އަމީނީ މަގުގައި ހުރި ގަސްތައް ނަގަނީ އެހެން ގޮތެއް ނެތިގެން ކަމަށް ދޭހަވާ ގޮތަށް ބުނެ ގަސް ކަނޑުން ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ދިފާއު ކުރައްވައިފިއެވެ.

މިއުވާން އެގޮތަށް ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގަސްކަނޑާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރޯގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ދާން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ސަރުކާރުން ދެކެނީ ކިހިނެއްތޯ ނޫސްވެރިޔާ ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމައް ނޫން ކަމަށެވެ. އެހެން ނަމަވެސް ބައެއް މަޝްރޫއުތައް ކުރިއަށްދާ އިރު ގަސްތައް ނެގުން ފަދަ ކަންކަން ހިނގާކަން ފާހަގަ ކުރެއްވި އެވެ.

މިއުވާން ވިދާޅުވި ގަސްތައް ކަނޑަނީ އެ ގަސްތަކުގެ މޫތައް ހުރި ގޮތުން ހޮޅިތައް ވަޅުލުމާއި އެފަދަ ކަންކަމަށް ދަތިވާތީ ކަމަށެެވެ.

"އެނގިވަޑައިގަންނަވާނެ އަމީނީ މަގުގައި އިންދާފައި ހުރި ގަސްތަކަކީ މި ކަހަލަ މަގު ތަކުގައި އިންދާފައި ހުރި ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަހެއް. ދެން މާލޭގައި ވެސް ފެން ފަށަލަ މިއީ ފެދޭ ވަރަކަށް ތިލަކޮށް އޮންނާތީވެސް މި ގަހުގެ މޫތައް ހަމަ ފެތުރިގެން އެބަ ދޭ. ފެތުރިގެން ދިޔައިމަ އެބަ މަގުތަކުގައި ވަޅުލާ ކޭބަލްތަކާއި މި އެއްޗިއްސަށް ވެސް ގެއްލުންވުމާ އަދި ހޮޅިތައް ވަޅުލުމުގައި ވެސް ދަތިތަކެއް އެބަ ދިމާވޭ" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މަގުގައި ހިނގާ ބިނގާވެ އުޅޭ މީހުންނާއި އަދި މަގުތަކުން ދަތުކުރުމަށް ދަތިތަކެއް ދިމާވާތީ އެކަން ހައްލުކުރަން ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަަށެވެ.

ގަސް ތައް ނެގި ނަމަވެސް ގަސްތައް އުކާނުލާ ކަމަށާއި އަދި އެހެން ތަންތަނުގައި އެ ގަސްތައް އިންދާއިރު މަގު ހަދާ ނިމުމުން އަލުން މަގު ފެހިކުރަން ވެސް މަސައްކަތް ކުރާނެ ކަަން މިއުވާން ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކަދުރު ރުކަކީ ވ.ފެހިކަން ގަދަ ރުކެއް.

    14
  2. 40+

    މުއިއްޒު ޕޕމ ވިޔަސް، އޭނަވެސް ރައްޔިތުންނަށް ހިދުމަތެއް ކޮއްދޭހިތުން ހުރިއްޔާ، އެފުރުސަތު ދެވެން ވާނެ.

    19
  3. މިތުރާ.

    ކީފެގެންތޯ ގަސްތައްކަންޑަނީ؟! ގަސްތައް ކޮށާ، ރީތޮކޮށް ބެހެއްޓުމުގެ ބަދަލުގަ ގަސްއުފުރާ އެއްލާލީމަ ބޮލައްފަސޭހަވީ ، ގަސްހުރީމަ ދޫނިތަކައްވެސް ޖައްސާލެވޭނެ، ގަސްތައްހުރީމަ ކަންޑުން އަރާލޮނުގެ ލެވެލްކުދަކޮށްދޭނެ، ، ހިޔާކޮށްދޭނެ، އިރުގެ ހޫނުކަން ކޮންކުރީޓު ފާރުގަ ޖެހުނީމަ އިތުރަށްހޫނުވާނެ، ދެންޖެހެނީ އިޔާކޮން ބަހަށްޓަން، ކަރަންޓުބިލް ބޮޑުވެ،ޑިސެލް އަންދާވަރު ހައިވާނެ، . އެއްބަޔަކު ގަސްއިންދާނެ އަނެއްބަޔަކު ގަސްއުފުރާނެ، ކުޑަކުދިންހެން 🤔