ދޭނަން!!!

  4. އާދަނު

    އަދި ކިރިޔާ ރަގަޅުވާހަކައެއް ތި ބުނެވުނީ 4 އަހަރުތެރޭ!

  5. އަބްދޫ

    ކޮންމެ ރަށެއްގަ އާބަދީ އެއް ބާއްވައިގެމން ކޮންމެ ރަށެއްގަ ސްކޫލް ކޮލެޖް ޔުނިވަރަސިޓ ބަހައްޓާއިގެން ކޮންމެރަށަކު ހޮސްޕިޓަލެއް ޒަމަނީ ފެންވަރުގަ ބަހައްޓައިގެން ކޮންމެ ރަށެއްގަ ޒަމާނީ ފެންވަރުގެ އެޑްމިންސްޓްރޭޓިވް އޮފިސް ބަހައްޓައިގެން ދިވެހި ގައުމު ހިންގަުމަކީ ވާނެކަމެއްނޫން. ދަވްލަތަށް ލިބޭ އާމްދަނި ބޭކާރު ކޮށްގެން ޖަޒިރާ ހިންގުމަކީ އަބަދުވެސް ރައްޔިތުން ހައްގުން މަހުރޫމްވެފަ ތިބެންޖެހުންނޫންކަމެއް ވާނެ ގޮތެއްނޫން . ގާނޫނުއަސަސީގަ ބުނާގޮތުންނަ މާލޭގަ ލިބޭ ހުރިހާ ހިދުމަތެއް ހުރިހާރަށަކުންވެސް ލިބެންޖެހޭނެ. އެމްޑީޕީ ން މަސައްކަތް ކުރަނީ ރައްޔިތުން ވާވައްދާފަ ޖަޒީރާތަކުގަ ބޭތިއްބުން . މާލޭގަ ދިރިއުޅޭ މީހާ ހޮސްޕިޓަލަށް ނުވަތަ ކްލިނިކަށް ދާންވީމަ ރާލާތަޅާފަ ތިންހަތަރުގަޑި ވަންދެން ކަންޑުމަތީގަ ހޮޑުލާން ހުންނާކަށް ނުޖެހޭ އަތޮޅުތެރޭ ދިރިއުޅޭ މިހާ 4 ގަޑިއިރު ރަޅާތަޅާފަ ހޮޑުލާފަ ދައްކަން ބޭނުންވާޑޮކްޓަރަކާ ހަމަޔަށް ދާއިރު އިތުރު ބައްޔެއް ހުންނަނީޖެހިފަ. މިއީތޯ ޖަޒިރާތަކުގަ ރައްޔިތުން ބޭތިއްބުމަށް ވަކާލާތު ކަުރާގޮތަކީ . އެއީތޯ ހަމަހަމ ކަމާއެކު ހިދުމަތް ލިބިދިނުމަކީ .

  6. ޢެޑަމް އާދިލް

    ތީ ރަނގަޅުވާހަކައެއް މެޑަމް ނަމަވެސްދެރައީ މި ރާއްޖެތެރޭ ގޮލައިންތަކައް ނުވިސްނޭތީ އެބައިމީހުން ހީވަނީ އެހެންގައުމަކުން މާލެ ނުހިފިގެން އުޅޭބައެއްހެން އަބަދުވެސް ބައިމަދުވެގެން އުޅޭބައެއް ރީތި އަހުލާގެއްވެސް ދަސްވެފައިނެއް މާލެން ދަސްވިއެއްޗެއް ފިޔަވައި ހަސީލަތް ނުބައީ ދެއްތޯ’…