ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް އިރު އަރާ މަންޒަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ނުހިންގަނީ ކީއްވެގެންތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލު ކުރައްވައިފި އެވެ.

ޖާބިރު އެފަދައިން އެއްސެވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިނިސްޓަރާ ސުވާލު ކުރަން އެދިވަޑައިގަތުމުން މަޖިލީހަށް ހާޒިރުވެ އިތުރު ސުވާލުކުރަން އެހެން މެމްބަރުންނަށް ދިން ފުރުސަތުގެ ތެރެއިން އެވެ.

އެގޮތުން ރާއްޖޭގައި ދަރިވަރުން ކިޔަވާއިރު އިރުއަރާ މަންޒަރު ފެންނަ ޕްރޮގްރާމް ދަސްކޮށް ނުދެނީ ކީއްވެގެންތޯ އޭނާ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ މާއްދާތަކުގައި އިރު އަރާ މަންޒަރުތަކާ ގުޅޭ ގޮތުން ކިޔަވައިދޭ ކަމަށެވެ.

އެގޮތުން އިރު އަރާ ގޮތާ އެ މަންޒަރު ބަލާ ކުރެހުމާ އެކަހަލަ ކަންކަން ވަރަށް ގިނަ މާއްދާތަކުގައި މިހާރުވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުުރުން ރާއްޖޭގައި ނިރުބަވެރި ފިކުރު އިތުރުވާތީ ވެސް އެޑިއުކޭޝަން މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް ޖާބިރު މިނިސްޓަރާ ސުވާލު ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ނިރުބަވެރި ފިކުރަކީ އެޑިއުކޭޝަން މިނިސްޓްރީން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެކަން ހުއްޓުވަން ޕްރޮގްރާމްތައް ހިންގަން އެކި ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

" ވަރަށް ގިނަ މަސައްކަތް ކުރެވޭ ދަރިވަރުން ސަލާމަތް ކުރުމަށް، ދަރިވަރުން އެކަންޏެއް ނޫން، މުދައްރިސުން ވެސް" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދސސ

    ހޮނޑައިދޫއަށް ހުރިހާ ދަރިވަރުން ގެންދޭ އިރުއަރާ މަންޒަރު ބަލަން

    37
    3
  2. ކަމޭ

    ދަރިވަރުން މިއުޅެނީ އިރުއަރާ މަންޒަރު ނުފެނިގެންތަ؟ މިއަށްވުރެ ދީނީ އަޚްލާގީ ކަންކަން ރަނގަޅުކުރާނެ ގޮތަކާމެދު ސުވާލުކުރިނަމަ. މިކަހަލަ މީހުން ލައިގެން އުޅެން މިޖެހެނީ.

    37
    3
  3. ޖަޒުބާތް

    ޖާބިރުގެ ފިލޯސޮފީ ގުޅިފައިވަނީ އިރު އަރާ މަންޒަރާއި ސަންސެޓް އަދި ހޮނޑައިދޫ ބީޗް ފަދަ ކަންކަމާ އެވެ! ތިކަހަލަ ވަސްވާސް ލާދީގެން ބައިވަރު ޖާބިރު ތަކެއް އުފައްދަން އުޅޭ ކަމުގެ ބިރު ހީވެއެވެ. ޝުކުރިއްޔާ!!

    31
  4. ބީތާ

    އިރުއަރާ މަންޒަރެއް ނޫން ދަރިވަރުންނަށް ދައްކަންޖެހޭނީ. އަދި ކިޔަވައިދޭންޖެހޭނީ. ކިޔަވައިދޭންވީ ފަޖުރުތަރިއަރާކަން. ދައްކަންވީ ފަޖުރުތަރި އަރާ މަންޒަރު. އެ މަންޒަރު ދެއްކީމާ ފަތިސްނަމާދު ކުރަން ދަސްވާނެ.

    27
    1
  5. ހުސޭނުބޭ

    ހޮޑައިފުށީގައި އިރުއަރާ މަންޒަރު ބެލި މީހުން ހީވަނީ ބިސްއަޅަން އަރާ އޮތް ވެލައެއްހެން. އެވަރު މުޑުދާރު ކަމެއް ދަރިވަރުންނަށް ދަސްކޮށްދެން ހެޔޮނުވާނެ

    20
  6. Anonymous

    އިރުއަރާ މަންޒަރާއި އިރުއޮއްސޭ މަންޒަރު ދެކެން ގޮސްއުޅެނީ ލާދީނީ މީހުންނާއި އިރަށް އަޅުކަންކުރާ މީހުން. މުސްލިމުން ހޭލަތީ ފަތިހު ފަތިސްނަމާދު ކުރަން. އިރުއޮއްސޭ ވަގުތު މުސްލިމުން ދަނީ މަޣުރިބު ނަމާދަށް. އިރުއޮއްސޭ ތަން ބަލާކަށް ނޫން. އިރުއަރާ ވަގުތު މުސްލިމުން ތިބެނީ ޒިކުރާއި ތަސްބީޙަ ކިޔަން.

    38
  7. މކލރށ

    ދޮގެއް ވާ ނޫން!! "ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް އިރު އަރާ މަންޒަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ނުހިންގަނީ ކީއްވެގެންތޯ" جابر ކުރެއްވި ސުވާލަށް "އަދި އެ ޕްރޮގްރާމް ތައް ހިންގާ ވަގުތު ތަކުގައި ކުރިމަތީ ފެންނަފަށުގައި -- ބިޔަ - ގެރި ޖޯޑެއް އޮންނަގޮތަށް®" މި عباراة އިތުރުކޮށް ލެއްވި ނަމަ ވަރަށް ވަރަށް ފުރިހަމަވީސް! 👍 🎌 ލޮލް؟

  8. Anonymous

    މިރާއްޖޭގައި އިރުއަރާ މަންޒަރު އެންމެ ރީތިކޮށް ބަލަން މީހުން ފަތިހު އެއްވެ ތިބޭ ރަށަކީ ހޮޑާއިދޫ ކިޔާ ރަށެެއް ނުންތޯ؟އެރަށުގައި އިރު އަރައިގެން އަންނަ އިރު ތިބެން ޖެހެނީ ބޯކޮޅު ތިރަށް ޖެހި މުޅި މޫނުގައި ދޮންވެލި ހޭކޭގޮތަށޯ އޭރުންނޯ ތިމާވެށި ރަގަޅަށް ފެންނާނީ !

  9. އަލްޖިބްރާ

    ހަފްތާއަކު ކިތަށް ދުވަހު ތިޔަ ޖާބިރަށް އިރުއަރާ މަންޒަރު ފެނޭތަ ؟

  10. ލޮލީ

    އިރު އަރަމުން ދިއަވަރަކަން ހޮޑާފުށީގަ މިބޭފުޅާ އިނެވީ ފުލުހުން ކުރިމަތީގަ ހަނު މުޅި މޫނުފުޅުގަ ވެލިއުގުޅާގެން ދެމިޔަކަނުން ސޮނި އޮއްސަމުން

  11. ފަގުޑި

    މިވެސް ދެން އެއުޅެ އަންނި ބުނި އެއްޗެއް ނަމަ މިއަށް ވުރެ ވަކި ލާދީނީ ވާހަކައެއް ނޯއްނާނެ އެއުޅޭ ލަވަ އަލީ މެނަށް