ގއ. ކޫއްޑޫގައި މަސައްކަތްކުރަމުންދާ ބިދޭސީއަކު އިމާރާތެއްގެ މަތިން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިގެން އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝާފިޒް މޫސާ "ވަގުތު"އަށް ވިދާޅުވީ ކޫއްޑޫގައި މަސައްކަތްކުރަމުން އަންނަ ބިދޭސީއަކު އިމާރާތެއްގެ މަތިން ވެއްޓިގެން އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 8:20 ހާއިރު ކަމަށެވެ. ޝާފިޒް ވިދާޅުވީ، ފަރުވާދެމުން އަންނަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ބިދޭސީއަކަށް ކަމަށެވެ.

ޝާފިޒް ވިދާޅުވީ އޭނާ ވެއްޓިފައި ވަނީ 28 ފޫޓު މަތިން ކަމަށާއި، ވެއްޓުމުގެ ސަބަބުން ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އޭނާގެ ބޮލުގެ ނާށިގަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޝާފިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެމީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ޑޮކްޓަރު ލަފާދެއްވަނީ ވީ އެންމެ އަވަހަކަށް މާލެ ފޮނުވާލުމަށް ކަމަށާއި، އެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިފްކޯއިން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ވެސް ކޮންކްރީޓް މަސައްކަތް ކުރާ ތަނެއްގައި ބިދޭސީއެއްގެ މޫނަށް ދަގަނޑެއް ވަދެގެން ވަރަށް ބޮޑަށް ޒަހަމް ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެޓޭ

    ވެއްޓޭނެއެއްނު ބެލްތުވެސް ނާޅުވާނެވިއްޔަ.

    13
    2
  2. ޛަމަލް

    ފޮޓޯ ގައި ފެންނަނީ ހުޅުމީދޫ މިފްކޯ މަސް ގުދަން